އަބްދުﷲ ޖާބިރު

ރައީސް ޔާމީން ސިޔާސީ ގޮތުން މަގުމަތިވާތަން ރައްޔިތުން ދެކޭނެ: ޖާބިރު

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސިޔާސީ ގޮތުން މަގުމަތިވާތަން ރައްޔިތުން ދެކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރެއް ނޫން ކަމަށާއި އަދި ރައީސް ޔާމީނަށް އިދިކޮޅު ލީޑަރަކަށް ނުވެސް ވެވޭނެ ކަމަށެވެ.

"ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރެއް ނޫން، ނުވެސް ވެވޭނެ. ރައީސް ޔާމީން އަތުގައި ޕާޓީއެއް ނެތި، ސިޔާސީ ގޮތުން މަތިމަތިވާތަން ރައްޔިތުން ދެކޭނެ. 12 މަޖިލިސް މެންބަރުންނާއި ޕީޕީއެމްގެ އިތުރު މަޖިލިސް މެންބަރުންގެ އެހީތެރިކަމާއެކު ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީނަށް ކުރީގެ ރައީސްގެ ނަމުން މުހާތަބު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު ދާދި ފަހުން ވަނީ ރާއްޖެ ވަޑައިގެންފައެވެ.