ޕޮލިސް

ރައީސް ޔާމީން މައާފުދެއްވި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

2017 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މައާފުދެއްވި މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިއަދު 7:30އެހާކަށްހާއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައިވާކަމަށެވެ.

އަދި އެމީހަކީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ.