ރީކޯ މޫސާ މަނިކް

އަށެއް ފެބްއުރައީގަ އަނިޔާކުރި މީހުންނަށް ފިޔަވަޅު އަޅައިދީ، އަނިޔާވެރިކަން ފިލާނީ މުލުން ލުހެލައިގެން: ރީކޯ މޫސަ

ޝަހީދާ އަބްދުﷲ ސައީދު

8 ފެބްރުއަރީ 2012 ގައި ރައްޔިތުންނަށް އަނިޔާކުރި މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީގައި ބޮޑުކަންނެލި ދަމާހެން މަގުމަތީގައި ރައްޔިތުން ދަމައި، ރައްޔިތުންނާ މެދު އަނިޔާވެރި އަމަލު ހިންގުވި ވެރިންނަށް ފިޔަވަޅު އަޅަން އިލްތިމާސްކުރާ ކަމަށެވެ.

އަދި އޮގަސްޓް 12 -13 ގައި މިނިވަންކަމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް އެއްވި މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގުވި ވެރިންނަށް ފިޔަވަޅު އަޅައި ދިނުމަށްވެސް މޫސަގެ ޓުވީޓުގައި އިލްތިމާސްކުރައްވާފައި ވެއެވެ.

މޫސަ ވިދާޅުވީ އަނިޔާވެރިކަން ފިލާނީ މުލުން ލުހެލައިގެން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 7 ފެބްރުއަރީގައި މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެން 8 ފެބްރުއަރީގައި ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު ހުންނެވި މޫސާ މަނިކުއަށް ފުލުހުން އަނިޔާކުރި ކަމަށް މޫސަ ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.