ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގައި އެކައުންޓްތައް ހުޅުވައިގެން 15،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީއާ އެކައުންޓާއި އިންވެސްޓްމަންޓް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން އެކި ފަރާތްތައް ވަނަތަކަށް ހޮވާނެއެވެ.
އެގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެއެވެ.
ބީއެމްއެލުން ބުނީ އޭގެއިތުރުން ތިން ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަސް ނިމެންދެނެވެ.
ބީއެމްއެލެން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ދިރި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭގެއިތުރުން އެކައުންޓްތައް ހުޅުވަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.