މޯލްޑިވްސް މާކެޓާސް ފޯރަމް 2019 އަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޯޕްރޭޓް މޯލްޑިވްސް އެކަޑެމީ، ސީއެމްއޭ އިން ކުރިއަށްގެންދާ މޯލްޑިވްސް މާކެޓާސް ފޯރަމް 2019 ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް ދޭއްގައެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފެބްރުއަރީ 15ގެ ނިޔަލަށް ހުޅުވާލާފައެވެ.
ސީއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި މި ފޯރަމްގެ ޓިކްޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 1500 ރުފިޔާއަށެވެ. އެއީ ރަޖިސްޓްރޭޝަން ފީގެ އިތުރުން ލަންޗް އަދި ކޮފީ ހިމެނޭ ގޮތަށެވެ.
މިއަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ ޑިޖިޓަލް މާކެޓިންގް އަށެވެ. އެގޮތުން މި ފޯރަމްގައި ޑިޖިޓަލް މާކެޓިންގް ދާއިރާގެ އެންމެ ފަހުގެ އެކި ޓްރެޑްތަކާއި ސްޓްރެޓެޖީތަކުގެ އިތުރުން ވާޒުއަލް ތިއަލިޓީ ފަދަ ޑިޖިޓަލް މާކެޓިންގްގެ އެކި ޓެކްނިލޮޖީއާއި ގުޅެގޮތުން މައުލޫމާތު ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ.