މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިން، ރައްޔިތުންގެ މަޖިލީހުގެ 11 ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.
ލޭބާ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެޕާޓީގެ ފަރާތުން ވާދަކުރާނެ 11 ދާއިރާ އިއުލާންކޮށްފައެވެ.
އެގޮތުން ހދ. ނޮޅިވަމް ދާއިރާ، ށ. މިލަންދޫ ދާއިރާ، ޅ. ހިންނަވަރު ދާއިރާ، ބ. އޭދަފުށި ދާއިރާ، އދ. މާމިގިލީ ދާއިރާ، ތ. ކިނބިދޫ ދާއިރާ، ގއ. ދާންދޫ ދާއިރާ، ސ. މީދޫ ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ވިލިމާލެ ދާއިރާ އަދި ހުޅުމާލެ ދާއިރާއަށް ލޭބާ ޕާޓީން ވާދަކުރަން ނިންމާފައިވެއެވެ.
އަދި މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ ފަރާތުން މަޖިލީހުގެ ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަދިވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.