ޗައިނާ

ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޗައިނީސް ނިއު އިޔަރގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޕްރިމިއަރ ލީ ކަޗަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި އެންމެހައި ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޗައިނާއަށާއި ޗައިނާގެ ރައްޔިތުންނަށް ކުރިއެރުމާއި ސުލްހައާއި ހަމަޖެހުމަށް އެދިވަޑައިގެންފައި ވެއެވެ.