ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހުރި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް ފުލުހުން އަނިޔާކުރިކަމަށް ތުުމަތު ކުރެވޭ މައްސަލައެއްް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެމައްސަލައިގައި ތުހުމަތުކުރެވެނީ ކިތައް ފުލުހުންނަށް ކަމެއްވެސް ބުނެފައެއް ނުވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އަނިޔާކުރާކަމަށް އާންމު ބައެއް ފަރާތްތަކުން އަބަދުވެސް ތުހުމަތުކުރެއެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުމުން މީގެކުރިންވެސް ތަހުގީގުކޮށްފައިވެއެވެ.
ފުލުހުން ބުނީ ހިތަދޫގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަށް އަނިޔާކުރި މައްސަލައިގައި ހަތަރު ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށާއި، އެމީހުން ތިބީ އައްޑޫގައި ޑިއުޓީގައި ކަމަށެވެ.
އަދި އެހާދިސާގެ ލިޔުންތަކުން އެއްވެސް މީހަކު އަނިޔާކުރިކަން އެނގެން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް އޭނާއަށް ފުލުހުން އަނިޔާކުރިކަމަށް އެމީހާގެ އާއިލާއިން ބުނެފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނަށް، ފޮނުވާފައިވާކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.