އެމެރިކަން ރެޕާ ޓްރާވިސް ސްކޮޓް ކުރިންރޭ ސުޕާ ބައުލްގެ ހާފްޓައިމްގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވި އިރު މަގްބޫލު ތަރި ކައިލީ ޖެނާއަށް ޕްރޮޕޯސް ކުރާނެ ވާހަކަތައް އޮތީ ފެތުރިފައެވެ.
ގިނަ ބައެއް މާޔޫސް ކޮށްލީ ޓްރާވިސް ކައިލީއަށް ޝޯގައި ޕްރޮޕޯސް ނުކުރުމުންނެވެ.
ނަމަވެސް އޭގެ ފަހުން ޓްރާވިސް ވަނީ އިންސްޓަގްރާމު ސްޓޯރީގައި ކައިލީގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ކައިލީގެ ރިންގް ފިންގާގައި ޑައިމަންޑް އަނގޮޓިއެއް އޮތްތަނެވެ.
މިހާރު އެންމެންގެ ވެސް ހިތުގަ އުފެދޭ ސުވާލަކީ ޓްރާވިސް ޕްރޮޕޯސް ކުރީ ބާއެވެ؟ ނުވަތަ އަނެއްކާވެސް މީގެ ކުރިން ކައިލީ އޭނާގެ ފޭނުން ހެއްދުމަށް އެ އިނގިލީގައި ޑައިމަންޑް އަނގޮޓިއެއް އެޅިގޮތަށް މިފަހަރުވެސް ފޭނުން ޓީސް ކޮށްލީބާއެވެ؟