ބޮލީވުޑް

މުންނާ ބާއީ ފިލްމުގެ ތިން ވަނަ ބައެއް ހަދަނީ

ވިދޫ ވިނޯދް ޗޯޕްރާ ޕްރޮޑިއުސް ކުރި މަގްބޫލު ކޮމެޑީ ޑްރާމާ ފިލްމު، މުންނާ ބާއީގެ ތިންވަނަ ބައެއް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ފިލްމު އެކް ލަޑްކީކޯ ދޭކާތޯ އޭސާ ލަގާ ވެސް ޕްރޮޑިއުސްކުރި ވިނޯދް ބުނީ ސަންޖޭދަތް އަދި އަރްޝަދް ވާރސީ އާއެކު މުންނާ ބާއީގެ ތިންވަނަ ފިލްމުގެ މަސައްކަތް މިއަހަރު ފަހު ކޮޅު ފަށާނެކަމަށެވެ. ފިލްމު ޑައިރެކްޓް ކުރަނީ ކާކު ކަމެއް ވިނޯދު ބުނެފައެއް ނުވެއެވެ. ކުރީ ފިލްމުގައި އޭނާއަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތާއެކު މި ފިލްމު އޭނާ ޑައިރެކްޓްކޮށްފާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

އެކް ލަޑްކީކޯ ދޭކާތޯ އޭސާ ލަގާ އިން އަނިލް ކަޕޫރު، ޖޫހީ ޗައުލާ، ސޯނަމް ކަޕޫރު، ރެޖީނާ ކަސަންޑްރާ އަދި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދެއެވެ.