މަޝްހޫރު ފިލްމް ސީކުއިލް ޑަބަންގް ގެ ތިންވަނަ ބައިގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު ފިލްމުގައި ހިމެނޭ ހާއްސަ ލަވައިގައި ނެށުމަށް މިފަހަރު މަލައިކާ އަރޯރާގެ ބަދަލުގައި ފެނިގެން ދާނީ ކަރީނާ ކަޕޫރު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޑަބަންގްގެ ކުރީގެ ދެ ފިލްމުގައިވެސް މަލައިކާ ނަށާފައިވާ ލަވަ ބޮޑު މަގްބޫލު ކަމެއް ހޯދާފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު އަދި މަލައިކާގެ ކުރީގެ ފިރިމީހާ އަރްބާޒުގެ ޖުހޫގައި ހުންނަ ގެއަށް ކަރީނާ ދިޔަ ތަން ވަނީ ފެނިފައެވެ. އަޑު ފެތުރިފައިވަނީ ދެމީހުން ވަކިވެފައިވާތީ ފިލްމުގެ ލަވައިގައި މަލައިކާ ބޭނުން ކުރަން އަރްބާޒް ބޭނުން ނުވާ ކަމަށެވެ. ޑަބަންގް ތިނެއް ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާއެވެ.
ފިލްމުގައި ލީޑް ރޯލުން ފެނިގެން ދާނީ ސަލްމާން ޚާން އާއި ސޮނާކްޝީ ސިންގްހާ އެވެ.