ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރާއްޖެ ވަޑައިގެންފިއެވެ.
ޖަމީލް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަން އިއްޔެގެ ވަގުތެއްގައި އިއުލާން ކުރެއްވުމަށްފަހުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖަމީލަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނައިބު ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުން އޭގެ ދުވަސްކޮޅެއް ކުރިން ޑރ. ޖަމީލް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ޖަމީލް ހޯދުމަށް ފުލުހުން އިއުލާންކުރިއެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ކެންސަލްކުރިއެވެ.
ޖަމީލް މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ.