އުރީދޫ މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް މިމަހުގެ 21ގެ ކުރީން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
އަމިއްލަގޮތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާއަށް ހާޒިރުވެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މިއަހަރުގެ އަހަރީ އަންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މިމަހުގެ 15ގެ ކުރިން އިއުލާން ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.