އެމްއާރްއެމް

މަޖިލިސްގެ އިތުރު ދިހަ ދާއިރާއަކަށް ކުރިމަތިލުމަށް އެމްއާރުއެމްއިން ފުރުސަތު ހުޅުވާލަނީ

ޝަހީދާ އަބްދުﷲ ސައީދު

1

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިތުރު ދިހަ ދާއިރާއަކަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް ''މޯލްޑިވްސް ރިފޯމް މޫވްމަންޓް'' އެމްއާރުއެމްއިން ބުނެފިއެވެ.

އެމްއާރުއެމްގެ އިސް ބޭފުޅެއްކަމަށްވާ އަބްދުލްއަލީމު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއާރުއެމްގެ ފަރާތުން މަޖިލީހުގެ އިތުރު ދާއިރާތަކަށް ވާދަކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އަދި އެމްއާރުއެމްއިން މަޖިލީހުގެ 32 ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާއިރު، އޭގެ ތެރެއިން ހަތަރު ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާކަމަށާއި، އެ ހަތަރު މީހުންވެސް މިނިވަން ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައިވާކަމަށް އަލީމު ވިދާޅުވިއެވެ.

އަދި ރޭގެ ބައްދަލުވުމުގައި އިތުރު ދާއިރާތަކަށް ވާދަކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއާރުއެމްއިން މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމުގެ މަޝްވަރާތައް ކުރަމުންދާއިރު އެމްއާރުއެމްއިން ވާދަނުކުރާނެ ދާއިރާތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް މީގެކުރިން ނިންމި ބާރަ މެންބަރުން ކުރިމަތިލާ ދާއިރާތަކަށް އެމްއާރުއެމްއިން ވާދައެއް ނުކުރާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟