ހޮލީވުޑްގެ ބަތަލާ ސްކާލެޓް ޖޮހޭންސަނަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.
އެކަން އިއުލާން ކުރީ ސްކާލެޓްގެ ފިރިމީހާ އަދި ކޮމީޑިއަން ކޮލިން ޖޮސްޓެވެ. އޭނާ ކުރި އިންސްޓަގުރަމް ޕޯސްޓެއްގައި ބުނީ، އޭނާއަށާއި ސްކާލެޓަށް ފިރިހެން ދަރިއަކު ލިބިފައިވާ ކަމަށެވެ. އަދި ނަމަކަށް ކިއީ ކޮސްމޯ ކަމަށް ބުންޏެވެ.
މިއީ ކޮލިން އާއި ސްކާލެޓަށް ލިބުނު ފުރަތަމަ ދަރިއެވެ. ނަމަވެސް ސްކާލެޓްގެ ކުރީގެ ފިރިމީހާ ރޮމެއިންއަށް އަންހެން ދަރިއަކު ލިބިފައިވެއެވެ. އުމުރުން މިހާރު ހަ އަހަރުގެ އެ ކުއްޖާގެ ނަމަކީ ރޯސް ޑޮރޮތީއެވެ.
ތިން އަހަރު ވަންދެން ހިތާވެގެން އުޅުމަށްފަހު ސްކާލެޓް އާއި ކޮލިން ކައިވެނި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ.