ބޮލީވުޑް

މިޝަން މަންގަލްގެ ޝޫޓިން ތާޕްސީ ނިންމާލައިފި

ގިނަ އެކްޓަރުން ތަކެއް ފެނިގެންދާ ފިލްމު މިޝަން މަންގަލްގެ ތާޕްސީ ޕަންނުގެ ބައިތައް ޝޫޓްކޮށް ނިންމާލައިފިއެވެ.

ތާޕްސީ ވަނީ އިންސްޓަގްރާމުގައި ސެޓުގައި ހުރެ ފޮޓޯއެއް ހިއްސާކޮށް ޝޫޓިން ނިންމާލި ވާހަކަ ބުނެފައެވެ.

ހުދާއި ކަޅުން ލީ ފޮޓޯގައި ތާޕްސީ ހުރީ ސާރީއެއް ލާފައި އިސްތަށިގަނޑު ގަތައިފައެވެ.

31 އަހަރުގެ ތާޕްސީ އަކީ އެކި ފިލްމުތަކުގައި ތަފާތު ރޯލުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އެގޮތުން "ޕިންކް'، "ބޭބީ"، "ޖުޑްވާ 2" އަދި "މަންމަރްޒިޔާ" ހިމެނެއެވެ.

މިޝަން މަންގަލް އަކީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގައި "މާރސް އޯބިޓް މިޝަން"ގައި މަސައްކަތް ކުރި ސައިންޓިސްޓުންގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ ނޮވެންބަރުގައެވެ. ފިލްމުގައި ތާޕްސީގެ އިތުރުން، އަކްޝޭ ކުމާރު، ސޮނާކްޝީ ސިންގް، ވިދްޔާ ބާލަން، ޝަރްމަން ޖޯޝީ، ކްރިތީ ކުލްހާރީ އަދި ނިތްޔާ މެނޮން މުހިއްމު ރޯލު ތަކުން ފެނިގެން ދާނެއެވެ.

ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 15 ގައެވެ.