މަގުބޫލު ފިލްމުތައް ކަމަށްވާ 'ތަންނު ވެޑްސް މަންނޫ'، 'ސިމްރަން' އަދި 'އަލިގާހް' އުފެއްދި ޝައިލޭޝް ރ. ސިންގަށް ވަނީ ފްރެންޗް ފިލްމު "ނުއީ ބްލާންޝް"ގެ ބޮލީވުޑް ފިލްމެއް ހެދުމުގެ ރައިޓްސް ލިބިފައިކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ.
ފިލްމުގެ ރީމޭކެއްގެ އަޑު ފެތުރިފައިވާ އިރު ފިލްމުގެ ލީޑް ރޯލު ކުޅުމަށް މަގުބޫލު ބަތަލު އަބީޝޭކް ބަޗަންއަށް ހުށަހަޅާފައިވާކަމަށްވެސް ވެއެވެ.
ފިލްމަކީ ފުލުހަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމު އުފައްދާ ފަރާތާ ގާތް މީހަކު ބުނި ގޮތުގައި ފިލްމުގެ ލީޑް ރޯލަށް އެންމެ އެކަށީގެންވާ ބަތަލަކީ އަބީޝެކް އެވެ.
މިހައިތަނަށް ފިލްމާ ގުޅިގެން ރަސްމީ އެއްވެސް ބަހެއް ލިބިފައި ނުވާއިރު ސައިފް އަލީ ޚާންއަށް ވެސް ފިލްމުގެ ލީޑް ރޯލު ދިނުމަށް ވިސްނަމުން އަންނަ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.