ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ އަންހެނުންނަށް އިހުތިރާމުކުރައްވައި، އެއްބާރުލުން ދެއްވާ ވެރިއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާގެ މަސައްކަތަށް ތައުރީފުކޮށް ދިވެއްސަކު ކުރި ޓުވީޓަކަށް ރީޓުވީޓުކުރައްވަމުން މާރިޔާ މިއަދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަކީ ދިވެހިންނަށް ލިބުނު ނަސީބެއް ކަމަށާއި ރައީސް ސޯލިހަކީ އަންހެނުންނަށް އިހުތިރާމްކުރައްވައި އެއްބާރުލުން ދެއްވާ ވެރިއެއް ކަމަށެވެ.
އަދި ރައީސް ސޯލިހަކީ އަންހެނުންނަށް ފުރުސަތުތައް ދެއްވައި މިނިސްޓަރު ކަމުގެ މަސައްކަތްތައް ކުރުމަށް އެހީތެރިކަން ދެއްވައި ވެރިއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރަކީ ވަޒީރު ކަމުގެ މަގާމަށް އެންމެ ގިނަ އަންހެނުން އައްޔަން ކުރެއްވި ސަރުކާރެވެ.
އެގޮތުން ހަ އަންހެނަކު ވަޒީރުކަމަށް އައްޔަން ކުރެއްވި އިރު، ސަރުކާރުގެ އިސް މަގާމުތަކުން އަންހެނުންނަށް ފުރުސަތު ދެއްވާފައި ވެއެވެ.