ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޖަމީލް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނިންމަވައިފިއެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ މެންދުރުފަހު 2:30ގައި އެމަނިކުފާނުގެ ލޮބުވެރި ވަތަނަށް އެނބުރި ދާނެ ކަމަށެވެ.

ނައިބު ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުން އޭގެ ދުވަސްކޮޅެއް ކުރިން ޑރ. ޖަމީލް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ޖަމީލް ހޯދުމަށް ފުލުހުން އިއުލާންކުރިއެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ކެންސަލްކުރިއެވެ.

ޖަމީލް މާދަމާ ރާއްޖެ ވަޑައިގަންނަވާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ.