މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފަސް ވަނަ ކައިވެންޏެއް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޔޫއްޕެ އިއްޔެގެ ވަގުތެއްގައި ކައިވެނިކޮށްފައިވަނީ ރ. މަޑުއްވަރީ އަންހެނަކާ އެވެ.
އަންހެންމީހާގެ އަލަތު ކައިވެނި ކަމުގައިވީނަމަވެސް މިއީ ޔޫއްޕެގެ ފަސް ވަނަ ކައިވެންޏެވެ.
ޔޫއްޕެ މީގެ ކުރިން ކުރި ދެ ކައިވެންޏަކަށް ދެ ދަރީންވެސް ވަނީ ލިބިފަ އެވެ.
ޔޫއްޕެ ވަނީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އާ ވެސް ކައިވެނި ކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އެ ކައިވެނި ވަނީ ރޫޅިފަ އެވެ.