ބޮލީވުޑް

މަދުރްގެ އިންސްޕެކްޓާ ގާލިބް ގައި ޝާހު

ޑައިރެކްޓަރު މަދުރް ބަންޑާކަރު އަނެއްކާވެސް ޑައިރެކްޓް ކުރަން ފަށާފައިވާކަމާއި އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައިވާ ފިލްމަކީ އިންސްޕެކްޓަރު ގާލިބް ކިޔާ ފިލްމެއް ކަމަށް ބުނެފިއެވެ.

ފިލްމަކީ އުއްތަރު ޕްރަދޭޝްގައި ހިނގި ހަގީގީ މާފިޔާ ހާދިސާތަކެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ނަމަވެސް މަދުރް ވަނީ ފިލްމުގެ ވާހަކައަށް އިތުރު ކަންތައްތަކެއް ހިމަނައި އިތުރަށް އިންޓަރެސްޓިން ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ބަތަލުގެ ބައި ކުޅުމަށް ޝާހުރުކް ޚާނަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން މަދުރް ވަނީ ފިލްމުގެ ވާހަކަ ޝާހަށް ކިޔައިދީފައެވެ. އަދި ޝާހަށް ވާހަކަ ކަމުގޮސްފައިވާ ކަމަށްވެސް ވެއެވެ. ނަމަވެސް ޝާހު އަދި ފިލްމު ކުޅުމަށް އެއްބަހެއް ނުވެއެވެ.

ފިލްމުގެ ނަން ހާމަކޮށްފައި ނުވާއިރު މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަން ސްޓޭޖުގައެވެ. ލޮކޭޝަން ތަކާއި، ކާސްޓުން އަދި ޓެކްނިކަލް ޓީމު ހަމަޖެއްސުމުގައި މަދުރް އަވަދި ނެތި އުޅޭއިރު ފިލްމުގެ މަސައްކަތް މެއި މަހު ފެށޭނެކަމަށް ވެއެވެ.