ބޮލީވުޑް

އަނޫރާގް ބާސޫގެ ފިލްމުގައި ސަންޔާ މަލޯތްރާ

ސެޕްޓެމްބަރު ހައެއްގައި ނެރެން ހަމަޖައްސައިފައިވާ އަނޫރާގް ބާސޫގެ ފިލްމުގައި ސަންޔާ މަލޯތްރާ ވެސް ހިމެނޭކަމަށް އޭނާ ބުނެފިއެވެ.

ސާންޔާ ބުނީ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އޭނާ އެއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާކަމަށެވެ.

އަނޫރާގް ޑައިރެކްޓް ކުރާ އެ ފިލްމުގައި ގިނަ ތަރިންތަކެއް ފެނިގެންދާ ކަމަށް ހަބަރު ފެތުރިފައިވީ ނަމަވެސް ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ ބޫޝަން ކުމާރެވެ. ފިލްމުގައި އަބީޝެކް ބަޗަން، ރާޖްކުމާރު ރާއޯ، ފާތިމާ ސަނާ ޝެއިޚް، އަދިތްޔާ ރޯއީ ކަޕޫރު އަދި ޕަންކަޖް ތިރަޕަތީ ހިމެނެއެވެ.