ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށްގެން މިސަރުކާރުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކައިގެން ވޯޓު ހޯދުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވަނީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށްގެން އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަުގެ ޔަގީންކަން ދެއްވައިފައެވެ.