ދީން ހިމާޔަތް ކުރުމުގެ މައުޟޫއުގެ ދަށުން ޖަމިއްޔަތުއްސަލަފުން ރޭ ބާއްވަން އުޅުނު ފޯރަމް، ސަރުކާރުން ހުއްޓުވައިފިކަމަށް ބުނެފައިވަ ނިކޮށް، އެ ދަރުސް ހުއްޓާލީ ސަލަފް ޖަމްއިއްޔާއިން އަމިއްލައަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރޭ 08:45 ގައި އަރަބިއްޔާ ސްކޫލުގައި ސަލަފު ޖަމިއްޔާއިން ބާއްވަން ހަމަޖެއްސި ފޯރަމް ހުއްޓުވި މައްސަލައިގައި، ނުރުހުން ފާޅުކޮށް ސަލަފް ޖަމިއްޔާއިން ބުނިގޮތުގައި، މިނިސްޓްރީން ފޯރަމް ހުއްޓުވާފައިވަނީ އެ މިނިސްޓްރީން ނަގަން ޖެހޭކަމަށް ބުނާ ހުއްދައެއް ނުނަގައި ފޯރަމް ބާއްވަން އުޅުމުގެ ބަހަނާގައެވެ.
ނަމަވެސް ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށާއި، މިހާތަނަށް އެ ޖަމްއިއްޔާއިން ބާއްވާފައިވާ ހުރިހާ ދަރުސްތަކާއި ފޯރަމްތައްވެސް ބާއްވަމުން ގެންގޮސްފައިވަނީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެ ޖަމްއިއްޔާއަށް ލިބިފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ އިލްމުވެރިން މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
ސަލަފުގެ އެ ވާހަކަ ތަކާ ގުޅިގެން، އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ސަރުކާރުތަކުންވެސް ދީނީ ދަރުސް ދިނުމުގެ ކުރިން، އުސޫލާ އެއްގޮތަށް ޖަމްއިއްޔާ ތަކުންނާއި، ޝައިހުން އައީ ހުއްދަ ނަގަމުން ކަމަށެވެ.
"ނަމަވެސް މިނިސްޓްރީން ތަކުރާރުކޮށް ސަލަފް ޖަމިއްޔާއަށް ރޭގެ ދަރުސަށް ހުއްދަ ނެގުމަށް ހަނދާންކޮށްދިނުމުންވެސް އެކަން ނުކޮށް، ރޭ ސަލަފުން ބާއްވަން އުޅުނު ދަރުސް އަމިއްލައަށް ކެންސަލް ކުރީމާ ހިތާމަ ކުރަން،" ރޭ މިނިސްޓަރު ކުރެއްވި ޓްވީޓްގައި ބުނެފައި ވެ އެވެ.