ސަލްމާން ޚާން އާއެކު ފިލްމު ބާރަތުގެ މަސައްކަތުގައި އަވަދިނެތި އުޅޭ ކެޓްރީނާ ކައިފް ވަނީ ތަފާތު ގޮތަކަށް އޭނާގެ ހުނަރު ފިލްމު ޒީރޯ އިން ދައްކައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ.
ޝާހުރުކް ޚާން އާއި އަނުޝްކާ ޝަރުމާވެސް ފެނިގެންދާ އެ ފިލްމު ވަނީ ބްލޮކްބަސްޓާއަކަށް ނުވިއެވެ. ނަމަވެސް ފިލްމުގައި ކެޓްރީނާ ކުޅެފައިވާ ރޯލު ގިނަ ބަޔަކު ބަލައިގަތެވެ.
ކެޓްރީނާ މިހާރު ގެންދަނީ އިތުރު ސްކްރިޕްޓްސްތައް ވެސް ބަލައި ދެން ކުޅޭނެ ފިލްމަކާ ދޭތެރޭ ވިސްނަމުންވެެ. ހަބަރުތައް ބުނާ ގޮތުގައި ކެޓްރީނާއަށް ގަޔާވީ އަންހެނުނަށް ހާއްސަ ފިލްމެކެވެ. ހުރިހާ ކަމެއް ރަނގަޅަށްދާ ކަމުގައި ވާނަމަ ބާރަތްއަށް ފަހު ކެޓްރީނާ އަންހެނުންނަށް ހާއްސަ ފިލްމެއްގެ މަސައްކަތް ފަށާނެއެވެ. ރަސްމީކޮށް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބެއެވެ.
މިއަހަރު އީދުގައި ރިލީސްކުރާ ކެޓްރީނާގެ ފިލްމު ބާރަތުގައި ދިޝާ ޕަޓާނީ، ނޯރާ ޕަޓެހީ، ޓާބޫ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވާވެސް އިސް ރޯލު ތަކުން ސަލްމާން އަދި ކެޓްރީނާ އާއެކު ފެނިގެން ދާނެއެވެ.