ޕްރިޒަން ބްރޭކްގެ ތަރި ވެންޓްވޯތު މިލާ އޯޓިޒަމަށް ފަރުވާކުރާ ކަމުގައި ބުނެފިއެވެ.
ވެންޓްވޯތު އޯޓިޒަމަށް ފަރުވާކުރަމުން އަންނަ ކަން އާންމުކޮށްފައި ވަނީ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
އޭނާގެ ޕޯސްޓުގައި އޯޓިޒަމް ހުރިކަން އެނގުނުތާ މިހާރަށް އެއް އަހަރު ވާން ކައިރިވެފައިވާ ކަމަށާި އަދި އޯޓިޒަމް އާ ބެހޭ މާބޮޑު މައުލޫމާތެއް އޭނާއަށް މީގެ ކުރިން އެނގިފައި ނުވާކަމުގައި ވެސް ވަނީ ބުނެފައެވެ.
މިލާގެ ޕޯސްޓުގައި އޭނާވަނީ އޯޓިޒަމް ކޮމިއުނިޓީއާ ގުޅޭ އޮންލައިން ލިންކުތައް ހިއްސާކޮށްފައެވެ. އޭނާގެ ޕޯސްޓް ނިންމާލަމުން މިހާތަނަށް އޭނާއަށް ހިތްވަރުދެމުން އައިސްފައިވާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މިލާގެ އުމުރުން މިހާރު 49 އަހަރެވެ. އޭނާ އެންމެ މަގުބޫލުވެގެން ގޮސްފައިވަނީ 2005-2017 އާއި ހަމައަށް ގެނެސްދީފައިވާ ހަ ސީޒަން ހިމެނޭ ''ޕްރިޒަން ބްރޭކް'' ސީރީސް އިންނެވެ.