މިއަދުގެ ހުކުރު ޚުތުބާ އަކީ ފަހުގެ ތާރީޚެއްގައި ދިން އެންމެ ރަނގަޅު ހުކުރު ޚުތުބާ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިމްރާން މިހެން ވިދާޅުވީ އޭނާ މިއަދު މެންދުރުފަހު ކުރެއްވި ޓުވީޓެއްގަ އެވެ.
"ވަރަށް ޚުލާސާކޮށް ވަރަށް ސާފުކޮށް އިސްލާމީ އަގީދާ އަކީ ކޮބައިކަމާއި މުސްލިމެއްގެ ހަޔާތުގައި އަގީދާގެ މުހިންމުކަން ބުނެދެވުނު." މިއަދުގެ ހުކުރު ޚުތުބާއާ ގުޅޭ ގޮތުން އިމްރާންގެ ޓުވީޓުގައި ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިފަދަ ޚުތުބާތައް ގިނަކުރުން ވަރަށް މުހިންމު ކަމަށެވެ. އޭނާގެ ޓުވީޓުގައި ވަނީ އެކަމަށް ޓަކައި އިސްލާމިކް މިނިސްޓަރަށް ޝުކުރުވެސް އަދާކުރައްވައިފަ އެވެ.