ބޮލީވުޑް

ބާލާގެ ޝޫޓިން އޭޕްރިލްގައި ފަށަނީ

އަމަރު ކޯޝިކް ޑައިރެކްޓް ކުރާ ފިލްމު ބާލާގެ ޝޫޓިން އޭޕްރިލް މަހު ފެށުމުގެ މަސައްކަތް ފަށައިފިއެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އަޔުޝްމަން ކުރާނާ އާއި ބުމީ ޕެޑްނޭކަރު އެވެ. މިއީ މި ދެތަރިން އެކީ ހަރަކާތްތެރިވާ ތިންވަނަ ފިލްމެވެ.

މި ފިލްމަކީ މީހުންގެ ސޫރަ ނުވަތަ ހުންނަ ގޮތާ ގުޅިގެން ކޮމިއުނިޓީ ޖަޖްކުރާ ކުރުމަށް ހަދާ ފިލްމެކެވެ. އަޔުޝްމަން ފިލްމުގައި ފެނިގެން ދާނީ މާ ޅައިރު ބޯ ތަލަވާން ފަށާފައިވާ މީހެއްގެ ގޮތުގައެވެ. ބުމީގެ ރޯލަކީ ހަމުގެ ކުލަ ޑަސްކީވެފައިވާ މީހެއްގެ ރޯލެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މިއަހަރު ފަހު ކޮޅެވެ.