އިންޑޯމީ ނޫޑްލްސް ހަތަރު ޕެކެޓު ގަތުމުން ހިލޭ ނޫޑްލްސް ޕެކެޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ލިލީ އެންޓަރޕްރައިސް އިން މިއަދު ފަށައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލިލީގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ތަސްލީމް ވިދާޅުވީ އެ ޕްރޮމޯޝަން މިއަދުން ފެށިގެން ކުރިއަށް އޮތް ދެ މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އޭގެއިތުރުން އިންޑޯމީ ގަންނަ ކޮންމެ ކޭހަަކަށްވެސް 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ތަސްލީމް ވިދާޅުވިއެވެ.
"އިންޑޯމީ އެވެއިލެބަލް ކޮންމެ ފިހާރައަކުންވެސް އަޅުގަނޑުމެންނަށް އެ ޑިސްކައުންޓު ލިބިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ތަސްލީމް ވިދާޅުވީ އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ އިންޑޯމީގެ ޗިކަން ކަަރީ ފްލޭވަރ ނޫޑްލްސްއަށް ކަމަށެވެ.
"މި ޕެކިން ތައްޔާރުކޮށްފައިވަނީ އެންމެ ސިއްހަތަށް ފައިދާހުރި އެންމެ ރަނގަޅު ޕެކިންގެ ގޮތުގައި. މި ރީޖަންގައިވެސް ބޭނުންކުރާ ސިއްހަތަށް އެންމެ ރަނގަޅު ޕެކިންއަކީ އިންޑޯމީ ނޫޑްލްސް،" އޭނާ ވިދާޅުވިއެވެ.