ޔޫރޯ 2020

ޔޫރޯ: އިޓަލީ 1-1 އިންގްލެންޑް (3-2)

12 Jul 13:15

އިޓަލީން ޔޫރޯގެ ތަށި އުފުލާލައިފި.

12 Jul 13:09

ޔޫރޯ 2020ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ކީޕަރު ޑޮނަރޫމާއަށް.

12 Jul 12:54

ޔޫރޯ 2020ގެ ޗެމްޕިއަންކަން އިޓަލީއަށް.

12 Jul 12:54

އިންގްލެންޑް ފޯވަޑް ސަކާގެ ޕެނަލްޓީ، އިޓަލީގެ ކީޕަރު ޑޮނަރޫމާ މަތަކޮށްފި.

12 Jul 12:53

އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯގެ ޕެނަލްޓީ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކޮށްފި.

12 Jul 12:52

އިންގްލެންޑްގެ ސަންޗޯގެ ޕެނަލްޓީ، އިޓަލީގެ ކީޕަރު ޑޮނަރޫމާ މަތަކޮށްފި.

12 Jul 12:51

އިޓަލީ މިޑްފީލްޑަރު ބެނާޑެސްކީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

12 Jul 12:50

އިންގްލެންޑް ފޯވަޑް މާކަސް ރަޝްފާޑްގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

12 Jul 12:49

އިޓަލީ ޑިފެންޑަރު ބޮނޫޗީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

12 Jul 12:48

އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާގެ ފެނަލްޓީ ކާމިޔާބުކޮށްފި.

12 Jul 12:48

އިޓަލީ ފޯވަޑް ބެލޮއްޓީގެ ޕެނަލްޓީ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކޮށްފި.

12 Jul 12:47

އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

12 Jul 12:46

ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އިޓަލީން. އިޓަލީގެ ލޮކަޓެލީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.

12 Jul 12:42

އިޓަލީން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށްގެން. ޔޫރޯގެ ތާރީހުގައި އެއް މުބާރާތެއްގެ ދެ މެޗެއްގައި ޕެނަލްޓީ ޝޫޓްއައުޓުން އަދި އެއްވެސް ޓީމެއް މޮޅުވެފައެއް ނުވޭ.

12 Jul 12:41

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ވެސް ނިމުނީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ޔޫރޯ 2020ގެ ފައިނަލުގެ ނަތީޖާ ދެން ނެރޭނީ ޕެނަލްޓީ ޝޫޓްއައުޓުން.

12 Jul 12:30

'113 - ގްރީލިޝްއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއަށް ރީނދޫ ކާޑެއް.

12 Jul 12:28

'111 - ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިން ނުރައްކާކުރުމުގެ ކުރިން އިޓަލީގެ ކެޕްޓަން ކިއެލީނީ އެ ބޯޅަ ދިފާއުކޮށްފި.

12 Jul 12:27

'107 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. ބެނާޑެސްކީ ފޮނުވާލި ބާރު ހިލޭ ޖެހުން އަމާޒުވީ އިންގްލެންޑް ކީޕަރު ޕިކްފޯޑްއާ ދިމާއަށް. ޕިކްފޯޑް އަތުން ދޫވި ބޯޅަ ހޯދުމަށް ޖޯޖީނިއޯ މަސައްކަތްކުރި ނަމަވެސް، ޕިކްފޯޑް ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދާފައި.

12 Jul 12:22

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

12 Jul 12:19

އިތުރު ވަގުތުގެ ފުރަތަމަ ހާފު ވެސް ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

12 Jul 12:17

'103 - އެމަސަން ނަގައިދިން ނުރައްކާތެރި ހުރަހުން ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑެސްކީ ނުރައްކާކުރުމުގެ ކުރިން އިންގްލެންޑުގެ ކީޕަރު ޕިކްފޯޑް ދިފާއުކޮށްފި.

12 Jul 12:09

'97 - އިންގްލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ފިލިޕްސް ފޮނުވާލި ބާރު ހަމަލާ ދިޔައީ އިންގްލެންޑު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

12 Jul 12:09

'96 - ހެންޑަސަން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސްޓާލިން ޖައްސާލި ބޯޅަ، އިންގްލެންޑްގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ކިއެލީނީ ދިފާއުކޮށްފި.

12 Jul 12:02

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.

12 Jul 11:59

ދެވަނަ ހާފުގެ އުސްއަލިތައް

  • އިންގްލެންޑުން މެޗު ފެށީ ތަފާތު ރޫހެއްގައި، ދެވަނަ މިނެޓުގައި ގޯލު ޖެހި
  • ހިތްގައިމު އެޓޭކެއްގައި އިންގްލެންޑަށް ގޯލު ޖަހައިދިނީ ޝޯ، ޝޯގެ ގޯލަށް ހުރަސް ނަގައިދިނީ ޓްރިޕިއާ
  • ގޯލަށްފަހު ވެމްބްލީގެ "ހޯމް ކްރައުޑް" ދިޔައީ ގުގުމަމުން، އިޓަލީއަކަށް އެކަންވީ ޗެލެންޖަކަށް
  • ހާފުގެ ފަހު ކޮޅުގައި އިޓަލީން ކުޅުން ރަނގަޅުކުރި، ޗިއޭސާގެ ނުރައްކާތެރި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށް
  • އިމޯބިލޭގެ ހަމަލާއެއް ބްލޮކްވެފައިވާ އިރު، ވަރާޓީ ދުރުން ފޮނުވާލި ހަމަލާ މަޑުމަޑުން ދިޔައީ ގޯލްކީޕަރު ޕިކްފޯޑް އަތަށް
  • ދެވަނަ ހާފަށް މަންޗީނީ ކުރަން ޖެހޭ މަސައްކަތް ބޮޑު، ސައުތުގޭޓްގެ ވިސްނުން ހުންނާނީ ލީޑު ދިފާއުކުރުމަށް ކަމަށް ބެލެވޭ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި އިންސީނިއާގެ ދެ ހަމަލާއެއް ފެނުނު، އޭނާ ފުރަތަމަ ފޮނުވާލި ހިލޭ ޖެހުން ގޯލަށް އަމާޒެއް ނުވި
  • ދެން ފޮނުވާލި ހަމަލާ މަތަކުރީ އިންގްލެންޑް ގޯލްކީޕަރު ޕިކްފޯޑް
  • އޭގެ އިރުކޮޅެއްފަހުން ޗިއޭސީ ޖެހި ނުރައްކާތެރި ހަމަލާ ވެސް ޕިކްފޯޑް މަތަކުރި
  • އިޓަލީން އެޓޭކްކޮށް ނަތީޖާ ހަމަހަމަކުރީ ކޯނަރަކުން، އެޓީމަށް ގޯލު ޖަހައިދިނީ ބޮނޫޗީ
  • ޗިއޭސާއަށް އަނިޔާގެ މެޗުގެ ފަހުކޮޅުގައި އޭނާ ބާލަން ޖެހިފައިވޭ
  • މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުން
12 Jul 11:56

'90+6 - ސަކާއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީ ކެޕްޓަން ކިއެލީނީއަށް ރީނދޫ ކާޑެއް.

12 Jul 11:56

ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅެން ޖެހޭނީ 15 މިނެޓުގެ ދެ ހާފު.

12 Jul 11:55

މި ހާފުގައި އިންގްލެންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނޭ. އިޓަލީން އަންނަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުން.

12 Jul 11:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

12 Jul 11:44

'84 - ފިލިޕްސްއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ އިންސީނިއާއަށް ރީނދޫ ކާޑެއް.

12 Jul 11:41

އިންގްލެންޑް ޑިފެންސަށް ސަމާލުވެ ފަހަތަށް ޖެހުމުގެ ފައިދާ ނަގައި، އިޓަލީން ދިޔައީ އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުން. ނަތީޖާއެއްގެ ގޮތުން އިޓަލީން ވަނީ އިންގްލެންޑަށް ނުރައްކާކޮށް ނަތީޖާ ހަމަހަމަ ކޮށްފައި. މެޗު މިހާރު ފެންނަނީ ވަރަށް ބޮޑަށް އޯޕަން ކޮށް. ހާއްސަކޮށް އިޓަލީން ކުރިއަށް ޖެހި އިތުރު ގޯލަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދޭ.

12 Jul 11:35

'74 - އިންސީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްޓަންޓޭ، ނުރައްކާކުރުމުގެ ކުރިން އިންގްލެންޑުގެ ކީޕަރު ޕިކްފޯޑް އެ ބޯޅަ ހޯދައިފި.

12 Jul 11:29

މިއީ އިޓަލީގެ ޖާޒީގައި ބޮނޫޗީ ޖެހި އަށްވަނަ ލަނޑު.

12 Jul 11:29

'67 - އިޓަލީން ނަތީޖާ ހަމަހަމަކޮށްފި. ކޯނަރެއްގެ ތެރެއިން ވެރާޓީ ބޮލުން ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރުމާއެކު ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލީ އިޓަލީގެ ޑިފެންޑަރު ބޮނޫޗީ.

12 Jul 11:24

'64 - އިންގްލެންޑަށް ފުރުސަތެއް. ޓްރިޕިއާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައި.

12 Jul 11:23

'62 - އިޓަލީއަށް ރަނގަޅު ފުރުސަތެއް، ޕިކްފޯޑުގެ މޮޅު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ކަނަކާ އަމާޒުކޮށް ކިއޭސާ ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

12 Jul 11:18

'57 - އިޓަލީގެ ހަމަލާއެއް. ކިއޭސާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިންސީނިއާ ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައި.

12 Jul 11:17

'56 - އިންގްލެންޑަށް ފުރުސަތެއް. ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މެގުއާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އިޓަލީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

12 Jul 11:15

'55 - ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީގެ ޑިފެންޑަރު ބޮނޫޗީއަށް ރީނދޫ ކާޑެއް.

12 Jul 11:13

'53 - އެމަސަން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިންސީނިއާ ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ގޯލާ އަމާޒެއް ނުވި.

12 Jul 11:11

'50 - އިންސީނިއާ ފޮނުވާލި ހިލޭ ޖެހުން އިންގްލެންޑުގެ ގޯލާ އަމާޒެއް ނުވި.

12 Jul 11:10

'49 - އިންސީނިއާއަށް ސްޓާލިން ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ގޯލު ކުރިމަތިން އިޓަލީއަށް ހިލޭ ޖެހުމެއް.

12 Jul 11:09

'48 - އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސްޓާލިން ވެއްޓުނު ނަމަވެސް، ރެފްރީ ޕެނަލްޓީއެއް ނުދިން.

12 Jul 11:08

'47 - ކޭންއަށް ކުރި ފައުލަކާ ގުޅިގެން އިޓަލީ މިޑްފީލްޑަރު ބަރެއްލާއަށް ރީނދޫ ކާޑެއް ދައްކައިފި.

12 Jul 11:05

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

12 Jul 10:51
12 Jul 10:51

ފުރަތަމަ ހާފުގެ އުސްއަލިތައް

  • އިންގްލެންޑުން މެޗު ފެށީ ތަފާތު ރޫހެއްގައި، ދެވަނަ މިނެޓުގައި ގޯލު ޖެހި
  • ހިތްގައިމު އެޓޭކެއްގައި އިންގްލެންޑަށް ގޯލު ޖަހައިދިނީ ޝޯ، ޝޯގެ ގޯލަށް ހުރަސް ނަގައިދިނީ ޓްރިޕިއާ
  • ގޯލަށްފަހު ވެމްބްލީގެ "ހޯމް ކްރައުޑް" ދިޔައީ ގުގުމަމުން، އިޓަލީއަކަށް އެކަންވީ ޗެލެންޖަކަށް
  • ހާފުގެ ފަހު ކޮޅުގައި އިޓަލީން ކުޅުން ރަނގަޅުކުރި، ޗިއޭސާގެ ނުރައްކާތެރި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށް
  • އިމޯބިލޭގެ ހަމަލާއެއް ބްލޮކްވެފައިވާ އިރު، ވަރާޓީ ދުރުން ފޮނުވާލި ހަމަލާ މަޑުމަޑުން ދިޔައީ ގޯލްކީޕަރު ޕިކްފޯޑް އަތަށް
  • ދެވަނަ ހާފަށް މަންޗީނީ ކުރަން ޖެހޭ މަސައްކަތް ބޮޑު، ސައުތުގޭޓްގެ ވިސްނުން ހުންނާނީ ލީޑު ދިފާއުކުރުމަށް ކަމަށް ބެލެވޭ
12 Jul 10:50

ޔޫރޯ 2020ގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.

12 Jul 10:47

'45+1 - އިޓަލީއަށް ފުރުސަތެއް. ޑި ލޮރެންޒޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިމޯބިލޭ ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ޑިފެންޑަރު ސްޓޯންސް ވަނީ ބްލޮކްކޮށްފައި.

12 Jul 10:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

12 Jul 10:40

ގްރޫޕު ސްޓޭޖު މެޗުތަކުގައި އިޓަލީގެ އެންމެ ކުރިއަށް ކުޅޭ އިމޯބިލޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ގަދަ 16 އިން ފެށިގެން އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނޭ.

12 Jul 10:37

'36 - ލޫކް ޝޯ ދިން ބޯޅަ، އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން މޭސަން މައުންޓަށް ލިބޭ ގޮތެއް ނުވި. އޭނާއަށް ބޯޅަ ލިބުނު ނަމަ، ނުރައްކާވީސް.

12 Jul 10:36

'35 - އިޓަލީއަށް ފުރުސަތެއް. ޑެކްލެން ރައިސް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ބޭރުން ކިއޭސާ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

12 Jul 10:33

'32 - އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކުރުމަށް އިންގްލެންޑުން ފުރުސަތެއް ނުދޭ. ކެޕްޓަން ކޭންއާއެކު އިންގްލެންޑުގެ ކުޅުންތެރިން ކުޅެނީ އަމިއްލަ ހާފު ތެރެއަށް ފާބައިގެން.

12 Jul 10:28

'28 - އިންސީނިއާ ދުރުން ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ގޯލާ އަމާޒުނުވެ ބޭރަށް.

12 Jul 10:25

އިތުރު ފަރުވާއަށްފަހު، ޖޯޖީނިއޯ އަލުން ކުޅެން އަރައިފި.

12 Jul 10:23

'22 - އިޓަލީގެ މުހިންމު މިޑްފީލްޑަރު ޖޯޖީނިއޯއަށް އަނިޔާއެއްވެ، ދަނޑުމަތީގައި ފަރުވާ ހޯދުމަށްފަހު، އިތުރު ފަރުވާއަށް ދަނޑުން ފާބައިފި.

12 Jul 10:15

އިންގްލެންޑުގެ އަރިމަތިން ޓްރިޕިއާގެ ހުރަސްތައް ފެންނަނީ ވަރަށް ނުރައްކާކޮށް. ލަނޑު ޖެހުމަށް ލޫކް ޝޯއަށް އެސިސްޓްކޮށްދިނީ ވެސް އޭނާ.

12 Jul 10:11

'11 - އިންސީނިއާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އިމޯބިލޭއަށް ލިބުމުގެ ކުރިން އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް އެ ބޯޅަ ހޯދައިފި.

12 Jul 10:09

މެޗު ފެށުނީއްސުރެ އިންގްލެންޑުގެ އެންމެ ކުރިއަށް ކުޅޭ ކެޕްޓަން ހެރީ ކޭން ވެސް ފެންނަނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅޭތަން.

12 Jul 10:08

އިޓަލީން ފަހަތުން އަރަން ކުރަން ޖެހޭނީ ބުރަ މަސައްކަތެއް. އިންގްލެންޑް ވެމްބްލީއަށް މިރޭ ވަނީ 65،000 ސަޕޯޓަރުން ވެއްދުމަށް ހުއްދަ ދީފައި. އިންގްލެންޑުން ހޯމްގައި މިރޭގެ މެޗު ކުޅެމުން އަންނަ އިރު، މެޗުގައި އިޓަލީއަށް ދިމާވާނެ އެންމެ ބޮޑު އުނދަގުލަކަށް ވާނީ ވެމްބްލީގެ ބާރު އަޑު. އިންގްލެންޑުން ކުރީ ކޮޅުގައި ޖެހި ގޯލާއެކު ވެމްބްލީ ދަނީ ގުގުމަމުން. އިންގްލެންޑަށް އުންމީދީ ފެށުމެއް.

12 Jul 10:08

'8 - އިންސީނިއާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

12 Jul 10:07

'7 - ކިއޭސާއަށް ލޫކް ޝޯ ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ބޭރުން އިޓަލީއަށް ހިލޭ ޖެހުމެއް.

12 Jul 10:06

މިއީ ރައިޓް ބެކް، ލޫކް ޝޯ އިންގްލެންޑްގެ ޖާޒީގައި ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު.

12 Jul 10:03

'2 - އިންގްލެންޑުން ލީޑު ނަގައިފި. ޓްރިފިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކް ޝޯ. އޭނާގެ ހަމަލާ އިޓަލީ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.

12 Jul 10:00

ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މި މެޗުގައި އިންގްލެންޑްގެ ޓީމުން ފިލް ފޮޑެން ނުފެންނާނެ.

12 Jul 10:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިޓަލީން.

ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީއާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ޔޫރޯގެ 16 ވަނަ ފައިނަލް. އިންގްލެންޑުން މިރޭ ނުކުންނާނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ޔޫރޯ ފައިނަލަށް. ޔޫރޯ ފައިނަލަށް އިންގްލެންޑުން އައީ ބޮޑު މުބާރާތެއްގެ ފައިނަލަށް 55 އަހަރު އިންތިޒާރު ކުރުމަށްފަހު. އެޓީމުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް އޭގެ ފަހުން ފުޓުބޯޅައިގައި މާ ބޮޑު ކާމިޔާބީއެއް އަދި ހޯދިފައެއް ނުވޭ. މިރޭގެ ފައިނަލަކީ އެ ތާރީހު ބަދަލުކޮށް، އިންގްލެންޑަށް ފުރަތަމަ ޔޫރޯ ހޯދަން ލިބޭނެ ފުރުސަތެއް.

އަނެއްކޮޅުން ނުކުންނަ އިޓަލީއަށް މިއީ ހަތަރުވަނަ ޔޫރޯ ފައިނަލް. އިޓަލީން 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ޔޫރޯ ހޯދި ނަމަވެސް އެޓީމުން އޭގެ ފަހުން 2000 ވަނަ އަހަރާއި، 2012 ވަނަ އަހަރު ކުޅުނު ޔޫރޯ ފައިނަލުތަކުން ވަނީ ބަލިވެފައި. އިޓަލީއަށް މިރޭގެ ފައިނަލް މުހިއްމު ވާނީ އެ ހިތްދަތި ފައިނަލްތަކުގެ ހަނދާންތައް ނައްތާލުމަށް. އިޓަލީއާއި އިންގްލެންޑުންވެސް ފައިނަލާ ހަމައަށް އައީ މެޗަކުން ބަލިނުވެ.

މިރޭގެ ފައިނަލް މެޗަށް ދެޓީމު ނުކުންނާނީ އިންގްލެންޑްގެ ހޯމް ސްޓޭޑިއަމް، ޝަރަފުވެރި ވެމްބްލީ ސްޓޭޑިއަމްގައި.

އިޓަލީއާއި އިންގްލެންޑްގެ ހަނދާންތައް

ޔޫރޯ 2020ގެ ފައިނަލަށް އިޓަލީ އާއި އިންގްލެންޑް މިރޭ ނުކުންނާނީ ތާރީހީ ހަނދާންތަކަކާ އެކުގައި. ދުނިޔޭ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ގޮތުގައި އޮތް އިޓަލީ އާއި އިންގްލެންޑަކީ ގިނަ ފަހަރުތަކެއްގެ މަތިން ކުރިމަތިލާފައިވާ ދެ ޓީމެއް. 1933 ވަނަ އަހަރު އެ ދެ ގައުމު ފުރަތަމަ މެޗެއް ކުޅެފައިވާ އިރު، އޭގެ ފަހުން ޖުމުލަ 27 ފަހަރަކު އިންގްލެންޑާއި އިޓަލީ ކުރިމަތިލައިފައިވޭ.

ތާރީހަށް ބަލާއިރު، ހަނި ތަފާތަކުން ކުރި ހޯދަނީ އިޓަލީ. އިންގްލެންޑްގެ މައްޗަށް އިޓަލީން ވަނީ 10 ފަހަރަށް ކުރި ހޯދައިފައި. އިންގްލެންޑަށް އިޓަލީގެ މައްޗަށް ކުރި ހޯދިފައިވަނީ އަށް ފަހަރު. އެ ކުރިމަތިލުންތައް ފެނުނީ ފޯރިގަދަ، ޝައުގުވެރި ކުރިމަތިލުންތަކުގެ ގޮތުގައި. ޔަގީނުންވެސް އިޓަލީ އާއި އިންގްލެންޑުގެ ކުރިމަތިލުންތައް އާދައިގެ ގޮތަކަށް ނިމިގެން ނުދާނެ.

ބައެއް ތާރީހީ ޔޫރޯ މެޗުތަކަށް ނަޒަރެއް

ޔޫރޯ 2012 ވަނަ އަހަރު ކުއަޓާ ފައިނަލް
އިންގްލެންޑް 0-0 އިޓަލީ (އިތުރު ވަގުތަށްފަހު)/ އިޓަލީ 4-2 އިންގްލެންޑް (ޕެނަލްޓީއަށްފަހު)

ޔޫރޯ 2012 ވަނަ އަހަރު ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ކުއާޓާ ފައިނަލް މެޗަކީ ފޯރިގަދަ މެޗެއް. 90 މިނެޓު ތެރޭގައި ގިނަ ފުރުސަތުތައް ފަހިކުރީ އިޓަލީން. ޕްރާންޑޭލީގެ ކޯޗުކަމުގައި ކުޅެމުންދިޔަ އިޓަލީގެ ޑެނިއަލް ޑި ރޮސީ އާއި އެލެސަންޑްރޯ ޑިއަމާންޓީގެ ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، މެޗުގައި ބަލޮޓެލީ އާއި މޮންޓޮލީވޯ ޖެހި ބޯޅަ ބޭރަށް ދިޔައީ ހަމަ ކިރިޔާ.

ގޯލެއް ނުޖެހިގެން މަސައްކަތް ކުރަމުން ދިޔަ އިޓަލީން ޕެނަލްޓީގައި މޮޅުވީ އިންގްލެންޑްގެ އެޝްލީ ޔަންގާއި، އެޝްލީ ކޯލްގެ ޕެނަލްޓީ އިންގްލެންޑަށް ނާކާމިޔާބު ވުމުން. އެ ޕެނަލްޓީ ޝޫޓްއައުޓް މުޅި ދުނިޔެއަށް މަޝްހޫރުވެފައި ވަނީ އިޓަލީގެ މިޑްފީލްޑަރު އަންދްރޭއާ ޕިރްލޯގެ ހިތްގައިމު "ޕެނަންކާ" ޕެނަލްޓީގެ ސަބަބުން. އިންގްލެންޑް ކީޕަރު ޖޯ ހާޓު ފައި ކައިރިން ޕިރްލޯ ޗިޕް ކޮށްލި ޕެނަލްޓީއާއެކު އެތައް ބައެއްގެ ސަމާލުކަން މެޗަށް ލިބުނު.

ޔޫރޯ 1980 ވަނަ އަހަރު ގްރޫޕް ސްޓޭޖު
އިންގްލެންޑް 0-1 އިޓަލީ

މިއީ އިޓަލީ އާއި އިންގްލެންޑް ޔޫރޯ މެޗެއްގައި ވާދަކުރި ފުރަތަމަ ފަހަރު. ޓުރިންގައި ކުޅުނު އެ މެޗަށް ނުކުތްއިރު ދެޓީމުވެސް އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެއްވަރުވެފައި. ގްރޫޕުގެ އެއްވަނަ އެކަނި ފައިނަލަށް ދަތުރުކުރާ އިރު، މެޗަށް ދެޓީމުވެސް ނުކުތީ މަޖުބޫރު މޮޅަކަށް.

މެޗުގެ ހަމައެކަނި ގޯލަކީ މާކޯ ޓާޑޭލީ ޖަހައިދިން ގޯލެއް. ފަރަންސެސްކޯ ގްރަޒިއަނީގެ ހުރަސް ޓާޑޭލީ ގޯލަށް ވައްދާލައިފައިވާ އިރު، އިންގްލެންޑްގެ ރޭ ކެނެޑީ ޖެހި ބާރު ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައި. މެޗުގެ އެންމެ ހާއްސަ ކަމަކީ އިޓަލީ އާއި އިންގްލެންޑް ޔޫރޯއެއްގައި ކުޅުނު ފުރަތަމަ މެޗަށް ވުން.