ޕޮލިސް

މާމެންދޫ ކޯޓު ފަޅާލައި 13000އަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

ގއ. މާމެންދޫ ކޯޓު ފަޅާލައި 13500 އަށްވުރެ ގިނަ ރުފިޔާ ވަގަން ނަގައިފި އެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ ކޯޓުގެ ތިޖޫރީގައި ހުރި އެ ފައިސާ ވަގަށް ނަގާފައިވަނީ އެތަނުގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ކޯޓުތެރެއަށް ވަދެ ކަމަށެވެ.

ކޯޓުން ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމުގެ މައްސަލައެއް ފުލުހަށް ހުށަޅާފައިވަނީ މިއަދު 08:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިހާރު އެރަށުގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.