އިންޑިއާ ސަރުކާރުންދޭ ހަތަރު ވަނައަށް އެންމެ މަތީ ޝަރަފު، މަގުބޫލު ކޮމީޑިއަން ބަތަލު ކާދަރް ޚާނަށް ދޭން ވަނީ ނިންމައިފައެވެ. މި ޝަރަފާ ކާދަރުގެ ފަރާތުން ހަވާލުވާނީ އޭނާގެ ދަރިފުޅު ސަރްފަރާޒް ޚާނެވެ.
ބޮލީވުޑް ހަންގާމާއަށް ސަރްފަރާޒް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ވޯޑު އޭނާގެ ބައްޕައަށް ލިބެން މާލަސް ވެސް ވެއްޖެއެވެ. އަދި އެ އެވޯޑަކީ އޭނާގެ ބައްޕަ އިންޑިއާގެ ސިނަމާގައި ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރެވިގެންދާނެ އެވޯޑެކެެވެ.
ހަންގާމާގައި ވާ ގޮތުގައި ކާދަރުގެ އާއިލާއިން ވެސް އަންނަނީ އޭނާގެ ހަނދާނުގައި ގިނަ ކަންކަން ކުރަމުންނެވެ. އޭގެ ތެރޭގައި ތިން ފޮތެއް ކާދަރުގެ ނަމުގައި ނެރެމުން ދާއިރު ކާދަރުގެ ހަނދާނުގައި މިއުޒިއަމެއް އުފެއްދުމަށްވެސް އަންނަނީ ވިސްނަމުންނެވެ.
މީގެ އިތުރުން ކާދަރުގެ ބައޯޕިކްއެއް ވެސް ހެދުމަށް ވަނީ ނިންމައިފައެވެ.