ބޮލީވުޑް

ވަރުން އޭބީސީޑީ ތިނެއްގައި ފެނިގެންދާނެ ލުކް އާންމު ވެއްޖެ

ރެމޯ ޑިސޫޒާގެ ފިލްމު އޭބީސީޑީ ތިނެއްގެ މަސައްކަތް ކުރިއަށް ދާއިރު ފިލްމުގެ ބަތަލުގެ ބައިން ފެނިގެންދާ ވަރުން ދަވަންވެސް އަންނަނީ ފިލްމުގެ މަސައްކަތުގައި ޝާމިލް ވަމުންނެވެ.

ލުކް ޓެސްޓަށްފަހު ވަރުން މިވަގުތު ހުރީ އަމްރިތްސަރުގައި ރޭމޯ އާއެކު ފިލްމުގެ ޝޫޓިންގައެވެ.

ފިލްމުގައި ވަރުން ފެނިގެންދާ ލުކްގެ ފޮޓޯ ތަކެއް ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. ފޮޓޯ ތަކުން ފެންނަ ގޮތުގައި ވަރުން ވަނީ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށްފަހު ގައިގައި ޓެޓޫވެސް ޖަހައިފައެވެ. ރިޕޯޓުތައް ބުނާގޮތުން އެއީ ފިލްމުގައި ވަރުންގެ ލުކްއެވެ. ނަމަވެސް ރަސްމީކޮށް ވަނީ އެކަން ހާމަނުކޮށެވެ.

ފިލްމުގައި ލީޑް ބަތަލާގެ ރޯލުން ފެނިގެން ދާނީ ޝްރެއްދާ ކަޕޫރެވެ.