އެވެންޖާސް - އެންޑްގޭމް ރިލީސް ކުރާ ތާރީހު ކައިރި ވަމުން އަންނަ ވަރަކަށް އެ ފިލްމުގެ ފޭނުން އަންނަނީ އެކްސައިޓްމަންޓް ހާމަކުރަމުންނެވެ. އެވެންޖާސް ފިލްމުގެ ހަތަރު ވަނަ އަދި އެންމެ ފަހު ބައި ރިލީސްކުރަން ހަަމަޖެހިފައިވަނީ މިއަަހަރުގެ އޭޕްރިލްގައެވެ.
ފިލްމުގެ ފޭނުންގެ ތެރެއަށް އިތުރުވެގެން ގޮސްފައި މިވަނީ ބޮލީވުޑް ތަރި ސަނީ ލިއޯންއެވެ. ސަނީ ވަނީ އެވެންޖާސް ފިލްމު އުފައްދާ ފަރާތަށް އިންޑިއަން ސުޕާ ހީރޯ ފިލްމެއް ހެދުމަށް އެދިފައެވެ.
ސަނީ ގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ވަނީ މާވެލް ކޮމިކްގެ ޓީޝާޓެއް ލައިގެން އިން ފޮޓޯއެއް ހިއްސާކޮށްފައެވެ. ފޮޓޯ ކެޕްޝަނުގައި އޭނާ ވަނީ އެވެންޖާސްގެ ޑައިރެކްޓަރުން ކަމުގައިވާ ރުސޯ ބްރަދާސް ޓެގް ކުރުމަށްފަހު އިންޑިއާގައި ސުޕާ ހީރޯ މާވެލް ފިލްމެއް ހަދާނަމަ އޭނާ ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. އެ ޕޯސްޓުގައި މާވެލް އިންޑިއާ އާއި މާވެލް ސްޓޫޑިއޯސްވެސް ވަނީ ޓެގްކޮށްފައެވެ.
2018 ގައި ނުކުތް އެވަންޖާސްގެ ތިން ވަނަ ބައި އެވަންޖާސް - އިންފިނިޓީ ވޯ ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދައިފައެވެ.