ޖުމްހޫރީ ޕާޓީ

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 36 ފަރާތަކަށް ޖޭޕީގެ ޓިކެޓު ދީފި

1

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 36 ފަރާތަކަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދީފިއެވެ.

މަޖިލީހުގެ 36 ދާއިރާއަށް ވާދަކުރުމަށް ޖޭޕީން ޓިކެޓް ދިން ފަރާތްތައް އިއުލާންކޮށްފައިވަނީ މިރޭ އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހުއެވެ.

އެ ޕާޓީގެ ޓިކެޓުގައި 61 ދާއިރާއަށް ވާދަކުރުމަށް 97 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން މިހާރު މަޖިލީހުގެ މެމްބަރުކަމުގައި ތިއްބެވި ބޭފުޅުންނަށް ޓިކެޓް ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ނިންމައިފައެވެ.

ޖޭޕީން ޓިކެޓު ދޭނެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ. އެހެންކަމުން 36 ދާއިރާއަށް ވުރެ އިތުރަށް ޖޭޕީން ވާދަކުރުން ވެސް އެކަށީގެންވެއެވެ.

މިހާތަނަށް ޖޭޕީގެ ޓިކެޓު ދީފައިވާ ފަރާތްތައް:

  • ހދ. ހަނިމާދޫ ދާއިރާ – ހުސައިން ޝަހުދީ
  • ހދ. ކުޅުދުއްފުށީ އުތުރު ދާއިރާ – ނަސްރުﷲ އިސްމާއީލް
  • ށ. ކަނޑިތީމު ދާއިރާ – މުހައްމަދު ހުސައިން
  • ރ. އުނގޫފާރު ދާއިރާ – އިލްހާމް އަހްމަދު
  • ރ. މަޑުއްވަރީ ދާއިރާ – މުހައްމަދު އަމީތު އަހްމަދު
  • ބ. ކެންދޫ ދާއިރާ – އަލީ ހުސައިން
  • ޅ. ކުރެންދޫ ދާއިރާ – އަހްމަދު މޫސާ
  • ކ. ކާށިދޫ ދާއިރާ – މާޖިދު ސުލައިމާން
  • އއ. މަތިވެރި ދާއިރާ – ހުސައިން މުހައްމަދު
  • އއ. ތޮއްޑޫ ދާއިރާ – އިބްރާހިމް ހަސަން
  • އދ. މާމިގިލީ ދާއިރާ – ގާސިމް އިބްރާހިމް
  • އދ. ދަނގެތީ ދާއިރާ – މުޙައްމަދު ނާޒިމް،
  • ވ. ކެޔޮދޫ ދާއިރާ – މޫސާ ނިޒާރު އިބްރާހިމް
  • ތ. ވިލުފުށީ ދާއިރާ – ރިޔާޒް ރަޝީދު
  • ތ. ތިމަރަފުށީ ދާއިރާ – އަބްދުﷲ ރިޔާޟް
  • ތ. ގުރައިދޫ ދާއިރާ – ހުސައިން މަނިކު ދޮންމަނިކު
  • ލ. އިސްދޫ ދާއިރާ – އަލީ ހަމީދު
  • ލ. ފޮނަދޫ ދާއިރާ – ފާތިމަތު ޒަޢީމާ
  • ލ. ގަމު ދާއިރާ - އާދަމް އާސިފް
  • ލ. މާވަށު ދާއިރާ – އަހުމަދު އަޒްހާން ފަހުމީ
  • ގއ. ވިލިނގިލީ ދާއިރާ – ސައުދު ހުސައިން
  • ގއ. ގެމަނަފުށީ ދާއިރާ – އަލީ އާދިލް
  • ގއ. ދާންދޫ ދާއިރާ – މުހައްމަދު ޝިޔާމް
  • ގދ. ތިނަދޫ ދެކުނު ދާއިރާ – އަބްދުﷲ އަހްމަދު
  • ގދ. ފަރެސްމާތޮޑާ ދާއިރާ – މުހައްމަދު މުޚުތާރު
  • ޏ. ފުވައްމުލަކު އުތުރު ދާއިރާ – އަލީ ޝާހު
  • ސ. ހިތަދޫ މެދު ދާއިރާ – ހުސައިން ޞާލިހު
  • ހެންވޭރު ދެކުނު ދާއިރާ – އިރުތިޝާމް އާދަމް
  • ހެންވޭރު އުތުރު ދާއިރާ – އަލްހާން ފަހުމީ
  • މައްޗަންގޮޅި ދެކުނު ދާއިރާ – އިބްރާހިމް މަމްނޫން
  • މާފަންނު ދެކުނުދާއިރާ – މުހައްމަދު ހަމްދާން
  • ވިލިމާލެ ދާއިރާ – ޑރ. މުޙައްމަދު ޖަމީލު އަހްމަދު
  • ގަލޮޅު ދެކުނު ދާއިރާ – އަބްދުﷲ ނަވާޒު
  • ހެންވޭރު ހުޅަނގު ދާއިރާ – އާއިޝަތު ނާޒިމާ
  • ބިލެއްދޫ ދާއިރާ – އަހްމަދު މުބީން
  • މަހިބަދޫ ދާއިރާ – އަހްމަދު ސުނިލް
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟