ޔޫރޯ 2020

ޔޫރޯ: އިންގްލެންޑް 2-1 ޑެންމާކު

08 Jul 12:38

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ފެނުނީ ހަމަލާތައް މަދުކޮށް
  • މައުންޓްގެ ހަމަލާއެއް ޑެންމާކު ޑިފެންޑަރު ދިފާއު ކޮށްފައިވާ އިރު، ސްޓާލިންގެ ހަމަލާ ދިޔައީ ޝޫމައިކަލް އަތަށް
  • އަނެއްކޮޅުން ހޮއިބިއާ ފޮނުވާލި ހަމަލާ އިންގްލެންޑް ކީޕަރު އަތަށް ދިޔަ އިރު، ބްރައިތުވެއިޓްގެ ހަމަލާ ވަނީ ބްލޮކްވެފައި
  • ހާފުގެ ފަހު ކޮޅުގައި ފެނުނީ ފޯރިގަދަކޮށް
  • ފުރަތަމަ ލީޑު ނެގީ ޑެންމާކު، އެޓީމަށް ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ވައްދާލީ ޑެމްސްގާޑު
  • ދެން ފެނުނީ އިންގްލެންޑް ނުރައްކާ ކުރިތަން
  • ސްޓާލިންގެ ހަމަލާއެއް ޝޫމައިކަލް ހުޝިޔާރުކަމާއެކު މަތަކުރި
  • އޭގެ އިރުކޮޅެއްފަހުން އިންގްލެންޑުން ނަތީޖާ ހަމަހަމަކުރި، އެ ގޯލަކީ ބުކަޔޯ ސަކާގެ ހުރަސް ކިއޭ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެއް
  • ދެވަނަ ހާފު ފެނުނީ ފޯރި ގަދަކޮށް، ހަމަލާތައްވެސް ގިނަ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ޑެންމާކުގެ ޑޮލްބާގު ފޮނުވާލި ދެ ހަމަލާވެސް މަތަކުރީ ޕިކްފޯޑު
  • އަނެއްކޮޅުން މެގުއާގެ ބޮލުން ފޮނުވާލި ހަމަލާ ޝޫމައިކަލް މަތަކޮށް ބޭރުކޮށްލި
  • މޭސަން މައުންޓްގެ ހަމަލާއެއް ޝޫމައިކަލް ފަސޭހަކަމާއެކު މަތަކުރި އިރު، ސްޓާއިލްގެ ހަމަލާ ވަނީ ޑެންމާކު ޑިފެންޑަރު ބްލޮކް ކޮށްފައި
  • ފަހުވަގުތު އިންގްލެންޑުން ގިނަ ހުރަސްތަކަކާއެކު ނުރައްކާ ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެން
  • އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ފެނުނީ އިންގްލެންޑުގެ ނުރައްކާ
  • ކޭންގެ ހަމަލާއާއި ޝޫމައިކަލްގެ ހަމަލާ ޝޫމައިކަލް މަތަކޮށް ބޭރުކޮށްލި
  • އިންގްލެންޑުން ލީޑު ނެގީ "ކޮންޓްރަވާޝަލް" ޕެނަލްޓީއެއްގައި، ޕެނަލްޓީގައި ލީޑު ނަގައިދިނީ ކޭން
  • އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ދަނިކޮށް ބްރައިތުވެއިޓް ޖެހި ބާރު ބޯޅައެއް މަތަކުރީ ޕިކްފޯޑް
  • ފަހު ވަގުތު ސްޓާލިން ފޮނުވާލި ހަމަލާވެސް ޝޫމައިކަލް ސޭވްކުރި
  • އިންގްލެންޑުން ފައިނަލްގައި ކުޅެން ޖެހޭނީ އިޓަލީއާ ދެކޮޅަށް
08 Jul 12:36

މެޗުގެ ކުޅުން ނިންމާލައިފި. ޔޫރޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންގްލެންޑް ފައިނަލަށް.

08 Jul 12:35

'120 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްޓާލިން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

08 Jul 12:29

'114 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ބްރެތުވެއިޓް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

08 Jul 12:29

ޑެންމާކުން ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ އިރު، އިންގްލެންޑުން މަސައްކަތްކުރަމުން އަންނަނީ މި ނަތީޖާއާއެކު މެޗު ނިންމައިލުމަށް.

08 Jul 12:20

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

08 Jul 12:17

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.

08 Jul 12:12

'104 - އިންގްލެންޑުން ލީޑު ހޯދައިފި. ކޭން ފޮނުވާލި ޕެނަލްޓީ ޑެންމާކުގެ ކީޕަރު މަތަކުރި ނަމަވެސް، ރީބައުންސް ބޯޅައިން ކޭން ވަނީ ގޯލު ޖަހާފައި.

08 Jul 12:10

'102 - ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ޕެނަލްޓީއެއް.

08 Jul 12:06

'98 - އިންގްލެންޑަށް ފުރުސަތެއް. ފޮޑެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ގްރީލިޝް ފޮނުވާލި ބާރު ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

08 Jul 12:02

'94 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ވޯކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

08 Jul 11:58

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.

08 Jul 11:55

ދެވަނަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ފެނުނީ ހަމަލާތައް މަދުކޮށް
  • މައުންޓްގެ ހަމަލާއެއް ޑެންމާކު ޑިފެންޑަރު ދިފާއު ކޮށްފައިވާ އިރު، ސްޓާލިންގެ ހަމަލާ ދިޔައީ ޝޫމައިކަލް އަތަށް
  • އަނެއްކޮޅުން ހޮއިބިއާ ފޮނުވާލި ހަމަލާ އިންގްލެންޑް ކީޕަރު އަތަށް ދިޔަ އިރު، ބްރައިތުވެއިޓްގެ ހަމަލާ ވަނީ ބްލޮކްވެފައި
  • ހާފުގެ ފަހު ކޮޅުގައި ފެނުނީ ފޯރިގަދަކޮށް
  • ފުރަތަމަ ލީޑު ނެގީ ޑެންމާކު، އެޓީމަށް ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ވައްދާލީ ޑެމްސްގާޑު
  • ދެން ފެނުނީ އިންގްލެންޑް ނުރައްކާ ކުރިތަން
  • ސްޓާލިންގެ ހަމަލާއެއް ޝޫމައިކަލް ހުޝިޔާރުކަމާއެކު މަތަކުރި
  • އޭގެ އިރުކޮޅެއްފަހުން އިންގްލެންޑުން ނަތީޖާ ހަމަހަމަކުރި، އެ ގޯލަކީ ބުކަޔޯ ސަކާގެ ހުރަސް ކިއޭ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެއް
  • ދެވަނަ ހާފު ފެނުނީ ފޯރި ގަދަކޮށް، ހަމަލާތައްވެސް ގިނަ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ޑެންމާކުގެ ޑޮލްބާގު ފޮނުވާލި ދެ ހަމަލާވެސް މަތަކުރީ ޕިކްފޯޑު
  • އަނެއްކޮޅުން މެގުއާގެ ބޮލުން ފޮނުވާލި ހަމަލާ ޝޫމައިކަލް މަތަކޮށް ބޭރުކޮށްލި
  • މޭސަން މައުންޓްގެ ހަމަލާއެއް ޝޫމައިކަލް ފަސޭހަކަމާއެކު މަތަކުރި އިރު، ސްޓާއިލްގެ ހަމަލާ ވަނީ ޑެންމާކު ޑިފެންޑަރު ބްލޮކް ކޮށްފައި
  • ފަހުވަގުތު އިންގްލެންޑުން ގިނަ ހުރަސްތަކަކާއެކު ނުރައްކާ ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެން
08 Jul 11:54

ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ 15 މިނެޓުގެ ދެ ހާފު.

08 Jul 11:51

'90+5 - އިންގްލެންޑަށް ފުރުސަތެއް. މައުންޓް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެގުއާ ބޮލުން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

08 Jul 11:49

'90+3 - ޕެނަލްޓީ އޭރިއާ ބޭރުން ފިލިޕްސް ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒެއް ނުވި.

08 Jul 11:46

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

08 Jul 11:39

'82 - ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާ ޑެންމާކުގެ ގޯލާ އަމާޒެއް ނުވި.

08 Jul 11:36

'80 - ފިލިޕްސް ދުރުން ފޮނުވާލި ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުނުވެ ބޭރަށް.

08 Jul 11:31

'74 - އިންގްލެންޑަށް ފުރުސަތެއް. މައުންޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިން ފޮނުވާލި ހަމަލާ، ޑެންމާކުގެ ޑިފެންޑަރެއް ވަނީ ބްލޮކްކޮށްފައި.

08 Jul 11:30

'73 - ޕެނަލްޓީ އޭރިއާ ބޭރުން މޭސަން މައުންޓް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ޑެންމާކުގެ ކީޕަރު ޝްމައިކަލް ދިފާއުކޮށްފި.

08 Jul 11:20

'64 - ޕެނަލްޓީ އޭރިއާ ތެރެއިން މައުންޓް ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލްގެ އަތަށް.

08 Jul 11:18

'62 - ޕެނަލްޓީ އޭރިއާ ތެރެއިން މޭސަން މައުންޓް ފޮނުވާލި ހަމަލާ، ޑެންމާކުގެ ކެޕްޓަން ކިއާ ބްލޮކްކޮށްފި.

08 Jul 11:15

'59 - ޑެންމާކުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑޮލްބާގް ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޕިކްފޯޑުގެ އަތަށް.

08 Jul 11:14

'58 - ޑެންމާކަށް ފުރުސަތެއް. ޑެމްސްގާޑް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބްރެތުވެއިޓް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

08 Jul 11:11

'55 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. މޭސަން މައުންޓް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މެގުއާ ބޮލުން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

08 Jul 11:08

'52 - ޑެންމާކަށް ރަނގަޅު ފުރުސަތެއް. މޭލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑޮލްބާގް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ޑޮލްބާގަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

08 Jul 11:05

'49 - ކިއޭއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާއަށް ރީނދޫ ކާޑެއް.

08 Jul 11:01

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

08 Jul 10:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ފެނުނީ ހަމަލާތައް މަދުކޮށް
  • މައުންޓްގެ ހަމަލާއެއް ޑެންމާކު ޑިފެންޑަރު ދިފާއު ކޮށްފައިވާ އިރު، ސްޓާލިންގެ ހަމަލާ ދިޔައީ ޝޫމައިކަލް އަތަށް
  • އަނެއްކޮޅުން ހޮއިބިއާ ފޮނުވާލި ހަމަލާ އިންގްލެންޑް ކީޕަރު އަތަށް ދިޔަ އިރު، ބްރައިތުވެއިޓްގެ ހަމަލާ ވަނީ ބްލޮކްވެފައި
  • ހާފުގެ ފަހު ކޮޅުގައި ފެނުނީ ފޯރިގަދަކޮށް
  • ފުރަތަމަ ލީޑު ނެގީ ޑެންމާކު، އެޓީމަށް ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ވައްދާލީ ޑެމްސްގާޑު
  • ދެން ފެނުނީ އިންގްލެންޑް ނުރައްކާ ކުރިތަން
  • ސްޓާލިންގެ ހަމަލާއެއް ޝޫމައިކަލް ހުޝިޔާރުކަމާއެކު މަތަކުރި
  • އޭގެ އިރުކޮޅެއްފަހުން އިންގްލެންޑުން ނަތީޖާ ހަމަހަމަކުރި، އެ ގޯލަކީ ބުކަޔޯ ސަކާގެ ހުރަސް ކިއޭ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެއް
08 Jul 10:46

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

08 Jul 10:41

'39 - އިންގްލެންޑުން ނަތީޖާ ހަމަހަމަކޮށްފި. ސަކާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކެޕްޓަން ކިއޭ އަތުން ބައިކޮޅަށް.

08 Jul 10:40

'38 - ޑެންމާކުގެ ކީޕަރު ޝްމައިކަލްގެ މޮޅު ސޭވްއެއް. ކޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ ސްޓާލިން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

08 Jul 10:37

'36 - ސްޓާލިން ފޮނުވާލި ހިލޭ ޖެހުން ޑެންމާކުގެ ކެޕްޓަން ކިއޭ ވަނީ ބްލޮކްކޮށްފައި.

08 Jul 10:35

'35 - ޑެންމާކުގެ ޕެނަލްޓީ އޭރިއާ ބޭރުން ކޭންއަށް ޑެލޭނީ ކުރި ފައުލަކާ ގުޅިގެން ނުރައްކާ ހިސާބަކުން އިންގްލެންޑަށް ހިލޭ ޖެހުމެއް.

08 Jul 10:31

މިއީ މި މުބާރާތުގައި އިންގްލެންޑް ކޮޅަށް ވަން ފުރަތަމަ ލަނޑު.

08 Jul 10:30

'30 - ޑެންމާކުން ލީޑު ހޯދައިފި. ޑެންމާކަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެމްސްގާޑް. އިންގްލެންޑްގެ ގޯލު ކުރިމަތިން ޑެންމާކަށް އެ ހިލޭ ޖެހުން ލިބުނީ ކްރިސްޓެންސެންއަށް ލޫކް ޝޯ ކުރި ފައުލަކާ ގުޅިގެން.

08 Jul 10:26

'25 - ޑެންމާކަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

08 Jul 10:24

'23 - މިހާރު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދަނީ ދާދި ހަމަހަމަ ކުޅުމެއް. ޑެންމާކުން ވެސް އަންނަނީ އެޓޭކުކޮށް، އިންގްލެންޑުގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

08 Jul 10:18

'16 - އިންގްލެންޑް ކީޕަރު ޕިކްފޯޑުގެ ގޯހެއް. އޭނާގެ ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން ބްރެތުވެއިޓް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި.

08 Jul 10:16

'15 - ޑެންމާކުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހޮއިބިއާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ހޮއިބިއާ ވަނީ މަތަކޮށްފައި.

08 Jul 10:15

'15 - އިންގްލެންޑުގެ ހަމަލާއެއް. ވޯކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކޭން ފޮނުވާލި ބާރު ހަމަލާ، ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

08 Jul 10:13

'13 - އިންގްލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިން ފޮނުވާލި ހަމަލާ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައި.

08 Jul 10:13

'12 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މައުންޓް ހަމަލާއެއް ފޮނުވައިލުމުގެ ކުރިން ޑެންމާކުގެ ޑިފެންޑަރު ވެސްޓަގާޑް ދިފާއުކޮށްފި.

08 Jul 10:08

އިންގްލެންޑުގެ އެޓޭކް ފެންނަނީ ވަރުގަދަކޮށް. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވޭ ގޮތެއް ނުވޭ.

08 Jul 10:06

'6 - ކޭން ނަގައިދިން ހުރަސް، ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިންއަށް ލިބޭ ގޮތެއް ނުވި.

08 Jul 10:03

މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ފައުލްތަކެއް. އިންގެލެންޑުން ދެ ފައުލްކޮށްފައިވާ އިރު، ޑެންމާކުން ވެސް ވަނީ ފައުލެއް ކޮށްފައި.

08 Jul 10:01

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިންގްލެންޑާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ އިންގްލެންޑުން ޔޫރޯގެ ސެމީ ފައިނަލް މެޗެއްގައި ވާދަކުރާ ތިންވަނަ ފަހަރު. މީގެ ކުރިން އެޓީމުން ކުޅުނު ސެމީ ފައިނަލް ދެ މެޗުންވެސް ވަނީ ބަލިވެފައި. އިންގްލެންޑުން މީގެ ކުރިން ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފައެއް ނުވޭ. އަނެއްކޮޅުން ނުކުންނަ ޑެންމާކުވެސް ވަނީ މީގެ ކުރިން ތިން ފަހަރަށް ސެމީ ފައިނަލުގައި ކުޅެފައި. އެޓީމުން 1992 ވަނަ އަހަރު ކުޅުނު ސެމީ ފައިނަލުން މޮޅުވެ، އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ނެގި ނަމަވެސް ދެން ކުޅެފައިވާ ދެ ސެމީ ފައިނަލުންވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ.

އެކިއެކި މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަކުގައި އިންގްލެންޑާއި ޑެންމާކު މިހާތަނަށް 23 ފަހަރު ވާދަކޮށްފައިވޭ. އޭގެ ތެރެއިން 13 މެޗެއް އިންގްލެންޑުން ކާމިޔާބު ކޮށްފައިވާ އިރު، ޑެންމާކުން ވަނީ ފަސް މެޗަކުން މޮޅުވެފައި. އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެން. އެންމެފަހުން އިންގްލެންޑާއި ޑެންމާކު ޔޫރޯގައި ކުޅުނީ 1992 ވަނަ އަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި. އެ މެޗު ނިމުނީ އެއްވަރު ވެގެން.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ އިންގްލެންޑުގެ ހޯމް ދަނޑު، ވެމްބްލީގައި.

ދެ ޓީމުވެސް ގައުމީ ރޫހުގައި

ޑެންމާކު

ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމާއެކު އެޓީމަށް ވަނީ އުނދަގޫ ހާލަތެއް ކަނޑައްތު ކުރަން ޖެހިފައި. އެރިކްސަންގެ ހިތަށް އައިސީޑީއެއް ލައްވައި، މިހާރު ރިކަވާވަމުން އަންނަ އިރު، އޭނާއަށްޓަކައި ކުޅެ، ޑެންމާކުން ގްރޫޕް ސްޓޭޖުން ސަލާމަތްވީ އާދަޔާ ހިލާފު ހިތްވަރަކާއެކު. އެ ހާދިސާގެ ސަބަބުން ޑެންމާކުގެ ޓީމަށް އެކުވެރިކަމުގެ އާ ރޫހެއް އައިސްފައިވޭ. އަދި މުޅި ދުނިޔޭގެ އެތައް ބައެއްގެ ލޯބިވެސް ޑެންމާކަށް ލިބުނު. ޑެންމާކު އެކީ މިހާރު އެދެމުންދަނީ އެރިކްސަން އަށްޓަކައި މުބާރާތް ހޯދުމަށް.

އިންގްލެންޑް

އަބަދުވެސް ތަރިން ގިނަ ޓީމެއްގެ ގޮތުގައި އިންގްލެންޑް ފާހަގަވެފައި އޮންނަ ނަމަވެސް، އެޓީމަށް ކާމިޔާބީ ނުހޯދި އޮތުމަކީ ޓީމަށް ކޮންމެ ފަހަރަކުވެސް ކުރިމަތިވާ އެންމެ ބޮޑު ޕްރެޝަރު. މިފަހަރުގެ މުބާރާތުގެ ކުރިން އިންގްލެންޑަށް ޕްރެޝަރު ބޮޑުވި ނަމަވެސް މިހާރު ވަނީ ފޯމު ރަނގަޅުކޮށް އެތައް ބައެއްގެ އިތުބާރު ހޯދައިފައި. އިންގްލެންޑްގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަންނަ އިރު، އެގައުމުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަހަރު މިއީ "އިޓްސް ކަމިން ހޯމް" ގެ ޝިއާރު ކާމިޔާބު ވާނެ ފަހަރު. "ފުޓްބޯލް އިސް ކަމިން ހޯމް" އެގައުމުން ބޭނުންކުރަމުންދަނީ ތާރީހުން ހިތްވަރު ހޯދުމަށް. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ސެމީގައިވެސް އިންގްލެންޑް ކުޅެފައިވާ އިރު، ކޯޗު ސައުތުގޭޓާއި ޓީމުން ތަށްޓެއް ހޯދާނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ. މިއީ އިންގްލެންޑުން ފުރަތަމަ ޔޫރޯ ފައިނަލަކަށް ދާނެ އަހަރު ކަމަށް ސަޕޯޓަރުން ގަބޫލުކުރޭ.