އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ޝަފާޒް އައްޔަންކޮށްފިއެވެ.
އެލައިޑުގެ މެނޭޖިން ޑިރެކްޓަރަކަށް ޝަފާޒް އައްޔަންކުރި އިރު އޭނާ ހުންނެވީ އެލައިޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
އެލައިޑުގެ މެނޭޖިން ޑިރެކްޓަރަކަށް ޝަފާޒް އައްޔަންކުރުމަށް ނިންމާފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
ޝަފާޒް ވަނީ 24 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެލައިޑަށް ހިދުމަތްކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެލައިޑުގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެގްޒެކެޓިކް ޑިރެކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވިއެވެ.