ފުޓުބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރެފައިވާ އިއުލާނެއްގައި ވާގޮތުން މިކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ އެކަކުން 10އަކަށެވެ.
އެފްއޭއެމްގެ އިއުލާންގައި ވާގޮތުން މިކޯހުގެ ބައިވެރީންގެ ތެރެއިން އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރީންގެ އަތުން ފީއެއް ނުނަގާނެއެވެ. ނަމަވެސް 25 އަހަރަށް ވުރެން މަތީ އުމުރުފުރާގެ މީހުން އަތުން ފީއެއް ނަގާނެ ކަމަށް އެފްއޭއެމްގެ އިއުލާންގައި ވެއެވެ.
ފުޓުބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެފްއޭއެމްގެ ކައުންޓަރަށް ހުށަހެޅުމަށް އިއުލާންގައި ވެއެވެ. އަދި ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.