ޔޫރޯ 2020

ޔޫރޯ: އިންގްލެންޑް 4-0 ޔޫކްރެއިން

04 Jul 12:03

މެޗުގެ އުސްއަލިތައް

  • މެޗު ފެށިގެން ފަސް މިނެޓްވެސް ނުވަނީސް ކޭންގެ ގޯލުން އިންގްލެންޑް ލީޑު ނެގި
  • ކުރީކޮޅުގައި އިންގްލެންޑް ގޯލު ޖެހި ނަމަވެސް ޔޫކްރެއިން ނުރައްކާ ކުރި
  • ވޯކާގެ ގޯހެއްގެ ބޭނުން ހިފައި ޔަރެމްޗުކް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރި
  • ޝަޕަރެންކޯ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށް
  • އިންގްލެންޑްގެ ރައިސް ވަނީ ލީޑު ފުޅާކުރުމާ ގާތަށް ޖެހިލައިފައިި، އޭނާގެ ބާރު ހަމަލާ އަމާޒުވީ ޔޫކްރެއިން ގޯލްކީޕަރު ބުސްޗާންއާ ދިމާލަށް
  • ސަންޗޯ ފޮނުވާލި ހަމަލާވެސް މަތަކުރީ ޔޫކްރޭނުގެ ކީޕަރު ބުޝްޗާން
  • ދެވަނަ ހާފްގެ ކުރީކޮޅުގައި އިންގްލެންޑުން ފުލުފުލުގައި ދެ ގޯލް ޖެހި
  • ހެރީ ކޭންއާއި މެގުއާގެ ގޯލްތަކުން އިންގްލެންޑް އުންމީދު އާކުރި
  • އެ ދެ ގޯލަށްވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޝޯ
  • އިންގްލެންޑުގެ ހަތަރުވަނަ ގޯލް ޖެހީ މައުންޓްގެ ކޯނަރަކުން ހެންޑަސަން
  • ކޭން ހެޓްރިކް ހަދަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ބުސްޗާން
  • މިއީ 1996 ވަނަ އަހަރަށްފަހު އިންގްލެންޑް ސެމީއަށް ދިޔަ ފުރަތަމަ ފަހަރު
  • އެޓީމުން ސެމީގައި ނުކުންނާނީ ޑެންމާކާ ދެކޮޅަށް
04 Jul 12:02

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން. ސެމީ ފައިނަލުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ޑެންމާކްއާ ދެކޮޅަށް.

04 Jul 11:34

'74 - ޔޫކްރޭނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން މަކަރެންކޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑްއާ ދިމާއަށް.

04 Jul 11:24

'63 - އިންގްލެންޑުގެ ހަތަރުވަނަ ލަނޑު. މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޖޯޑަން ހެންޑަސަން. މިއީ އިންގްލެންޑަށް ހެންޑަސަން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު.

04 Jul 11:23

'62 - އިންގްލެންޑަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ކޭން ފޮނުވާލި ބާރު ހަމަލާ، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.

04 Jul 11:10

'50 - އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ލޫކް ޝޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކެޕްޓަން ހެރީ ކޭން.

04 Jul 11:06

'46 - އިންގްލެންޑުން ލީޑު ފުޅާކޮށްފި. ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ މެގުއާ.

04 Jul 11:05

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

04 Jul 10:52

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗު ފެށިގެން ފަސް މިނެޓްވެސް ނުވަނީސް ކޭންގެ ގޯލުން އިންގްލެންޑް ލީޑު ނެގި
  • ކުރީކޮޅުގައި އިންގްލެންޑް ގޯލު ޖެހި ނަމަވެސް ޔޫކްރެއިން ނުރައްކާ ކުރި
  • ވޯކާގެ ގޯހެއްގެ ބޭނުން ހިފައި ޔަރެމްޗުކް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރި
  • ޝަޕަރެންކޯ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށް
  • އިންގްލެންޑްގެ ރައިސް ވަނީ ލީޑު ފުޅާކުރުމާ ގާތަށް ޖެހިލައިފައިި، އޭނާގެ ބާރު ހަމަލާ އަމާޒުވީ ޔޫކްރެއިން ގޯލްކީޕަރު ބުސްޗާންއާ ދިމާލަށް
  • ސަންޗޯ ފޮނުވާލި ހަމަލާވެސް މަތަކުރީ ޔޫކްރޭނުގެ ކީޕަރު ބުޝްޗާން
04 Jul 10:50

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެން.

04 Jul 10:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓު.

04 Jul 10:45

'43 - ޔޫކްރޭނުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޝަޕަރެންކޯ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Jul 10:41

'39 - އިންގްލެންޑަށް ފުރުސަތެއް. ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަންޗޯ ފޮނުވާލި ހަމަލާ، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.

04 Jul 10:34

'33 - އިންގްލެންޑްގެ ނުރައްކާތެރި ހަަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެކްލަން ރައިސް ފޮނުވާލި ބާރު ހަމަލާ، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.

04 Jul 10:30

'29 - އިންގްލެންޑަށް ފުރުސަތެއް. ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ބޮލުން ފޮނުވާލި ހަމަލާ، ޔޫކްރޭނުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

04 Jul 10:27

'25 - ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދަނީ އިންގްލެންޑުން. ނަމަވެސް ލަނޑުޖެހުމަށް އިންގްލެންޑަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ. އިންގްލެންޑުން ލަނޑު ޖަހާފައިވަނީ އެޓީމަށް ލިބުނު ހަމައެކަނި ފުރުސަތުން.

04 Jul 10:19

'17 - ޔޫކްރޭނަށް ފުރުސަތެއް. ކައިލް ވޯކާއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޔަރެމްޗުކް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައި.

04 Jul 10:11

އިންގްލެންޑުން ލީޑު ހޯދުމާއެކު ޔޫކްރޭނުން އަންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރަމުން. ޔޫކްރޭނަށް ބޯޅަ ލިބުމާއެކު އިންގްލެންޑުން ފަހަތަށް ޖެހެމުންދާތީ، ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސްކުރަން ޔޫކްރޭނަށް ދަނީ އުނދަގޫތަކެއް ކުރިމަތިވަމުން.

04 Jul 10:08

އިންގްލެންޑުން އެ ލަނޑު ޖަހާފައިވަނީ ޔޫކްރޭނުގެ ހާފުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން ބޯޅަ ގެންގުޅުމަށްފަހު. ޔޫކްރޭނަށް ބޯޅަ ހޯދުމަށް އިންގްލެންޑުން ފުރުސަތެއް ދީފައެއް ނުވޭ.

04 Jul 10:06

'4 - އިންގްލެންޑުން ލީޑު ހޯދައިފި. ސްޓާލިން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭން. މިއީ މި މުބާރާތުގައި އިންގްލެންޑް ކެޕްޓަން ކޭން ކާމިޔާބުކުރި ދެވަނަ ލަނޑު.

04 Jul 10:01

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޔޫކްރޭނުން.

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ޔޫކްރެއިން ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ޔޫކްރެއިންގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗު. އެޓީމުން ދަނީ ގައުމީ ފުޓުބޯޅަ ތާރީހުގެ ތެރެއިން ޖާގަ ހޯދަމުން. އިންގްލެންޑަށް އޮތް އެންމެ ޗެލެންޖަކަށް ވާނީ ޔޫކްރެއިންގެ ގައުމީ ރޫހު. އެގައުމަށް މިއީ ގައުމީ ކަމެއްގެ އިހުސާސް ވަނީ އައިސްފައި. ޔޫކްރެއިންއިން މިހާރު ހިތްވަރު ކުރަމުން ދަނީ ގައުމީ ޖޯޝުގައި.

އިންގްލެންޑުން މިފަހަރުގެ މުބާރާތަށް ނުކުތީ ފުރަތަމަ ފަހަރަށް ޔޫރޯ ހޯދުމަށް. ޒުވާން ސްކޮޑަކާއެކު އެޓީމުން މިހާތަނަށް މުބާރާތުގައި ބަލިވެފައެއް ނުވޭ. އެޓީމު ކޮޅަށް މިހާތަނަށް މުބާރާތުގައި ގޯލެއްވެސް ވަދެފައެއް ނުވޭ. ގަދަ 16 ގައި އިންގްލެންޑުން ވަނީ ވަރުގަދަ ޖަރުމަނު 2-0 އިން ބަލިކޮށްފައި. މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ އިޓަލީގެ ރޯމްގައި.

ސްޓޭޑިއަމްއަށް ނަޒަރެއް

  • ސްޓޭޑިއަމް: ސްޓޭޑިއޯ އޮލިމްޕިކޯ
  • ސަޕޯޓަރުންގެ ޖާގަ: 70،634 މީހުން
  • އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 17،659 މީހުން (25 ޕަސެންޓް)
  • އިޓަލީ ލީގުގެ ރޯމާއާއި ލާޒިއޯއިންވެސް ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް
  • ޔޫރަޕްގެ ކްލަބު މުބާރާތްތަކުގެ ހަތަރު ފައިނަލެއް ކުޅެފައިވާ ސްޓޭޑިއަމެއް
  • ޔޫރޯ 1968 ފައިނަލް، 1990 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައިވާ ސްޓޭޑިއަމް

ދެޓީމުގެ ކޯޗުން

އިންގްލެންޑް
  • ގެރެތު ސައުތުގޭޓް
  • އުމުރު: 50 އަހަރު
  • އިންގްލެންޑް ގައުމީ ޓީމު ކޯޗުކަމުގެ މަގާމަކީ އުނދަގޫ މަގާމެއް ނަމަވެސް ސައުތުގޭޓްގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ތަފާތު ވިސްނުމަކުން ޓީމަށް ހެޔޮ ބަދަލުތަކެއް ގެންނަ މަންޒަރު.
  • ހާއްސަކޮށް ވަކި ޓީމެއްގެ ކުޅުންތެރިޔަކަށް ނުބަލައި، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު ރިސްކް ނަގަން ކެރޭ ކޯޗެއްގެ ގޮތުގައި ސައުތުގޭޓް ފާހަގަ ވެފައިވޭ.
  • 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީއަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީއެއް.
  • ސައުތުގޭޓަކީ ކުރިން އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ކޯޗެއް.
ޔޫކްރެއިން
  • އަންދްރޭ ޝެވްޗެންކޯ
  • އުމުރު: 44 އަހަރު
  • އަންދްރޭ ޝެވްޗެންކޯއަކީ ޔޫކްރޭނުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވުނު މޮޅު ފޯވަޑެއް.
  • ޔޫކްރޭނުން ވާދަކުރި ހަމައެކަނި ވޯލްޑް ކަޕުގައި ކުއާޓާއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޝެވްޗެންކޯ.
  • ވޯލްޑް ކަޕް 2006ގައި ޔޫކްރޭނުގެ ކެޕްޓަން ޝެވްޗެންކޯ ވަނީ ދެ ގޯލު ޖަހައިފައި. އަދި 2004 ވަނަ އަހަރު ބެލެންޑިއޯ އެވޯޑު ވެސް ހޯދި.
  • އިޓަލީގެ އޭސީ މިލާނާއި އިނގިރޭސިވިލާތުގެ ޗެލްސީން ފެނުނު ޝެވްޗެންކޯ ކުޅުން ހުއްޓާލީ 19 އަހަރަށްފަހު 2012 ވަނަ އަހަރު.
  • ޝެވްޗެންކޯ، ޔޫކްރޭނުގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު. އޭނާގެ ކޯޗިން ކެރިޔަރުގައި ފުރަތަމަ ހަވާލުވި ޓީމަކީ ވެސް ޔޫކުރޭން.