ސްޕެއިންގެ އޮޔާޒަބާލްގެ ޕެނަލްޓީ ކާމިޔާބުކޮށްފި. ސްޕެއިން ސެމީ ފައިނަލަށް.
ސްވިޒަލެންޑްގެ ވާގަސްގެ ޕެނަލްޓީ، ގޯލާ އަމާޒުނުވެ ބޭރަށް.
ސްޕެއިންގެ މޮރޭނޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ އަކާންޖީގެ ޕެނަލްޓީ، ސްޕެއިންގެ ކީޕަރު ސިމޮން މަތަކޮށްފި.
ސްޕެއިންގެ ރޮޑްރީގެ ޕެނަލްޓީ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކޮށްފި.
ސްވިޒަލެންޑްގެ ފަބިއަން ޝާގެ ޕެނަލްޓީ، ސްޕެއިންގެ ކީޕަރު ސިމޮން މަތަކޮށްފި.
ސްޕެއިންގެ އޮލްމޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ ގަވްރަނޮވިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްޕެއިންގެ ކެޕްޓަން ބުސްކެޓްސް ފޮނުވާލި ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް. ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު.
އިތުރު ވަގުތުގެ ދެވަނަ ހާފު ވެސް ނިންމާލައިފި. ދެ ޓީމު 1-1ގެ ނަތީޖާއަކުން އެއްވަރު. ދެން ނަތީޖާ ނެރޭނީ ޕެނަލްޓީން.
'118 - ސްޕެއިނަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މޮރޭނޯ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ސްވިޒަލެންޑުން ވަރަށް ބޮޑަށް ފަހަތަށް ޖެހި، ފެންނަނީ ޑިފެންސިވް ކުޅުމެއް.
'111 - ސްޕެއިނަށް އިތުރު ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑްގެ ކީޕަރު ސޮމާގެ އަތަށް.
'110 - ސްޕެއިނަށް ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ޑިފެންޑަރު ރޮޑްރިގޭޒް ވަނީ ބްލޮކްކޮށްފައި.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'105+1 - ސްޕެއިނަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އޮޔާޒަބަލް ފޮނުވާލި ހަމަލާ ސްވިޒަލެންޑް ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
'103 - ކީޕަރު ސޮމާގެ އިތުރު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ އޮޔާޒަބަލް ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'101 - ސްވިޒަލެންޑްގެ ކީޕަރު ސޮމާގެ މޮޅު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރޮޑްރިގޭޒް ދިފާއުކުރުމާއެކު ލިބުނު ބޯޅައިން ހުސްކޮށް ހުރެ ސްޕެއިން ފޯވަޑް މޮރޭނާ ފޮނުވާލި ހަމަލާ، ކީޕަރު ސޮމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'99 - ސްޕެއިނަށް ފުރުސަތެއް. އޮޔާޒަބަލް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރޭނޯ ބޮލުން ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'95 - ސްޕެއިނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން އަލްބާ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
'92 - ސްޕެއިނަށް ހުސް ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ މޮރޭނާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.
ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ 15 މިނެޓުގެ ދެ ހާފު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'84 - ސްޕެއިނަށް ފުރުސަތެއް. ޕެޑްރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރޭނޯ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑްގެ ކީޕަރު ސޮމާގެ އަތަށް.
'77 - މޮރޭނޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ފްރެއުލާއަށް ރަތް ކާޑެއް.
'76 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ވިޑްމާ ވަނީ ބްލޮކްކޮށްފައި.
'68 - ސްވިޒަލެންޑުން ނަތީޖާ ހަމަހަަމަކޮށްފި. ފްރެއުލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޝަކީރީ.
'64 - ސްވިޒަލެންޑުގެ ނުރައްކާތެރި ހަމަލާއެއް. ވާގަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒޫބާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަތަކޮށްފައި.
'59 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ހިލޭ ޖެހުމަކުން ކޮކޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ސެފެރޮވިޗް ވަނީ ބްލޮކްކޮށްފައި.
ކޯނަރުތަކުން ސްވިޒަލެންޑް ފެންނަނީ ވަރަށް ނުރައްކާކޮށް.
'56 - ސްވިޒަލެންޑަށް ރަނގަޅު ފުރުސަތެއް. ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޒަކަރިއާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'51 - ސްޕެއިނަށް ފުރުސަތެއް. އޮލްމޯ ނަގައިދިން ހުރަހަކުން ސްވިޒަލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮކޭ ބޮލުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.
'49 - ފެރާން ޓޮރޭސް ދިން ބޯޅަ، ސްވިޒަލެންޑްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރި މޮރާޓާއަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި.
'47 - ސްޕެއިންގެ ހަމަލާއެއް. އޮފްސައިޑް މަގާމެއްގައި ހުރި މޮރާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.
އެހެން މެޗުތަކާ ހިލާފަށް މި މެޗުގައި ސްޕެއިންގެ އަތުން ފަސޭހައިން ބޯޅަ ގެއްލޭކަން ފާހަގަކޮށްލެވޭ. ސްޕެއިން ކައިރީ ސްވިޒަލެންޑްގެ ކުޅުން ރަނގަޅު.
'39 - ސްވިޒަލެންޑަށް އިތުރު ފުރުސަތެއް. ޝަކީރީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވިޑްމާ ބޮލުން ފޮނުވާލި ހަމަލާވެސް ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'34 - ސްވިޒަލެންޑަށް ފުރުސަތެއް. ޝަކީރީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަކާންޖީ ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
26' ކޮކޭގެ ކޯނަރު އަޒްޕިލިކުއެޓާ ބޮލުން ގޯލަށް އަމާޒުކޮށްލި ނަމަވެސް ބޯޅައިގައި މާ ބޮޑު ބާރެއް ނެތް. ސްވިޒަލޭންޑް ގޯލްކީޕަރު ސޮމާއަށް ފަސޭހަ ސޭވްއެއް.
23' ސްވިޒަލޭންޑްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އެމްބޯލޯއަށް އަނިޔާވެ، އޭނާ ބާލަން ޖެހުމުން ބަދަލުގައި ކުޅެން އެރީ ވާގަސް.
21' ފެރާން ޓޮރޭސްގެ ނުރައްކާތެރި ހުރަހެއް، ސްޕެއިން ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން އޭރިއާ ތެރެއިން ސްވިޒަލޭންޑް ޑިފެންޑަރު ވަނީ ބްލޮކްކޮށްފައި.
'17 - ސްޕެއިނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ކޮކޭ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.
'8 - ސްޕެއިނުން ލީޑު ނަގައިފި. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޒަކަރިއާގެ ފައިގައި ޖެހި ބައިކޮޅަށް.
ސްޕެއިނުން ކުޅެނީ އެޓީމުގެ ރަސްމީ ކުޅުން. ސްޕެއިނުން ކުރިއަށް ޖެހި، ޕާސިން ގޭމެއް ކުޅެމުން އަންނަ އިރު، ސްވިޒަލެންޑުން ފެންނަނީ ޑިފެންސިވް ކުޅުމެއް.
'2 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޝަކީރީ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.
މިއަދުގެ މެޗަށް ނުކުތް އިރު، ސްވިޒަލެންޑްގެ ކެޕްޓަން ޖަކާ ހުރީ ސަސްޕެންޝަނުގައި. އޭނާގެ ބަދަލުގައި މި މެޗުގައި ސްވިޒަލެންޑްގެ ކެޕްޓަންކަމުގެ ދައުރު އަދާކުރަނީ ޒާޑަން ޝަކީރީ.
ޔޫރޯ 2020 ގެ ކުއާޓާ ފަައިނަލުގައި ސްޕެއިންއާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޔޫރޯ 2020 ގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗު. ސްޕެއިން ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ކުޅުނު ފޯރިގަދަ މެޗުގައި ކްރޮއޭޝިއާ ބަލިކޮށްފައި. މެޗުގައި އަށް ގޯލު ފެނިގެން ދިޔައިރު ސްޕެއިން މެޗުން މޮޅުވީ 5-3 ގެ ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑް ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައި. މެޗުން ސްވިޒަލޭންޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.