މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ޔޫކްރޭން ކުރީގައި އޮވެގެން. ކުއާޓާގައި ޔޫކްރޭން ނުކުންނަން ޖެހޭނީ އިންގްލެންޑާ ދެކޮޅަށް.
'120+1 - ޔޫކްރޭނުން ލީޑު ހޯދައިފި. ޒިންޗެންކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޮވްބީކް.
'117 - ޔޫކްރޭނަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މަލިނޯވްސްކީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'116 - ސްވިޑެންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޒިންޗެންކޯ ފޮނުވާލި ހަމަލާ، ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކުވެއްޖެ.
'110 - ޔޫކްރޭނަށް ހުސް ފުރުސަތެއް. މަލިނޯވްސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑޮވްބީކް ފޮނުވާލި ހަމަލާ، ސްވިޑެންގެ ކީޕަރު އޮލްސެން ވަނީ މަތަކޮށްފައި. ޑޮވްބީކް ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. މި ހާފު ނިމުނު އިރުވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު.
'105+3 - ސްވިޑެނަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ފޯސްބާގް ފޮނުވާލި ހަމަލާ، ޔޫކްރޭނުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ވީއޭއާރަށް ބެލުމަށްފަހު، ރެފްރީ ވަނީ ސްވިޑެންގެ ޑިފެންޑަރު ޑެނިއަލްސަނަށް ދެއްކި ރީނދޫ ކާޑު ކެންސަލްކޮށް ރަތް ކާޑެއް ދައްކާފައި.
'98 - ބެސެޑިންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑެނިއެލްސަނަށް ރީނދޫ ކާޑެއް.
'98 - ބެސެޑިންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑެނިއެލްސަނަށް ރީނދޫ ކާޑެއް.
އިތުރު ވަގުތުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފައިގެން ކުޅެމުންދިޔައީ ޔޫކްރޭނުން. ނަމަވެސް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ 15 މިނެޓުގެ ދެ ހާފު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'89 - ސްވިޑެނަށް ރަނގަޅު ފުރުސަތެއް. އެކްޑަލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކުލުސެވްސްކީ ފޮނުވާލި ހަމަލާ، ޔޫކްރޭނުގެ ޑިފެންޑަރު ޒަބާނީ ވަނީ ބްލޮކްކޮށްފައި.
ދެވަނަ ހާފުގެ ފަހު ދިހަ މިނެޓުގެ ކުޅުމަށް ދިޔަ އިރު، ދެ ޓީމުގެ ފަރާތުން ވެސް މި ހާފުގައި ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެއް.
'69 - ސްވިޑެނަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ފޯސްބާގް ފޮނުވާލި ހަމަލާ އަމާޒުވީ ޔޫކްރޭން ގޯލުގެ ހުރަސް ދަނޑިއަށް.
'67 - ޔޫކްރޭނަށް ރަނގަޅު ފުރުސަތެއް. ޔަރެމްޗުކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔާމަލެންކޯ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޑެން ކީޕަރު އޮލްސެންއާ ދިމާއަށް.
'66 - ސްވިޑެންއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކުލުސެވްސްކީ ފޮނުވާލި ހަމަލާ، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.
'56 - ސްވިޑެންއަށް ހުސް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އިސާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޯސްބާގް ފޮނުވާލި ހަމަލާ އަމާޒުވީ ޔޫކްރޭން ގޯލުގެ އަރިމަތީ ދަނޑިއަށް.
'55 - ޔޫކްރޭނަށް ރަނގަޅު ފުރުސަތެއް. ޔާމަލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސީޑޯޗުކް ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިއަށް.
'54 - ސްވިޑެންއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ލާސަން ފޮނުވާލި ހަމަލާ ދިޔައީ ޔޫކްރޭން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'49 - ޔާމަލެންކޯ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ޔަރެމްޗުކްއަށް ލިބުމުގެ ކުރިން ސްވިޑެންގެ ޑިފެންޑަރެއް ދިފާއުކޮށްފި.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
މިއީ މި މުބާރާތުގައި ފޯސްބާގް ޖެހި ހަތަރުވަނަ ލަނޑު.
'43 - ސްވިޑެނުން ނަތީޖާ ހަމަހަަމަކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ސްވިޑެނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފޯސްބާގް. އޭނާގެ ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޔޫކްރޭނުގެ ޑިފެންޑަރު ޒަބާނީ ގައިގައި ޖެހިފައި.
ޔޫކްރޭނުގެ ގޯލަށް ފަހު، ސްވިޑެނުން އަންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް ޔޫކްރޭނުގެ ޑިފެންސް ފެންނަނީ ވަރަށް ވަރުގަދަކޮށް.
'32 - ޔޫކްރޭނަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޔާމަލެންކޯ ފޮނުވާލި ހަމަލާ ދިޔައީ ސްވިޑެން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'29 - ސްވިޑެންއަށް ރަނގަޅު ފުރުސަތެއް. ލާސަން ފޮނުވާލި ހިލޭ ޖެހުން، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ވަނީ މަތަކޮށްފައި.
'27 - ޔޫކްރޭނުން ލީޑު ހޯދައިފި. ޔާމަލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ޔޫކްރޭނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޒިންޗެންކޯ.
'19 - ސްވިޑެންއަށް ރަނގަޅު ފުރުސަތެއް. ކުލުސެވްސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިސާކް ފޮނުވާލި ހަމަލާ ވެސް ޔޫކްރޭނުގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'18 - ކުލުސެވްސްކީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޯސްބާގް ބޮލުން ފޮނުވާލި ހަމަލާ، ޔޫކްރޭންގެ ގޯލާ އަމާޒެއް ނުވި.
މެޗުގެ ކުރީކޮޅުގައި ސްވިޑެން ނުރައްކާކޮށް ފެނުނު ނަމަވެސް، މިހާރު ނުރައްކާކޮށް ފެންނަނީ ޔޫކްރޭން.
'11 - ޔޫކްރޭނަށް ރަނގަޅު ފުރުސަތެއް. ޔާމަލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޔަރެމްޗުކް ފޮނުވާލި ހަމަލާ، ސްވިޑެންގެ ކީޕަރު އޮލްސެން ވަނީ މަތަކޮށްފައި.
'9 - ޔޫކްރޭނުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޝަޕަރެންކޯ ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒު ނުވެ ބޭރަށް.
'7 - ސްވިޑެންއަށް ކައިރިކައިރީގައި ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ފޯސްބާގް ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، ރީބައުންސް ބޯޅައިން ކުލުސެވްސްކީ ފޮނުވާލި ހަމަލާވެސް ވަނީ ބްލޮކްވެފައި.
'4 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޯސްބާގް ހަމަލާއެއް ފޮނުވައިލުމުގެ ކުރިން، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން ބޯޅައި ހޯދައިފި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޔޫކްރޭނުން.
ޔޫރޯ 2020 ގެ ގަދަ 16 ގައި ޔޫކްރެއިނާއި ސްވިޑެން ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!
މިރޭގެ މެޗުގައި ވާދަކުރާ ޔޫކްރެއިން ގަދަ 16 އަށް ނުކުތީ ގްރޫޕް ސީގެ ތިންވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ނޯތު މެސަޑޯނިއާ ބަލިކޮށްފައި. ނެދަލޭންޑްސް ކައިރިންވެސް ހިތްވަރުކޮށް ބަލިވީ ކުޑަ ތަފާތަކުން. އޮސްޓްރިއާ އަތުންވެސް ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ސްވިޑެން ގަދަ 16 އަށް ދިޔައީ ސްޕެއިންއާއެކު ގްރޫޕް އީގައި ކުޅެ ގްރޫޕްގެ އެއްވަނަ ހޯދައިގެން. އެޓީމުން ގަދަ 16 ގައި ބަލިވެފައެއް ނުވޭ. ސްޕެއިންއާ އެއްވަރުކޮށް، ސްވިޑެންއިން ވަނީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ސްލޮވޭކިއާ ބަލިކޮށްފައި.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ގްލަސްގޯގެ ހެމްޕްޑެން ޕާކަށް.
1945 ވަނަ އަހަރުން ފެށިގެން އައިސް 1950 ގެ ފަހުކޮޅާ ޖެހެންދެން ސްވިޑެން އޮތީ ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ މިހާތަނަށް 12 ފަހަރެއްގެ މަތީން ވޯލްޑް ކަޕުގައި ވާދަކޮށްފައި. 1958 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައިވެސް ސްވިޑެން ކުޅެފައިވޭ.
ސްވިޑެންއިން ޔޫރޯގައި މިހާތަނަށް ވާދަކޮށްފައިވަނީ ހަ ފަހަރެއްގައި. ފުރަތަމަ އެ މުބާރާތުގައި ވާދަކުރި އަހަރު ކަމަށްވާ 1992 ވަނަ އަހަރު އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުން އެއީ އެޓީމަށް ޔޫރޯގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ. ސްވިޑެން އިން ޔޫރޯއަށް ނުކުންނަން ޖެހޭނީ އަނިޔާގައި ހުރި ޓީމުގެ ލެޖެންޑް، ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް ނުލައި. ރިޓަޔާމަންޓުން އެނބުރި އައިސް ޔޫރޯއަށް ތައްޔާރުވި ނަމަވެސް އޭނާއަށް ނަސީބު އެހީއެއް ނުވި.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ސްވިޑެން 0-0 ސްޕެއިން
ސްވިޑެން 1-0 ސްލޮވޭކިއާ
ސްވިޑެން 3-2 ޕޮލެންޑް
ޔޫކްރޭނަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ބޮޑު ތާރީހެއް އޮތް ޓީމެއް ނޫން. އެ ޓީމުން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ފަހަރަކު. ނަމަވެސް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 2006ގައި ވާދަކޮށް އެޓީމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި. ޔޫރޯއަށް ވެސް ޔޫކްރޭން ކޮލިފައިވީ ދެ ފަހަރު. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް އެޓީމު މުބާރާތުން ޖާގަ ހޯދި. ޔޫރޯ 2012، ޔޫރޯ 2016ގައި ވެސް ޔޫކްރޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުން.
މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ޔޫކްރޭނުން ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައި. ކޮލިފައިންގައި އެޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗަކުން ވަނީ މޮޅުވެފައި. އަދި އަނެއް މެޗު ނިމިގެންދިޔައީ އެއްވަރުވެގެން.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ޔޫކްރެއިން 2-3 ނެދަލޭންޑްސް
ޔޫކްރެއިން 2-1 ނޯތު މެސަޑޯނިއާ
ޔޫކްރެއިން 0-1 އޮސްޓްރިއާ