ޔޫރޯ 2020

ޔޫރޯ: ސްޕެއިން 5-3 ކްރޮއޭޝިއާ

29 Jun 09:36

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި މެޗުގެ ކޮންޓްރޯލް އޮތީ ސްޕެއިން އަތުގައި
  • ރީތި ޕާސްތައް ޖަހައި ހަމަލާތައް އުފެއްދި ސްޕެއިނަށް މެޗުގެ ކުރީކޮޅުގައި ފުރުސަތުތައް ލިބުނު
  • ކޮކޭއަށް ލިބުނު ހުސް ފުރުސަތު އޭނާ ބޭކާރު ކޮށްލިއިރު، މޮރާޓާވެސް ވަނީ މުހިއްމު ފުރުސަތެއް ބޭކާރު ކޮށްލާފައި
  • ކްރޮއޭޝިއާއަށް ލީޑު ލިބުނީ ސްޕެއިންގެ ކީޕަރު ސިމޮންގެ ބޮޑު ގޯހަކުން
  • ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ، ކީޕަރު ސިމޮން ކޮންޓްރޯލް ކުރަން އުޅެނިކޮށް ވަނީ ބައިކޮޅަށް
  • ސްޕެއިންއިން ހާފްގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރި
  • ސްޕެއިންއަށް ގޯލު ޖަހައިދިނީ ސަރާބިއާ
  • ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ސްޕެއިން، ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ ވަނީ ސްޕެއިން އަށް ލީޑު ނަގައިދީފައި
  • އޭގެ ފަހުން ސްޕެއިންގެ ލީޑު ފުޅާކުރީ ފެރަން ޓޮރެސްގެ ގޯލުން
  • ސްޕެއިންއިން ވަރަށް ބޮޑަށް މެޗު ކޮންޓްރޯލް ކުރި ނަމަވެސް ކްރޮއޭޝިއާއިން ފަހުކޮޅުގައި ގޯލެއް ޖަހައި އުންމީދެއް ހޯދި
  • އެ ގޯލު ޖަހަައިދިނީ އޯސިޗް
  • އޯސިޗްގެ ގޯލާއެކު ކްރޮއޭޝިއާއިން އުންމީދު އާކޮށް އެޓީމުން އެއްވަރުކުރީ އިތުރު ވަގުތުގައި
  • ޕަސަލިޗްގެ ގޯލާއެކު މެޗު ދިޔައީ އިތުރު ވަގުތަށް
  • އިތުރު ވަގުތު ފެނިގެން ދިޔައީ ފޯރި ގަދަކޮށް
  • ފުރަތަމަ ހާފުގެ ކުރީކޮޅުގައި ކްރޮއޭޝިއާގެ ދެ ހަމަލާއެއް ބޭކާރުވި
  • ދެން ފެނުނީ ސްޕެއިން ފުލުފުލުގައި ދެ ގޯލު ޖެހި ތަން، ގޯލުތައް ޖެހީ މޮރާޓާއާއި އޮޔަރްޒަބަލް
  • އޭގެ ފަހުންވެސް އޮލްމޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި
  • ސްޕެއިންއިން ކުއާޓާގައި ކުޅެން ޖެހޭނީ ފްރާންސް ނޫނީ ސްވިޒަލޭންޑާ ދެކޮޅަށް
29 Jun 09:34

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 5-3ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން. ސްޕެއިން ދެން ކުރިމަތިލާނީ ކުއާޓާ ފައިނަލުގައި.

29 Jun 09:33

'120 - ސްޕެއިނަށް ފުރުސަތެއް. އޮޔަރްޒަބަލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށް. ރީބައުންސް ބޯޅައިން އޮޔަރްޒަބަލް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޑިފެންޑަރެއް ވަނީ ބްލޮކްކޮށްފައި.

29 Jun 09:29

'116 - ސްޕެއިނަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މޮރާޓާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ވަނީ މަތަކޮށްފައި.

29 Jun 09:27

ސްޕެއިނުން އަދިވެސް އަންނަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ކްރޮއޭޝިއާގެ ގޯލަށް އިތުރަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

29 Jun 09:19

''106 - ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ބުޑިމިއާ ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

29 Jun 09:18

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

29 Jun 09:15

އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިންމާލައިފި. ހާފު ނިމިގެންދިޔައީ 5-3ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.

29 Jun 09:15

'105+1 - ސްޕެއިނަށް ފުރުސަތެއް. ކްރޮއޭޝިއާގެ ޑިފެންޑަރެއް އަތުން ބޯޅަ އަތުލައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މޮރާޓާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ކްރޮއޭޝިއާ ޑިފެންޑަރު ވިޑާ ވަނީ އެ ބޯޅަ ހޯދާފައި.

29 Jun 09:12

'103 - ސްޕެއިނުން ލީޑު ފުޅާކޮށްފި. އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮޔަރްޒަބަލް.

29 Jun 09:12

'103 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރަމަރިޗް ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިންގެ ކީޕަރު ސިމޮންގެ އަތަށް.

29 Jun 09:09

'100 - ސްޕެއިނުން އަލުން ލީޑު ހޯދައިފި. އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މޮރާޓާ.

29 Jun 09:06

'97 - ސްޕެއިނަށް ފުރުސަތެއް. އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ޑިފެންޑަރު ކަލެޓާ ކާ ވަނީ ބްލޮކްކޮށްފައި.

29 Jun 09:04

'96 - ސްޕެއިންގެ ކީޕަރު ސިމޮންގެ މޮޅު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކްރަމަރިޗް ފޮނުވާލި ހަމަލާ، ކީޕަރު ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

29 Jun 09:01

'92 - ކްރޮއޭޝިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން އޯސިޗް ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

29 Jun 08:59

އިތުރު ވަގުތުގެ ފުރަތަމަ ހާފު ފަށައިފި.

29 Jun 08:56

ދެވަނަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި މެޗުގެ ކޮންޓްރޯލް އޮތީ ސްޕެއިން އަތުގައި
  • ރީތި ޕާސްތައް ޖަހައި ހަމަލާތައް އުފެއްދި ސްޕެއިނަށް މެޗުގެ ކުރީކޮޅުގައި ފުރުސަތުތައް ލިބުނު
  • ކޮކޭއަށް ލިބުނު ހުސް ފުރުސަތު އޭނާ ބޭކާރު ކޮށްލިއިރު، މޮރާޓާވެސް ވަނީ މުހިއްމު ފުރުސަތެއް ބޭކާރު ކޮށްލާފައި
  • ކްރޮއޭޝިއާއަށް ލީޑު ލިބުނީ ސްޕެއިންގެ ކީޕަރު ސިމޮންގެ ބޮޑު ގޯހަކުން
  • ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ، ކީޕަރު ސިމޮން ކޮންޓްރޯލް ކުރަން އުޅެނިކޮށް ވަނީ ބައިކޮޅަށް
  • ސްޕެއިންއިން ހާފްގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރި
  • ސްޕެއިންއަށް ގޯލު ޖަހައިދިނީ ސަރާބިއާ
  • ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ސްޕެއިން، ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ ވަނީ ސްޕެއިން އަށް ލީޑު ނަގައިދީފައި
  • އޭގެ ފަހުން ސްޕެއިންގެ ލީޑު ފުޅާކުރީ ފެރަން ޓޮރެސްގެ ގޯލުން
  • ސްޕެއިންއިން ވަރަށް ބޮޑަށް މެޗު ކޮންޓްރޯލް ކުރި ނަމަވެސް ކްރޮއޭޝިއާއިން ފަހުކޮޅުގައި ގޯލެއް ޖަހައި އުންމީދެއް ހޯދި
  • އެ ގޯލު ޖަހަައިދިނީ އޯސިޗް
  • އޯސިޗްގެ ގޯލާއެކު ކްރޮއޭޝިއާއިން އުންމީދު އާކޮށް އެޓީމުން އެއްވަރުކުރީ އިތުރު ވަގުތުގައި
  • ޕަސަލިޗްގެ ގޯލާއެކު މެޗު ދިޔައީ އިތުރު ވަގުތަށް
29 Jun 08:54

ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން. ނަތީޖާ ނެރުމަށް ދެން ކުޅޭނީ 15 މިނެޓުގެ ދެ ހާފު.

29 Jun 08:51

'90+2 - ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަަމަކޮށްފި. އޯސިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ކޮރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޕަސަލިޗް.

29 Jun 08:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

29 Jun 08:44

'85 - ކްރޮއޭޝިއާ އިން ލީޑު ހަނިކޮށްފި. ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޯސިޗް. ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ފުރަތަމަ ހަމަލާ ގޯލު ލައިން މަތިން އަޒްޕިލިކުއެޓާ ދިފާއުކުރި ނަމަވެސް، ރީބައުންސް ބޯޅައިން އޯސިޗް ވަނީ ލަނޑު ކާމިޔާބުކޮށްފައި. އޯސިޗްގެ ހަމަލާ ކީޕަރު ސިމޮން ދިފާއުކުރި ނަމަވެސް، އެ ބޯޅަ ވަނީ ގޯލު ލައިން ހުރަސްކޮށްފައި.

29 Jun 08:42

'84 - ސްޕެއިނަށް ފުރުސަތެއް. ބުސްކެޓްސް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ވަނީ މަތަކޮށްފައި.

29 Jun 08:35

'76 - ސްޕެއިނުން ލީޑު ފުޅާކޮށްފި. ހިލޭ ޖެހުމަކުން އަމިއްލަ ހާފުގެ ތެރެއިން ޕައު ޓޮރޭސް ދިން ބޯޅައަކުން ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓްރޭސް.

29 Jun 08:30

'72 - ފެރާން ޓޮރޭސްގެ ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ، ކްރޮއޭޝިއާ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

29 Jun 08:27

66' ސްޕެއިން ކީޕަރު ސިމޮންގެ މޮޅު ސޭވްއެއް. ވާޑިއޮޓް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އޭނާ މަތަކުރީ ހުޝިޔާރު ކަމާއެކު.

29 Jun 08:23

ސްޕެއިނުން ފަހަތުން އަރައި ލީޑު ނަގައިފައިވާ އިރު، އެޓީމުން އަދިވެސް އަންނަނީ ޕާސްތައް ގިނަކޮށް މެޗު ކޮންޓްރޯލް ކުރަމުން.

29 Jun 08:16

57' ސްޕެއިން އިން ފަހަތުން އަރައި ލީޑު ނަގައިފި. ފެރަން ޓޮރެސް އަރިމަތިން ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލީ ޗެލްސީއަށް ކުޅެމުން އަންނަ ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު.

29 Jun 08:11

51' ސްޕެއިންއަށް ރަނގަޅު ފުރުސަތެއް. އަރިމަތިން ފެރަން ޓޮރެސް ނަގައިދިން ހުރަހަށް އަޒްޕިލިކުއެޓާ އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ކްރޮއޭޝިއާ ގޯލްކީޕަރު އަތަށް.

29 Jun 08:10

ސްޕެއިން އިން ދެވަނަ ހާފުވެސް ފެށީ އެޓޭކިން ކުޅުމަކާއެކު. މިހާތަނަށް ދެ ހުރަހެއް ނުރައްކާކޮށް ފާހަގަކޮށްލެވުނު ނަމަވެސް އޭރިއާ ތެރެއިން ކްރޮއޭޝިއާއިން ވަނީ ދެ ހުރަސްވެސް މަތަކޮށްފައި.

29 Jun 08:03

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

29 Jun 07:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކޮންޓްރޯލް އޮތީ ސްޕެއިން އަތުގައި
  • ރީތި ޕާސްތައް ޖަހައި ހަމަލާތައް އުފެއްދި ސްޕެއިނަށް މެޗުގެ ކުރީކޮޅުގައި ފުރުސަތުތައް ލިބުނު
  • ކޮކޭއަށް ލިބުނު ހުސް ފުރުސަތު އޭނާ ބޭކާރު ކޮށްލިއިރު، މޮރާޓާވެސް ވަނީ މުހިއްމު ފުރުސަތެއް ބޭކާރު ކޮށްލާފައި
  • ކްރޮއޭޝިއާއަށް ލީޑު ލިބުނީ ސްޕެއިންގެ ކީޕަރު ސިމޮންގެ ބޮޑު ގޯހަކުން
  • ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ، ކީޕަރު ސިމޮން ކޮންޓްރޯލް ކުރަން އުޅެނިކޮށް ވަނީ ބައިކޮޅަށް
  • ސްޕެއިންއިން ހާފުގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރި
  • ސްޕެއިނަށް ގޯލު ޖަހައިދިނީ ސަރާބިއާ
29 Jun 07:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

29 Jun 07:38

'38 - ސްޕެއިނުން ނަތީޖާ ހަމަހަމަކޮށްފި. ގަޔާ ފޮނުވާލި ހަމަލާއެއް ސްޕެއިންގެ ކީޕަރު ލިވަކޮވިޗް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ސްޕެއިނަށް ނަތީޖާ ހަމަހަަމަކޮށްދިނީ ސަރާބިއާ. ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާ ކުޅުންތެރިންނަށް ވަނީ ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވިފައި.

29 Jun 07:26

'26 - ކްރޮއޭޝިއާއަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ކޮވަޗިޗް ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

29 Jun 07:25

'24 - ކްރޮއޭޝިއާއަށް ފުރުސަތެއް. މޮޑްރިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވްލަސިޗް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

29 Jun 07:21

'20 - ކްރޮއޭޝިއާއަށް ލީޑު ލިބިއްޖެ. ސްޕެއިންގެ ކީޕަރު ސިމޮންގެ ބޮޑު ގޯހެއް. ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ، ކީޕަރު ސިމޮންގެ ފައިގައި ޖެހި، އަމިއްލަ ގޯލުގެ ތެރެއަށް ވަނީ ވަދެފައި.

29 Jun 07:19

'19 - ސްޕެއިނަށް އިތުރު ފުރުސަތެއް. ފެރާން ޓޮރޭސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޑިފެންޑަރު ވިޑާ ވަނީ ބްލޮކްކޮށްފައި.

29 Jun 07:18

'16 - ސްޕެއިނަށް ހުސް ފުރުސަތެއް. ޕެޑްރީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކޮކޭ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައި. ކޮކޭއަށް ބޯޅަ ފޮނުވައިލެވުނީ ކީޕަރު ލިވަކޮވިޗްއާ ދިމާއަށް.

29 Jun 07:13

'13 - ސްޕެއިނަށް ފުރުސަތެއް. މޮރާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަރާބިއާ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

29 Jun 07:10

'9 - ކޮކޭ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަޒްޕިލިކުއެޓާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗްގެ އަތަށް.

29 Jun 07:09

މި މެޗުގައި ވެސް ސްޕެއިނުން ކުޅެނީ އެޓީމުގެ ރަސްމީ ކުޅުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އަންނަނީ ސްޕެއިނުން. ކްރޮއޭޝިއާގެ ފަރާތުން ފެންނަނީ ޑިފެންސިވް ކުޅުމެއް. މި މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ސްޕެއިންއާ ދެކޮޅަށް ނުކުތް ތިން ޓީމުގެ ފަރާތުން ވެސް ފެނުނީ ޑިފެންސިވް ކުޅުމެއް. އެކަމާ ގުޅިގެން ސްޕެއިނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި.

29 Jun 07:06

'6 - ފެރާން ޓޮރޭސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކޮކޭއަށް ރަނގަޅަށް ފޮނުވައިލެވޭ ގޮތެއް ނުވި.

29 Jun 07:02

'2 - ލަޕޯޓް ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ހޯދައިފި.

29 Jun 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.

29 Jun 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ސްޕެއިނުން.

ޔޫރޯ 2020 ގެ ގަދަ 16 ގައި ސްޕެއިންއާއި ކްރޮއޭޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ކްރޮއޭޝިއާއަކީ އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު. އެޓީމުގެ ރަން ޖީލާއެކު މިފަހަރުގެ ޔޫރޯއަށް ތައްޔާރުވީ ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރު ކުރުމަށް. ގްރޫޕް ސްޓޭޖުގައި ވާދަކުރީ ގްރޫޕް ޑީގައި. ކްރޮއޭޝިއާއަކީ ގްރޫޕްގެ ދެވަނައިގެ ގޮތުގައި ގަދަ 16 އަށް ދިޔަ ޓީމެއް. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑް ބަލިކޮށް، ޗެކު ރިޕަބްލިކާ އެއްވަރު ކޮށްފައި. ކްރޮއޭޝިއާ ބަލިވީ އިންގްލެންޑް އަތުން އެކަނި.

ސްޕެއިންއަކީ ޔޫރޯ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު. އެޓީމުން މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރު. ސްޕެއިނަށް ގްރޫޕް ސްޓޭޖުގައި އުނދަގޫތަކެއް ދިމާވި. އެޓީމުން ތިން މެޗުގެ ތެރެއިން މޮޅުވެވުނީ ފަހު މެޗުގައި އެކަނި.

މިރޭގެ މެޗު އޮންނާނީ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި.

ދެޓީމުގެ ޔޫރޯ ތާރީހާއި ބައެއް މުހިއްމު މައުލޫމާތު

ސްޕެއިން

1964 ވަނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ކާމިޔާބު ކުރުމުގެ އިތުރުން 1984 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ސްޕެއިންއިން ހޯދި. ސްޕެއިންގެ އިތުރު ކާމިޔާބީތައް ފެށުނީ 2000 ގެ އަހަރުތަކުގައި. ސްޕެއިންގެ ކްލަބުތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކާއެކު ސްޕެއިން ޓީމު ވަރުގަދަވި. ނަތީޖާއެއްގެ ގޮތުން އެގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބު ކޮށްފައި.

ސްޕެއިންއިން ވަނީ މިހާތަނަށް ބޭއްވި 15 ޔޫރޯގެ ތެރެއިން 10 ޔޫރޯއެއްގައި ވާދަކޮށްފައި. މުބާރާތުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދާފައިވާ އިރު، އޭގެ ތެރެއިން ދެ ތަށްޓަކީ ސްޕެއިން ރަން ޖީލުގައި ހޯދި ދެ ތަށި. 2007 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން 2009 ވަނަ އަހަރު ޖޫން މަހާ ހަމައަށް އެއްވެސް މެޗަކުން ބަލި ނުވެ 35 މެޗު ސްޕެއިންގެ ގައުމީ ޓީމުން ހަމަކުރި އިރު، އެއީ ރެކޯޑެއް. އެ ރެކޯޑު މިވަގުތު އޮތީ ބްރެޒިލާއި ސްޕެއިން އަތުގައި އެކަނި. 2016 ވަނަ އަހަރުގެ ޔޫރޯއިން ސްޕެއިން ކެޓީ ގަދަ 16 އިން. މި ފަހަރުގެ މުބާރާތަށް ސްޕެއިން އިން ނެރުނީ ޒުވާން ޓީމެއް.

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ސްޕެއިން 0-0 ސްވިޑެން
ސްޕެއިން 1-1 ޕޮލެންޑް
ސްޕެއިން 5-0 ސްލޮވޭކިއާ

ކްރޮއޭޝިއާ

ކްރޮއޭޝިއާ ޔޫރޯގައި ފުރަތަމަ ކުޅުނު އަހަރުން ފެށިގެން ބަރާބަރަށް ކޮލިފައިވަމުން އައިސްފައިވީ ނަމަވެސް 2000 ވަނަ އަހަރު ކްރޮއޭޝިއާ ޔޫރޯއަށް ކޮލިފައި ވެފައެއް ނުވޭ. 1996 އަހަރުގެ ޔޫރޯއާއި 2008 ގެ ޔޫރޯއަކީ އެގައުމަށް އެންމެ ކާމިޔާބު ދެ މުބާރާތް. އެ ދެ އަހަރުވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، 1996 ވަނަ އަހަރު ކުއާޓާއިން ބަލިވީ ޖަރުމަނު އަތުން. 2008 ވަނަ އަހަރު ކުއާޓާއިން ކެޓީ ތުރުކީ އަތުން ބަލިވެގެން.

ކްރޮއޭޝިއާއިން 2012 ވަނަ އަހަރު ޔޫރޯގައިވެސް ކުޅުނު. ޕޮލެންޑާއި ޔުކްރޭންއާ ދެގައުމުގައި އޮތް އެ ޔޫރޯއިން ކްރިއޭޝިއާ ކެޓީ ގްރޫޕް ސްޓޭޖުން. 2016 ވަނަ އަހަރުގެ ޔޫރޯގައި އެ ސްކޮޑުގެ ކުޅުން ކޮންމެވެސް ވަރަކަށް ފެނިގެން ދިޔަ. އީވާން ރަކެޓިޗާއި، މަޓެއޯ ކޮވަސިޗްގެ އިތުރުން ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިންނާއެކު ކްރޮއޭޝިއާއިން 2016 ވަނަ އަހަރު ނުކުމެ ގަދަ 16ގައި ކުޅުނު. އެޓީމު ކަޓައިގެން ދިޔައީ ހިތްދަތި ގޮތަކަށް. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ ބަލިވީ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނެޓް ތެރޭގައި ޕޯޗުގަލްއިން ގޯލު ޖަހައިގެން.

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ކްރޮއޭޝިއާ 0-1 އިންގްލެންޑް
ކްރޮއޭޝިއާ 3-1 ސްކޮޓްލޭންޑް
ކްރޮއޭޝިއާ 1-1 ޗެކު ރިޕަބްލިކް