ބޮލީވުޑް

ތާނަޖީ: ދަ އަންސަންގް ވޮރިއާގެ ބަތަލާ އަކަށް ކާޖޮލް

ފިރިމީހާ އަޖޭ ދޭވްގަން އުފައްދާ ފިލްމު ތާނަޖީ: ދަ އަންސަންގް ވޮރިއާ ގައި ކާޖޮލްވެސް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމުގައި ކާޖޮލްގެ ރޯލާއި ކާޖޮލް ހިމެނޭކަންވެސް ވަނީ މީގެ ކުރިން ސިއްރުކޮށްފައެވެ. ނަމަވެސް މިހާރު ހަބަރުތައް ބުނާ ގޮތުގައި ފިލްމުގައި ކާޖޮލް ކުޅެނީ އަޖޭގެ އަނބިމީހާގެ ރޯލެވެ. އަދި މުމްބާއީގައި ހުންނަ ފިލްމް ސިޓީގައި ސިއްރުން ކާޖޮލް ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދާކަންވެސް އޭނގޭ ކަމަށް މީޑިއާ ރިޕޯޓް ތަކުގައި ވެއެވެ.

މި ފިލްމު ވެގެން ދާނީ ކާޖޮލް އާއި އަޖޭ އޮން ސްކްރީނުން ނުވަ އަހަރު ފަހުން ފެނިގެންދާނެ ފިލްމަށެވެ. އެންމެ ފަހުން އެ ދެމަފިރިން އެކީ ކުޅެފައިވަނީ "ތޫންޕޫރު ކާ ސުޕާހީރޯ" އެވެ. އެއީ 2010 ވަނަ އަހަރު ރިލީސްކުރި ފިލްމެކެވެ.

ފިލްމު ތާނަޖީ: ދަ އަންސަންގް ވޮރިއާ ގައި ނެގަޓިވް ރޯލުން ފެނިގެން ދާނީ ސައިފް އަލީ ޚާންއެވެ.