ޔޫރޯ 2020

ޔޫރޯ: އިޓަލީ 2-1 އޮސްޓްރިއާ

27 Jun 12:37

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ އިޓަލީން
  • އޮސްޓްރިއާއިން ބޮޑަށް ނުރައްކާ ކުރަން ވިސްނާފައި ވަނީ ކައުންޓާ އެޓޭކްގައި
  • ފުރަތަމަ ހާފުގައި އިޓަލީން ގިނަ ހަމަލާތަކެއް އުފެއްދި
  • ސްޕިނަޒޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރެއްލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން މަތަކުރި
  • އޭރިއާ ބޭރުން އިމޯބިލޭ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ހާފު ނިމެންދަނިކޮށް އިޓަލީގެ ވިންގް ބެކް ސްޕިނަޒޯލާ ފޮނުވާލި ހަމަލާވެސް މަތަކުރީ ބެޗްމަން
  • ދެވަނަ ހާފުގައި އޮސްޓްރިއާއިން ނުރައްކާކުރި
  • އާނޯޓޮވިޗާއި ސެބިޓްޒާގެ ހަމަލާތައް އިޓަލީ ގޯލަށް ނުރައްކާކުރި
  • އާނޯޓޮވިޗް ބޮލުން ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް ވީއޭއާރް ބަލާ ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އޮސްޓްރިއާއިން ވަނީ އޯގަނައިޒްކޮށް ޑިފެންސްކޮށްފައި
  • އިތުރު ވަގުތުގެ ކުރީކޮޅުގައި ޗިއޭސާ އިޓަލީއަށް ގޯލު ހުޅުވާލަދިން
  • އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެސީނާ އިޓަލީއަށް ދެވަނަ ގޯލެއް ޖަހައިދިން
  • އޮސްޓްރިއާއިން މެޗުގައި ގޯލު ޖެހީ ނިމެން ދަނިކޮށް، ކަލައިޑިޗް ޖެހި އެ ގޯލަކީ މިދިޔަ 12 މެޗުގައި އިޓަލީ ކޮޅަށް ވަން ފުރަތަމަ ގޯލު
  • އިޓަލީ ކުއާޓާގައި ކުޅެން ޖެހޭނީ ބެލްޖިއަމް ނޫނީ ޕޯޗުގަލްއާ
27 Jun 12:35

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން. އިޓަލީއަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައި.

27 Jun 12:28

މިއީ މި މުބާރާތުގައި އިޓަލީ ކޮޅަށް ވަން ފުރަތަމަ ލަނޑު.

27 Jun 12:28

'114 - އޮސްޓްރިއާ އިން ލަނޑެއް ޖަހައި، ލީޑު ހަނިކޮށްފި. ޝައުބް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކަލައިޑިޗް. އޭނާ އެ ބޯޅަ ފޮނުވާލި ގޯލުގެ ހަނި އޭންގަލުން.

27 Jun 12:24

'111 - އޮސްޓްރިއާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސަބިޓްޒާ ފޮނުވާލި ހަމަލާ، އިޓަލީގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Jun 12:20

'106 - އޮސްޓްރިއާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޝައުބް ފޮނުވާލި ބާރު ހަމަލާ، އިޓަލީ ކީޕަރު ޑޮނަރުއްމާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

27 Jun 12:15

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެން.

27 Jun 12:15

'105 - އިޓަލީން ލީޑު ފުޅާކޮށްފި. އަޗާބީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕެސީނާ.

27 Jun 12:13

'104 - އިޓަލީގެ ނުރައްކާތެރި ހަަމަލާއެއް. ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަކާ އަމާޒުކޮށް އިންސީނިއާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

27 Jun 12:04

'95 - އިޓަލީން ލީޑު ހޯދައިފި. ސްޕިނަޒޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީއަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކިއޭސާ.

27 Jun 12:02

'94 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. ބެލޮއްޓީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިއޭސާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ މަތަކޮށްފައި.

27 Jun 11:58

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.

27 Jun 11:56

ދެވަނަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ އިޓަލީން
  • އޮސްޓްރިއާއިން ބޮޑަށް ނުރައްކާ ކުރަން ވިސްނާފައި ވަނީ ކައުންޓާ އެޓޭކްގައި
  • ފުރަތަމަ ހާފުގައި އިޓަލީން ގިނަ ހަމަލާތަކެއް އުފެއްދި
  • ސްޕިނަޒޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރެއްލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން މަތަކުރި
  • އޭރިއާ ބޭރުން އިމޯބިލޭ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ހާފު ނިމެންދަނިކޮށް އިޓަލީގެ ވިންގް ބެކް ސްޕިނަޒޯލާ ފޮނުވާލި ހަމަލާވެސް މަތަކުރީ ބެޗްމަން
  • ދެވަނަ ހާފުގައި އޮސްޓްރިއާއިން ނުރައްކާކުރި
  • އާނޯޓޮވިޗާއި ސެބިޓްޒާގެ ހަމަލާތައް އިޓަލީ ގޯލަށް ނުރައްކާކުރި
  • އާނޯޓޮވިޗް ބޮލުން ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް ވީއޭއާރް ބަލާ ރެފްރީ ނިންމީ އޮފްސައިޑް ކަމަށް
  • އޮސްޓްރިއާއިން ވަނީ އޯގަނައިޒްކޮށް ޑިފެންސްކޮށްފައި
27 Jun 11:54

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. ދެވަނަ ހާފުގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވޭ. ދެން އޮންނާނީ ދެ ހާފުގެ އިތުރު ވަގުތު.

27 Jun 11:52

'90+4 - ޖޯޖީނިއޯއަށް އާނޯޓޮވިޗް ކުރި ފައުލަކާ ގުޅިގެން އިޓަލީއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުން ނުރައްކަލެއް ނުވި.

27 Jun 11:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

27 Jun 11:41

'83 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. ސްޕިނަޒޯލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބެރާޑީ ފޮނުވާލި ވޮލީ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Jun 11:31

'73 - އިޓަލީއަށް އިތުރު ފުރުސަތެއް. އިމޯބިލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިންސީނިއާ ފޮނުވާލި ހަމަލާ ވެސް އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Jun 11:30

'72 - އިޓަލީއަށް ފުރުސަތެއް. ޕެސީނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލޮކަޓެލީ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރިއާގެ ގޯލާ އަމާޒުނުވެ ބޭރަށް.

27 Jun 11:23

ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އާނޯޓޮވިޗް އޮފްސައިޑް މަގާމެއްގައި އޮތް ކަމަށް. އެހެންކަމުން އެއީ ގޯލެއް ނޫން ކަމަށް ވަނީ ނިންމާފައި.

27 Jun 11:23

'65 - އަލާބާ ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިޓަލީގެ ގޯލަށް އާނޯޓޮވިޗް ވަނީ ބޯޅައެއް ފޮނުވާލާފައި.

27 Jun 11:21

'63 - އޮސްޓްރިއާއަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އާނޯޓޮވިޗް ފޮނުވާލި ހަމަލާ، އިޓަލީގެ ކީޕަރު ޑޮނަރުއްމާ ވަނީ މަތަކޮށްފައި.

27 Jun 11:20

'62 - އޮސްޓްރިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ސަބިޓްޒާ ފޮނުވާލި ބާރު ހަމަލާ، ބޮނޫޗީ ވަނީ ބްލޮކްކޮށްފައި.

27 Jun 11:14

'56 - އިޓަލީއަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި އިންސީނިއާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބެރާޑީއަށް ލިބުމުގެ ކުރިން އޮސްޓްރިއާ ކެޕްޓަން އަލަބާ ވަނީ ދިފާއުކޮށްފައި.

27 Jun 11:13

'54 - އިންސީނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސްޕިނަޒޯލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ޑިފެންޑަރެއް ބްލޮކްކޮށްފި.

27 Jun 11:10

'52 - އޮސްޓްރިއާއަށް ރަނގަޅު ފުރުސަތެއް. އިޓަލީ ގޯލު ކުރިމަތިން ލިބުނު ހިލޭ ޖެހުމަކުން އަލަބާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

27 Jun 11:08

'49 - ކައުންޓާ އެޓޭކެއްގައި އޮސްޓްރިއާއަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އާނޯޓޮވިޗަށް ރަނގަޅަށް ބޯޅަ ފޮނުވައިލެވޭ ގޮތް ވެފައެއް ނުވޭ.

27 Jun 11:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

27 Jun 10:49

ފުުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ އިޓަލީން
  • އޮސްޓްރިއާއިން ބޮޑަށް ނުރައްކާ ކުރަން ވިސްނާފައި ވަނީ ކައުންޓާ އެޓޭކްގައި
  • ފުރަތަމަ ހާފުގައި އިޓަލީން ގިނަ ހަމަލާތަކެއް އުފެއްދި
  • ސްޕިނަޒޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރެއްލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން މަތަކުރި
  • އޭރިއާ ބޭރުން އިމޯބިލޭ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑިއަށް
  • ހާފު ނިމެންދަނިކޮށް އިޓަލީގެ ވިންގް ބެކް ސްޕިނަޒޯލާ ފޮނުވާލި ހަމަލާވެސް މަތަކުރީ ބެޗްމަން
27 Jun 10:47

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

27 Jun 10:44

'43 - އިޓަލީއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސްޕިނަޒޯލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ މަތަކޮށްފައި.

27 Jun 10:39

'39 - އަނެއްކާވެސް އޮސްޓްރިއާ އިން އަންނަނީ އެޓޭކުު ވަރުގަދަކޮށް، އިޓަލީގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

27 Jun 10:33

'33 - އިޓަލީގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އިމޯބިލޭ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.

27 Jun 10:28

'25 - އިޓަލީއަށް ރަނގަޅު ފުރުސަތެއް. ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން އިމޯބިލޭއަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް، ފަހަތުން އައިސް އޮސްޓްރިއާގެ ކެޕްޓަން އަލަބާ ވަނީ ބޯޅަ ދިފާއުކޮށްފައި.

27 Jun 10:24

އިޓަލީން އަންނަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، އޮސްޓްރިއާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރަމުން. ނަމަވެސް އޮސްޓްރިއާގެ ޑިފެންސް ފެންނަނީ ވަރުގަދަކޮށް.

27 Jun 10:20

'18 - އޮސްޓްރިއާއަށް ފުރުސަތެއް. ސަބިޓްޒާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އާނޯޓޮވިޗް ފޮނުވާލި ބާރު ހަމަލާ ދިޔައީ އިޓަލީގެ ގޯލާ އަމާޒުނުވެ ބޭރަށް.

27 Jun 10:18

'17 - އިޓަލީއަށް ހުސް ފުރުސަތެއް. ސްޕިނަޒޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރެއްލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ މަތަކޮށްފައި.

27 Jun 10:15

'14 - އިޓަލީއަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިންސީނިއާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު ބެޗްމަން ވަނީ މަތަކޮށްފައި.

27 Jun 10:12

11' އިޓަލީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސްޕިނަޒޯލާ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

27 Jun 10:11

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭ ރަނގަޅަށް ކުޅެމުންދިޔައީ އޮސްޓްރިއާ އިން. އިޓަލީއަށް ވަނީ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވެފައި.

27 Jun 10:04

ގްރޫޕު ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި އިޓަލީ ކެޕްޓަން ކިއޭލީނީއަށް އަނިޔާވުމުގެ ސަބަބުން އޭނާ މި މެޗުގައި ނުފެންނާނެ. އޭނާގެ ބަދަލުގައި ކެޕްޓަނެއްގެ ދައުރު އަދާކުރަމުންދަނީ ބޮނޫޗީ.

27 Jun 10:03

'2 - ބަރެއްލާއަށް ކުރި ފައުލަކާ ގުޅިގެން އާނޯޓޮވިޗަށް ރީނދޫ ކާޑެއް.

27 Jun 10:02

'1 - ބައުމްގާޓްނާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިޓަލީގެ ޑިފެންޑަރުން ދިފާއުކޮށްފި.

27 Jun 10:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އޮސްޓްރިއާ އިން.

ޔޫރޯ 2020 ގެ ގަދަ 16 ގެ ދެވަނަ މެޗުގައި އިޓަލީއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިޓަލީއާއި އޮސްޓްރިއާ މިރޭ ކުޅޭ މެޗަކީ ޔޫރޯ 2020ގެ ގަދަ 16 ގައި ކުޅޭ ދެވަނަ މެޗު. އިޓަލީން ގަދަ 16 އަށް ދިޔައީ 100 ޕަސެންޓް ރެކޯޑަކާއެކު. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ކޮޅަށް ގޯލެއް ވައްދާނުލައި މޮޅުވެފައިވާ އިރު، އެއީ ގްރޫޕް އޭގެ އެއްވަނަ ޓީމު. އިޓަލީން ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ހަތް ގޯލު ޖަހައި، އެޓީމުން ތަށްޓަށް ވާދަކުރާނެކަން ދައްކާލައިފައި.

މިއީ އޮސްޓްރިއާގެ ތާރީހުގައިވެސް ޔޫރޯގެ ނޮކްއައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗު. އެޓީމުން މިއަހަރު މުބާރާތުގެ ގަދަ 16 ޔަގީން ކުރީ ގްރޫޕް ސްޓޭޖުގައި ޔޫކްރެއިނާއި ނޯތު މެސަޑޯނިއާ ބަލިކޮށްގެން. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވީ ނެދަލޭންޑްސް އަތުން އެކަނި. އޮސްޓްރިއާއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި.

ދެޓީމުގެ ޔޫރޯ ތާރީހާއި ބައެއް މުހިއްމު މައުލޫމާތު

އިޓަލީ

އިޓަލީން ޔޫރޯގައި ނުވަ ފަހަރު ވާދަކޮށް، އެއް ފަހަރު ޗެމްޕިއަންކަން ހޯދި. ޗެމްޕިއަންކަން ހޯދީ 1968ގެ ޔޫރޯގައި. އިޓަލީ 1996 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ޔޫރޯއަށް ކޮލިފައިވޭ. އިޓަލީން ވަނީ 2000 އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ވެސް ވާދަކޮށްފައި. ޔޫރޯ 2000 ގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި އިރު، 2012ގެ ފައިނަލުގައި ބަލިވީ ސްޕެއިން އަތުން. އޭގެ އިތުރުން އިޓަލީ ވަނީ އެންމެ ފަހުން 2016ގައި ބޭއްވި ޔޫރޯގައި ވެސް ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައި.

އެ ފަހަރުގެ މުބާރާތުގައި ބެލްޖިއަމް އާއި އަޔަލެންޑާއި ސްވިޑަންއާ އެއް ގްރޫޕެއްގައި އޮތް އިޓަލީން ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނައިގައި. އިޓަލީން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ގަދަ 16ގައި މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ސްޕެއިން ކަޓުވާލުމަށްފަހު. ކުއާޓާއާ ހަމައިން އިޓަލީއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަން އަތުން ބަލިވެގެން.

މިހާރު އިޓަލީ އޮތީ އެންމެފަހުން ކުޅުނު 30 މެޗުން ބަލި ނުވެ. އިޓަލީން މިރޭ ނުކުންނަނީ 1930 ގެ ކާމިޔާބު ވިޓޯރިއޯ ޕޯޒޯގެ އިޓަލީގެ ރެކޯޑު މުގުރާލުމަށް.

ގްރޫޕް ސްޓޭޖުގެ މެޗުތައް:
އިޓަލީ 3-0 ތުރުކީ
އިޓަލީ 3-0 ސްވިޒަލޭންޑް
އިޓަލީ 1-0 ވޭލްސް

އޮސްޓްރިއާ

އޮސްޓްރިއާ އަކީ 2008 އިން ފެށިގެން ޔޫރޯއަށް އާ ޓީމެއް ނޫން. އެޓީމުން ވަނީ މީގެ ކުރިން ޔޫރޯ 2008 އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވާދަކޮށްފައި. އެހެންނަމަވެސް މިފަހަރުގެ ޔޫރޯއާ ހަމައަށް އެޓީމު އޮތީ ގަދަ 16 އިން ޖާގައެއް ނުލިބި. ކެޕްޓަން ޑޭވިޑް އަލާބާ ފަދަ މުހިއްމު ކުޅުންތެރިންނާއެކު އެޓީމުން މިފަހަރު ދަނީ ތާރީހު ބަދަލުކުރަމުން.

ގްރޫޕް ސްޓޭޖުގެ މެޗުތައް:
އޮސްޓްރިއާ 3-1 ނޯތު މެސަޑޯނިއާ
އޮސްޓްރިއާ 0-2 ނެދަލޭންޑްސް
އޮސްޓްރިއާ 1-0 ޔޫކްރެއިން