ޔޫރޯ 2020

ގަދަ 16 ގެ ކުރިމަތިލުންތައް މިއޮތީ!

1

ޔޫރޯ 2020 ގެ ޝައުގުވެރިކުރުވަނިވި ގްރޫޕް ސްޓޭޖު މެޗުތައް ނިމިއްޖެއެވެ. މުބާރާތުގެ ގަދަ 16 ޓީމު ޔަގީންވެއްޖެއެވެ. ގްރޫޕްތަކުގެ އެއްވަނައާއި ދެވަނަތައް ކަނޑައެޅި، ތިންވަނައިގެ ގޮތުގައި ގަދަ 16 ޔަގީންކުރި ޓީމުތަކާއެކު ފޯރިގަދަ ވާނެ މެޗުތަކަކަށް ފައްކާވެއްޖެއެވެ. ގަދަ 16 އަށް ދިޔަ ޓީމުތަކާއި ގަދަ 16ގެ މެޗުތަކުގެ ތަފްސީލު މިއޮތީއެވެ.

ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދިޔަ ޓީމުތައް

  • އިޓަލީ
  • ބެލްޖިއަމް
  • ނެދަލޭންޑްސް
  • އިންގްލެންޑް
  • ސްވިޑެން
  • ފްރާންސް

ގްރޫޕްގެ ދެވަނަ ޓީމުތަކުގެ ގޮތުގައި ގަދަ 16 އަށް ދިޔަ ޓީމުތައް

  • ވޭލްސް
  • ޑެންމާކު
  • އޮސްޓްރިއާ
  • ކްރޮއޭޝިއާ
  • ސްޕެއިން
  • ޖަރުމަން

އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔަ ޓީމުތައް

  • ސްވިޒަލޭންޑް
  • ޗެކު ރިޕަބްލިކް
  • ޔޫކްރެއިން
  • ޕޯޗުގަލް

ގަދަ 16 ގެ ކުރިމަތިލުންތައް

26 ޖޫން (ހޮނިހިރު)
21:00 ވޭލްސް - ޑެންމާކު / ޔޯހަން ކްރައިފް އެރީނާ
00:00 އިޓަލީ - އޮސްޓްރިއާ / ވެމްބްލީ ސްޓޭޑިއަމް

27 ޖޫން (އާދީއްތަ)
21:00 ނެދަލޭންޑްސް - ޗެކު ރިޕަބްލިކް / ޕުސްކާސް އެރީނާ
00:00 ބެލްޖިއަމް - ޕޯޗުގަލް / ލަ ކަރުޓޫޖާ ސްޓޭޑިއަމް

28 ޖޫން (ހޯމަ)
21:00 ކްރޮއޭޝިއާ - ސްޕެއިން / ޕާކެން ސްޓޭޑިއަމް
00:00 ފްރާންސް - ސްވިޒަލޭންޑް / ނޭޝަނަލް އެރީނާ ބުޗަރެސްޓް

29 ޖޫން (އަންގާރަ)
21:00 އިންގްލެންޑް - ޖަރުމަނު / ވެމްބްލީ ސްޓޭޑިއަމް
00:00 ސްވިޑެން - ޔޫކްރެއިން / ހެމްޕްޑެން ޕާކު

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟