މި ގްރޫޕުން އެއްވަނަ ހޯދި ފްރާންސާއި ދެވަނަ ހޯދި ޖަރުމަން އަދި ތިންވަނަ ހޯދި ޕޯޗުގަލަށް ވެސް ގަދަ 16ގެ ޖާގައެއް ލިބޭނެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'90 - ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޯމަންއަށް ބްރޫނޯ ފެނާންޑޭޒް ފައުލް ކުރިތޯ ވީއޭއާރުން ބެލުމަށްފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށް.
'86 - ފްރާންސަށް ފުރުސަތެއް. ކޯމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ގްރީޒްމަން ފޮނުވާލި ބާރު ހަމަލާ ދިޔައީ ޕޯޗުގަލްގެ ގޯލާ އަމާޒުނުވެ ބޭރަށް.
'85 - ބްރޫނޯ ފެނާންޑޭޒް ދިން ބޯޅަ، ޕޯޗުގަލްގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސްގެ ޑިފެންޑަރު ވަރާން ދިފާއުކޮށްފި.
'67 - ރުއި ޕެޓްރީސިއޯގެ މޮޅު ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޕޮގްބާ ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު ރުއި ޕެޓްރީސިއޯ ހުޝިޔާރުކަމާއެކު މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަން ފޮނުވާލި ހަމަލާ ވެސް ޕެޓްރީސިއޯ ވަނީ މަތަކޮށްފައި.
އެ ލަނޑާއެކު އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖެހި ކުޅުންތެރިޔާ، އީރާނުގެ އަލީ ދާއީގެ ރެކޯޑާ ވަނީ ރޮނާލްޑޯ އެއްވަރުކޮށްފައި. ރޮނާލްޑޯ ވެސް ވަނީ 109 އިންޓަނޭޝަނަލް ގޯލު ޖަހާފައި.
'60 - ޕެނަލްޓީ ކާމިޔާބުކޮށް، ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.
'59 - ރޮނާލްޑޯ ފޮނުވާލި ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ކޫންޑޭ ބޯޅައިގައި އަތްލުމުން ޕޯޗުގަލަށް ޕެނަލްޓީއެއް.
'49 - ޕޯޗުގަލަށް ފުރުސަތެއް. ގުރޭރޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ލައިންސްމަން އޮފްސައިޑު ކަމަށް ދެއްކި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ކަމަށް.
'47 - ފްރާންސުން ލީޑު ހޯދައިފި. ޕޮގްބާ ދިން ރީތި ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ބެންޒެމާ.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
'45+3 - ފްރާންސްގެ ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްދިނީ ބެންޒެމާ.
ޕެނަލްޓީއެއްތޯ ވީއޭއާރުން ބެލުމަށްފަހު ނިންމީ ޕެނަލްޓީއެއް ކަމަށް.
'45 - ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް ސެމޭޑޯ ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ޕެނަލްޓީއެއް.
'41 - ޕޯޗުގަލްގެ ހަމަލާއެއް. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މުޓީނިއޯ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މިހާރު ކުޅޭ މި ގްރޫޕުގެ އަނެއް މެޗުގައި ޖަރުމަން ބަލިވެފައި އޮތުމާއެކު، ގްރޫޕުގެ އެއްވަނައިގައި މިހާރު އޮތީ ޕޯޗުގަލް. އަދި މިވަގުތު ދެވަނައިގައި ފްރާންސް އޮތް އިރު، ހަންގޭރީ އޮތީ ތިންވަނައިގައި. މިހާރު ފުލުގައި އޮތީ ޖަރުމަން.
'31 - ޕޯޗުގަލުން ލީޑު ހޯދައިފި. ޕޯޗުގަލުގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ.
ޑެނީލޯއަށް ލޮރިސް ފައުލް ކޮށްފައިވަނީ މުޓީނިއޯ ނަގައިދިން ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީލޯ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި.
'28 - ޑެނީލޯއަށް ކުރި ފައުލަކާ ގުޅިގެން ލޮރިސްއަށް ރީނދޫ ކާޑެއް ދައްކައި، ޕޯޗުގަލަށް ޕެނަލްޓީއެއް.
ދެ ޓީމުން ވެސް ކުޅެމުން އަންނަނީ ވަރަށް ހަމަޖެހިލައިގެން ޑިފެންސަށް ވެސް ވިސްނައިގެން.
އެންމެ ފަހުން ބޭއްވި ޔޫރޯ 2016 ގައި ޕޯޗުގަލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފްރާންސް ބަލިކޮށްގެން. އެ މެޗުގައި ރޮނާލްޑޯއަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާލަން ޖެހުނު ނަމަވެސް، ބެންޗުގައި އިނދެގެން އޭނާ ވަނީ ޓީމަށް ވަރުގަދަ ހިތްވަރެއް ދީފައި.
'20 - ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭ ނުރައްކާ އެޓޭކެއްގެ ގޮތުގައި ފެންނަނީ ޕޯޗުގަލްގެ އެޓޭކް.
'16 - ފްރާންސަށް ހުސް ފުރުސަތެއް. ޕޮގްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައި. އެމްބާޕޭ ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.
'13 - ރެނާޓޯ ސަންޗޭޒް ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ލިބުމުގެ ކުރިން ފްރާންސްގެ ކީޕަރު ލޮރިސް، އެ ބޯޅަ ހޯދައިފި.
'11 - ޕޮގްބާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް ލިބުމުގެ ކުރިން ޕޯޗުގަލް ކީޕަރު ރުއި ޕެޓްރީސިއޯ އެ ބޯޅަ ހޯދައިފި.
ފްރާންސްގެ ފުރަތަމަ ދެ މެޗެކޭ އެއްގޮތަށް އެޓީމުގެ ކުރިން ފެންނަ ގްރީޒްމަން، މި މެޗުގައި ވެސް އަންނަނީ ޑިފެންސުގައި ވެސް ހަރަކާތްތެރިވަމުން.
'6 - ޕޯޗުގަލަށް ފުރުސަތެއް. ސަންޗޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅަ، ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ފަސޭހަކަމާއެކު ހޯދާފައި.
'2 - ޓޮލީސޯ ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ހޯދައިފި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ފްރާންސުން.
ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނަ އިރު، ފްރާންސަށް އޮތީ ގަދަ 16 ޔަގީންވެފައި. މޮޅަކާއެކު ގްރޫޕް އެއްވަނަ ޔަގީން ކުރެވޭނެ. ފްރާންސް އެއްވަރުވެ، ޖަރުމަނަށް ހަންގޭރީ ބަލިނުކުރެވިއްޖެނަމަ ގްރޫޕްގެ ދެވަނަ މަގާމު ނިމޭނީ ފައިދާ ގޯލުގެ ތަފާތަށް ބަލައިގެން. ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕް އެއްވަނަވެސް ލިބޭނެ. ފްރާންސް ބަލިވިނަމަވެސް، ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ތިންވަނަ. ޕޯޗުގަލް ބަލި ނުވެއްޖެނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ. ފްރާންސް ބަލިކޮށްފިނަމަ ޕޯޗުގަލަށް ގްރޫޕުގެ އެއްވަނަ ލިބޭނެ.
ޖަރުމަނު ހަންގޭރީ އަތުން ބަލިވެ، ޕޯޗުގަލްވެސް ފްރާންސް އަތުން ބަލިވެއްޖެނަމަ ޕޯޗުގަލަށް ލިބޭނީ ހަތަރުވަނަ. އޭރުން އެއީ ޕޯޗުގަލަށް ޔޫރޯ ދަތުރު ނިމުމަކަށް އައީ. މިރޭ ގްރޫޕް އެފްގެ ދެވަނަ މެޗުގައި މިގަޑީގައި ޖަރުމަނުން ނުކުންނާނީ ހަންގޭރީއާ ދެކޮޅަށް.
ޕޯޗުގަލްއިން ފްރާންސާ ދެކޮޅަށް ނުކުންނާނީ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި.