ޔޫރޯ 2020

ޔޫރޯ: ސްޕެއިން 5-0 ސްލޮވޭކިއާ

24 Jun 09:01

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ނުރައްކާތެރި ކުޅުމެއް ދެއްކި.
  • ސްޕެއިނުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައި.
  • ސްލޮވާކިއާ ގޯލުގެ ތިރީ ކަނަކާ އަމާޒުކޮށް މޮރާޓާ ފޮނުވާލި ހަމަލާއަކާއި އޭނާ ފޮނުވާލި ޕެނަލްޓީއެއް ވެސް ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.
  • ޕެޑްރީ ނަގައިދިން ހުރަސް ސަރާބިއާއަށް ރަނގަޅަށް ނިންމައިނުލެވުނު އިރު، އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން ޕެޑްރީ ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ދަނޑި ކައިރިން ބޭރަށް.
  • ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މޮރާޓާ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.
  • ސްޕެއިންގެ ފުރަތަމަ ލަނޑަކީ ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ އަތުން ބައިކޮޅަށް ވަން ލަނޑެއް.
  • ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިނަށް ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ލަޕޯޓް. މި ލަނޑަކީ ދާދި ފަހުން ފްރާންސުން ސްޕެއިނަށް ރަށްވެހިކަން ބަދަލުކޮށް، ސްޕެއިންގެ ޓީމަށް ކުޅެމުން އަންނަ ލަޕޯޓް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު.
  • ދެވަނަ ހާފުގައި ވެސް ސްޕެއިން ފެނުނީ ވަރަށް ވަރުގަދަކޮށް. ހާއްސަކޮށް ގެނައި ބަދަލުތަކާއެކު ސްޕެއިނުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށް، ލީޑު އިތުރަށް ފުޅާކޮށްފައި.
  • ސްޕެއިންގެ ފަހު ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ސަރާބިއާ އާއި ފެރާން ޓޮރޭސް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑަކީ ސްލޮވާކިއާގެ ކުޗްކާ އަތުން ބައިކޮޅަށް ވަން ލަނޑެއް.
24 Jun 08:57

ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އިން ޖާގަ ކަށަވަރުކުރީ ސްވިޑެން. ދެވަނަ ހޯދައިގެން ސްޕެއިނުން ވެސް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައި.

24 Jun 08:56

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 5-0ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.

24 Jun 08:52

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

24 Jun 08:48

'87 - ތިއާގޯ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޕެޑްރީއަށް ލިބުމުގެ ކުރިން ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ހޯދައިފި.

24 Jun 08:33

'71 - ސްޕެއިންގެ ފަސްވަނަ ލަނޑު. ލަޕޯޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕައު ޓޮރޭސް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްލޮވާކިއާގެ ކުޗްކާ އަތުން ބައިކޮޅަށް.

24 Jun 08:28

'67 - ސްޕެއިނުން ހަތަރު ލަނޑުގެ ލީޑެއް ހޯދައިފި. ސަރާބިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭސް. އޭނާ އެ ލަނޑު ކާމިޔާބުކުރީ މޮރާޓާގެ ބަދަލުގައި ކުޅެން ނުކުތްތާ މިނެޓެއް ވެސް ނުވަނީސް.

24 Jun 08:18

'56 - ސްޕެއިނުން އިތުރަށް ލީޑު ފުޅާކޮށްފި. އަރިމަތިން އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަރާބިއާ.

24 Jun 08:15

'53 - ސްލޮވާކިއާ އިން ދެވަނަ ހާފު ރަނގަޅަށް ފެށި ނަމަވެސް، މިހާރު ސްޕެއިނުން އަންނަނީ ކޮންޓްރޯލް ހޯދަމުން.

24 Jun 08:07

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

24 Jun 07:54

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ނުރައްކާތެރި ކުޅުމެއް ދެއްކި.
  • ސްޕެއިނުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައި.
  • ސްލޮވާކިއާ ގޯލުގެ ތިރީ ކަނަކާ އަމާޒުކޮށް މޮރާޓާ ފޮނުވާލި ހަމަލާއަކާއި އޭނާ ފޮނުވާލި ޕެނަލްޓީއެއް ވެސް ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.
  • ޕެޑްރީ ނަގައިދިން ހުރަސް ސަރާބިއާއަށް ރަނގަޅަށް ނިންމައިނުލެވުނު އިރު، އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން ޕެޑްރީ ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ދަނޑި ކައިރިން ބޭރަށް.
  • ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މޮރާޓާ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.
  • ސްޕެއިންގެ ފުރަތަމަ ލަނޑަކީ ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ އަތުން ބައިކޮޅަށް ވަން ލަނޑެއް.
  • ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިނަށް ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ލަޕޯޓް. މި ލަނޑަކީ ދާދި ފަހުން ފްރާންސުން ސްޕެއިނަށް ރަށްވެހިކަން ބަދަލުކޮށް، ސްޕެއިންގެ ޓީމަށް ކުޅެމުން އަންނަ ލަޕޯޓް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު.
24 Jun 07:50

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން.

24 Jun 07:49

'45+3 - ސްޕެއިނުން ލީޑު ފުޅާކޮށްފި. ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލަޕޯޓް. މޮރޭނޯ ނަގައިދިން ހުރަހަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލަޕޯޓް. މިއީ ސްޕެއިނަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު.

24 Jun 07:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

24 Jun 07:45

'45 - ސްޕެއިންގެ ހަމަލާއެއް. ބުސްކެޓްސް ދިން ބޯޅައަކުން ކޮކޭ ދުރުން ފޮނުވާލި ހަމަލާ، ސްލޮވާކިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

24 Jun 07:34

ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ އަތުން ބައިކޮޅަށް ލަނޑެއް ވަދެފައި މިވަނީ، ވަރަށް ރަނގަޅު ސޭވްތަކެއް ކޮށްފައިވަނިކޮށް. އޭގެ ތެރޭގައި މޮރާޓާ ފޮނުވާލި ޕެނަލްޓީ ވެސް ހިމެނޭ.

24 Jun 07:33

ޑުބްރާވްކާ އަތުން އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސަރާބިއާގެ ހަމަލާއެއް ހުރަސް ދަނޑީގައި ޖެހުމާއެކު، އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި. އޭނާއަށް މޮރާޓާގެ ޕްރެޝަރާ ވެސް ކުރިމަތިވި.

24 Jun 07:30

'30 - ސްޕެއިނުން ލީޑު ހޯދައިފި. އެ ލަނޑަކީ ސްލޮވާކިއާ ގޯލްކީޕަރު ޑުބްރާވްކާ އަތުން ބައިކޮޅަށް ވަން ލަނޑެއް.

24 Jun 07:27

'24 - ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާގެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މޮރާޓާ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

24 Jun 07:26

'20 - ސްޕެއިނަށް އިތުރު ފުރުސަތެއް. އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން ޕެޑްރީ ފޮނުވާލި ހަމަލާ ދިޔައީ ސްލޮވާކިއާ ގޯލުގެ ދަނޑި ކައިރިން ބޭރަށް.

24 Jun 07:25

'19 - ސްޕެއިނަށް ރަނގަޅު ފުރުސަތެއް. ޕެޑްރީ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ސަރާބިއާއަށް ރަނގަޅަށް ނިންމައިލެވިފައެއް ނުވޭ.

24 Jun 07:16

'12 - މަތީ ކަނަކާ އަމާޒުކޮށް މޮރާޓާ ފޮނުވާލި ޕެނަލްޓީ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

24 Jun 07:13

'11 - ސްޕެއިނަށް ޕެނަލްޓީއެއް. ސްޕެއިނަށް އެ ޕެނަލްޓީ ލިބުނީ ސްލޮވާކިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮކޭއަށް ހްރޮމާޑާ ކުރި ފައުލާ ގުޅިގެން. އެ ޕެނަލްޓީ ދިނުމުގެ ކުރިން ރެފްރީ ވަނީ ވީއޭއާރުގެ އެހީ ހޯދާފައި.

24 Jun 07:10

ސްޕެއިނުން ކުޅެމުންދަނީ އެޓީމުގެ ރަސްމީ ކުޅުން. މެޗު ކޮންޓްރޯލްކޮށް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ ސްޕެއިން.

24 Jun 07:09

'5 - ސްޕެއިންއަށް ރަނގަޅު ފުރުސަތެއް. މޮރޭނޯ ދިން ބޯޅައަކުން ސްލޮވާކިއާ ގޯލުގެ ތިރީ ކަނަކާ އަމާޒުކޮށް މޮރާޓާ ފޮނުވާލި ހަމަލާ، ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައި.

24 Jun 07:06

މެޗުގެ ކުޅުން ފަށައިފި.

ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްޕެއިންއާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަކީ މި ދެޓީމުވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅޭނެ އެންމެ ފަހު މެޗު. ސްލޮވޭކިއާއަށް ގަދަ 16 އަށް ބޭނުން ވަނީ ޕޮއިންޓެއް. ސްލޮވޭކިއާ މޮޅުވެ، ސްވިޑެން ބަލިވެއްޖެނަމަ ސްލޮވޭކިއާއަށް ގްރޫޕް އެއްވަނަ ލިބޭނެ. ސްޕެއިންއިން ސްލޮވޭކިއާ ބަލިކޮށްފިނަމަ ގަދަ 16 ޔަގީންވާނެ. އެއްވަރުވެއްޖެ ނަމަ ސްޕެއިންއަށް ގަދަ 16 އަށް ދެވޭނީ ޕޮލެންޑަށް ސްވިޑެން ބަލިނުކުރެވިއްޖެނަމަ. ގްރޫޕްގެ އެތުރުން މެޗުތަކުގައި ޖަހާ ގޯލުގެ އަދަދުން ބަދަލުވާނެ، އެއީ ޕޮއިންޓް ހަމަހަމަވެ ފައިދާ ގޯލަށް ނަތީޖާ ބަރޯސާވުން ބޮޑުވާނެތީ. ގްރޫޕްގައި މިވަގުތު އިތުރު މެޗެއްވެސް ކުރިއަށްދާނެ. އެއީ ސްވިޑެންއާއި ޕޮލެންޑް ކުޅޭ މެޗު.

މިރޭގެ މެޗަށްވެސް ސްޕެއިން ނުކުންނާނީ އަމިއްލަ ގައުމުގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި.

މިހާތަނަށް ދެޓީމު ކުޅުނު މެޗުތަކުގެ ނަތީޖާއަށް ނަޒަރެއް

ސްޕެއިން
  • ސްޕެއިންއަކީ ޔޫރޯގައި އެންމެ ކާމިޔާބު އެއް ޓީމު.، މިހާތަނަށް ތިން ފަހަރު އެޓީމުން ވަނީ މުބާރާތް ކާމިޔާބު ކޮށްފައި.
  • ގްރޫޕް ސްޓޭޖުގެ ފެށުން ސްޕެއިންއަށް އުނދަގޫ. ފުރަތަމަ މެޗުގައި ސްވިޑެންއާ ކުޅެ އެއްވަރުވީ 0-0 ގެ ނަތީޖާއަކުން.
  • ދެވަނަ މެޗުގައި ކުޅުނީ ޕޮލެންޑާ ދެކޮޅަށް. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން.
  • މެޗުގެ ހަމައެކަނި ގޯލް ޖެހީ މޮރާޓާ. ގޯލެއް ޖެހި ނަމަވެސް ހުސް އެތައް ފުރުސަތެއް ބޭކާރު ވެގެން ދިޔުމުން މޮރާޓާއަށް ފާޑުކިޔުން އަމާޒުވި.
ސްލޮވޭކިއާ
  • ސްލޮވޭކިއާއިން ފުރަތަމަ މެޗުގައި ޕޮލެންޑު ބަލިކުރީ 2-1 އިން.
  • މެޗުގައި ސްލޮވޭކިއާގެ ފުރަތަމަ ގޯލަކީ ޕޮލެންޑް ގޯލްކީޕަރު ޝެޒްނީ އަތުން ބައިކޮޅަށް ވަން ގޯލެއް. އެޓީމުގެ ފަހު ގޯލަކީ ސްކިރިނިއާ ޖެހައިދިން ގޯލެއް.
  • ދެވަނަ މެޗުގައި އެޓީމު އޮތީ ސްވިޑެން އަތުން 1-0 އިން ބަލިވެފައި.