ޔޫރޯ 2020

ޔޫރޯ: ސްކޮޓްލޭންޑް 1-3 ކްރޮއޭޝިއާ

23 Jun 11:57

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ސްކޮޓްލޭންޑްގެ ޗޭ އެޑަމްސްއާއި އާމްސްޓްރޯންއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރުވެގެން.
  • ކްރޮއޭޝިއާއިން ވަނީ ފުރަތަމަ ފުރުސަތުގައި ލީޑު ނަގާފައި.
  • ލީޑު ނަގައިދިނީ ވަލްޝިޗް.
  • މޮޑްރިޗްގެ ބާރު ހަމަލާ ދިޔައީ ބޭރަށް.
  • ހާފް ނިމެން ދަނިކޮށް ސްކޮޓްލޭންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މެކްގްރެގާ.
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ކްރޮއޭޝިއާ އަލުން ލީޑު ނެގީ މޮޑްރިޗްގެ ހިތްގައިމު ގޯލަކުން.
  • އެޓީމުން ގްރޫޕްގެ ދެވަނަ ޔަގީންކުރީ ޕެރިސިޗްގެ ގޯލަކާއެކު ނަތީޖާ 3-1 އަށް ބަދަލު ކޮށްލައިގެން.
  • ސްކޮޓްލޭންޑް ކެޓީ ޕޮއިންޓަކާއެކު މޮޅެއް ނުލިބި. މިއީ 23 އަހަރަށްފަހު ސްކޮޓްލޭންޑް ކުޅުނު ފުރަތަމަ ބޮޑު މުބާރާތް.
23 Jun 11:53

މެޗުގެ ކުޅުން ނިންމާލައިފި. ކްރޮއޭޝިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުން.

23 Jun 11:51

90+2 ސްކޮޓްލޭންޑްގެ ހަމަލާއެއް. މެކް ޓޮމިނޭ ފޮނުވާލި ބާރު ހަމަލާ ބްލޮކް ކުރީ ލޮވްރެން.

23 Jun 11:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

23 Jun 11:49

މިރޭ ޖެހި ގޯލާއެކު މޮޑްރިޗް ވެފައިވަނީ ކްރޮއޭޝިއާ ޖާޒީގައި ޔޫރޯގައި ގޯލު ޖެހި އެންމެ ޒުވާން އަދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް. އޭނާ ޔޫރޯގައި ޖެހި ފުރަތަމަ ގޯލު ޖެހީ 2008 ވަނަ އަހަރު. އޭރު އުމުރުން 23 އަހަރު. މިހާރު މޮޑްރިޗްގެ އުމުރުން 35 އަހަރު.

23 Jun 11:39

79' ސްކޮޓްލޭންޑްގެ ނުރައްކާތެރި ހަމަލާއެއް. ޗޭ އެޑަމްސް ހަނި އޭންގަލްއަކުން ފޮނުވާލި ބޯޅަ މަތަކުރީ ގޯލްކީޕަރު.

23 Jun 11:39

ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީން ކުރުމަށް ކްރޮއޭޝިއާ ފިޔަވަޅެއް ގާތަށް. އެ ގޯލަކީ ބޮޑެތި މުބާރާތްތަކުގައި ޕެރަސިޗް ޖެހި ނުވަވަނަ ގޯލު.

23 Jun 11:38

77' ކްރޮއޭޝިއާ ލީޑު ފުޅާކޮށްފި. މޮޑްރިޗްގެ ކޯނަރު ބޮލުން ގޯލަށް ވައްދާލީ ޕެރަސިޗް.

23 Jun 11:34

73' ސްކޮޓްލޭންޑުން ދަނީ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން. ފްރޭސާ ދުރުން ފޮނުވާލި ހަމަލާ މިފަހަރުވެސް ދިޔައީ މާ މަތިން.

23 Jun 11:26

67' ސްކޮޓްލޭންޑްގެ މެކްގްރެގާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށް.

23 Jun 11:21

61' މޮޑްރިޗްގެ ހިތްގައިމު ގޯލަކާއެކު ކްރޮއޭޝިއާ އަލުން ލީޑު ނަގައިފި. އޭރިއާ ބޭރުން ފައިގެ ބޭރު ފަޅިން ކާވް ކޮށްލި ބޯޅަ ވައްދާލީ ގޯލުގެ ކަނަށް.

23 Jun 11:18

58' ސްކޮޓްލޭންޑްގެ މެގިންއަށް ހުސް ފުރުސަތެއް. އަރިމަތިން އައި ހުރަހަށް އަރައި ބޯޅައިގައި ފައި ޖެއްސި ނަމަވެސް ގޯލާ އަމާޒެއް ނުވި.

23 Jun 11:15

55' އަނެއްކާވެސް ސްކޮޓްލޭންޑް ގޯލްކީޕަރު މާޝަލްގެ ވަރުގަދަ ސޭވްއެއް. ޕެރަސިޗް އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ބޯޅަ މާޝަލް ނުކުމެ މަތަކުރީ މޫނު ބޯޅައާ ދިމާކޮށްގެން.

23 Jun 11:09

49' ކްރޮއޭޝިއާއަށް ލީޑު ފުޅާކުރަން ހުސް ފުރުސަތެއް. ޕެޓްކޮވިޗް ތުރޫ ބޯޅައަކަށް ހުސްކޮށް އަރައި ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު މާޝަލް ވަނީ ހުޝިޔާރުކަމާއެކު ކުރިއަށް ނުކުމެ އެ ބޯޅައަށް ހުރަސް އަޅާފައި.

23 Jun 11:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

23 Jun 10:53

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ސްކޮޓްލޭންޑްގެ ޗޭ އެޑަމްސްއާއި އާމްސްޓްރޯންއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރުވެގެން.
  • ކްރޮއޭޝިއާއިން ވަނީ ފުރަތަމަ ފުރުސަތުގައި ލީޑު ނަގާފައި.
  • ލީޑު ނަގައިދިނީ ވަލްޝިޗް.
  • މޮޑްރިޗްގެ ބާރު ހަމަލާ ދިޔައީ ބޭރަށް.
  • ހާފް ނިމެން ދަނިކޮށް ސްކޮޓްލޭންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މެކްގްރެގާ.
23 Jun 10:50

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

23 Jun 10:45

އެ ގޯލަކީ ސްކޮޓްލޭންޑްގެ ތާރީހުގައިވެސް ބޮޑު މުބާރާތެއްގައި ޖެހި ފުރަތަމަ ގޯލު. ހޭމްޕްޑެން ޕާކު ދަނީ ގުގުމަމުން.

23 Jun 10:44

42' ސްކޮޓްލޭންޑް ނަތީޖާ ހަމަހަމަކޮށްފި. އެޓީމަށް ގޯލު ޖަހައިދިނީ މެކްގްރެގާ. ރޮބާޓްސަންގެ ހުރަސް ސާފުކޮށްލަން ކްރޮއޭޝިއާ ޑިފެންޑަރު ޖެހި ބޯޅަ ހޯދައި، އޭނާ ގޯލަށް ބޯޅަ ވައްދާލީ ޕެނެލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން.

23 Jun 10:41

39' ޕެރަސިޗްގެ ނުރައްކާތެރިކަން ކްރޮއޭޝިއާއިން ފާހަގަވޭ. އަރިމަތިން ބާރު ދުވެލީގައި އޭރިއާ ބޭރަށް ކަނޑާލާފައި ޖެހި ބޯޅަ މިފަހަރު ދިޔައީ މަތިން.

23 Jun 10:39

37' ކްރޮއޭޝިއާގެ ޔުރާނޮވިޗް ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އާމަޒުނުވެ މާ ބޮޑަށްވެސް މަތިން.

23 Jun 10:39

'37 - ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނީ ކްރޮއޭޝިއާއިން. އެހެންނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކުން މިދިޔަ 10 ވަރަކަށް މިނެޓުގައި ހަމަލާއެއް އުފައްދައިފައެއް ނުވޭ.

23 Jun 10:33

މި ގްރޫޕުގައި ކުޅެމުންދާ ދެވަނަ މެޗުގައި އިންގްލެންޑުން ވަނީ ޗެކު ރިޕަބްލިކް ކައިރިން ލީޑު ނަގާފައި. އިތުރު ގޯލުތަކެއް ކްރޮއޭޝިއާއިން ޖަހައިފި ނަމަ، ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތް. އަދި އިންގްލެންޑުން ޗެކު ރިޕަބްލިކް ކޮޅަށް އިތުރު ގޯލެއް ޖެހުންވެސް ވާނީ ކްރޮއޭޝިއާއަށް ހިތްވަރަކަށް.

23 Jun 10:28

23' ސްކޮޓްލޭންޑަށް ފުލުފުލުގައި ދެ ފުރުސަތެއް. އާމްސްޓްރޯންގް ހުރަސްކޮށްލި ބޯޅަ ނުރައްކާކޮށް ދިޔަ ނަމަވެސް ކުޅުންތެރިޔަކު ފައިގައި ލައްވާ ނުލި. އެ ހަމަލާއިން ސަލާމަތް ނުވެވިގެން އުޅެނިކޮށް މެގިން ޖެހި ބޯޅަ މަތަކުރީ ގޯލްކީޕަރު.

23 Jun 10:28

21' މޮޑްރިޗްގެ ނުރައްކާތެރި ހަމަލާއެއް. ދުރުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށް.

23 Jun 10:20

17' ކްރޮއޭޝިއާގެ ފުރަތަމަ ހަމަލާއިން ލީޑު ނަގައިފި. ލީޑު ނަގައިދިނީ ވްލަޝިޗް. އޭރިއާ ތެރެއަށް މޮޑްރިޗް ނަގައިދިން ހުރަސް، ޕެރަސިޗް ބޮލުން ޖައްސާލުމުން ފަހިވީ ވްލަސިޗަށް. އޭނާ ބަލާލާފައި ތިރިތިރީން ބޯޅަ ވައްދާލީ ގޯލުގެ ކަނަށް.

23 Jun 10:15

ސްކޮޓްލޭންޑް ދަނީ ހަލުވި އެޓޭކިން ކުޅުމެއް ކުޅެމުން. ކްރޮއޭޝިއާއިން ބޮޑަށް މަޑުޖެހިގެން ކުޅެމުންދާ އިރު، މިހާތަަނަށް ކުޅުނު 10 ވަރަކަށް މިނެޓަށް ބަލާއިރު ސްކޮޓްލޭންޑް ފެންނަނީ ވަރުގަދަކޮށް.

23 Jun 10:11

9' އަނެއްކާވެސް ޗޭ އެޑަމްސްގެ ހަމަލާއެއް. ސްކޮޓްލޭންޑްގެ ފޯވަޑް ދުރުން ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށް.

23 Jun 10:07

5' ސްކޮޓްލޭންޑަށް ރަނުގެ ފުރުސަތެއް. މެގިން އަރިމަތިން ނަގައިދިން ހުރަސް ޗޭ އެޑަމްސްއަށް ހުސްކޮށް ލިބުނު ނަމަވެސް އޭނާ ފަޔާ ބޯޅައާ ލައްވާ ނުލި. ބޯޅަ ބޭރުކޮށްލީ ކްރޮއޭޝިއާ ގޯލްކީޕަރު ޕަންޗުކޮށް.

23 Jun 10:01

މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ސްކޮޓްލޭންޑުން.

ޔޫރޯ 2020ގެ ގްރޫޕް ޑީގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ދެޓީމުވެސް ނުކުންނާނީ ގަދަ 16ގެ އުންމީދާ އެކުގައި. ކްރޮއޭޝިއާއިން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ. ޗެކަށް ވުރެ ފައިދާ ގޯލު ގިނަކޮށް ދެވަނައަށްވެސް ދެވޭނެ. ހަމަ އަނެއް ކޮޅުން ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ. ފައިދާ ގޯލުގެ ތަފާތުން ދެވަނައަށްވެސް ޖެހިލެވިދާނެ. އެހެންކަމުން މިރޭގެ މެޗަށް ދެޓީމުންވެސް ނުކުންނާނީ މޮޅަކަށް. ފޯރިގަދަ ވާނެ ކަމަށް ބެލެވޭ.

މެޗަށް ދެޓީމުން ނުކުންނާނީ ގްލަސްގޯގެ ހެމްޕްޑެމް ޕާކުގައި. އެއީ ސްކޮޓްލޭންޑްގެ ހޯމް.

ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް

ސްކޮޓްލޭންޑް
  • ސްކޮޓްލޭންޑުން މުބާރާތުގައި ޗެކު އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން
  • ދެވަނަ މެޗުގައި ވާދަވެރި އިންގްލެންޑާ ވަނީ 0-0 އިން އެއްވަރުވެފައި
  • ކޮވިޑުގެ ނުރައްކާ ސްކޮޓްލޭންޑަށް ވަނީ ކޮށްފައި
  • އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރު، އިންގްލެންޑް މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގިލްމޯ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
ކްރޮއޭޝިއާ
  • ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ވަނީ އިންގްލެންޑް އަތުން ބަލިވެފައި
  • ދެވަނަ މެޗުގައި ޗެކާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުން
  • މެޗުގައި ޖެހި ހިތްގައިމު ގޯލު ޖަހައިދިނީ ޕެރިސިޗް