ޑިމްޕަލް ކަޕާޑިއާ އަދި ސަނީ ޑިއޯލް އާއި ދެމެދު ހާއްސަ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް އަބަދުވެސް ދެކެވެއެވެ.
1970ގެ އަހަރުތަކުގައި ވިދާލީ ޑިމްޕަލް ކަޕާޑިއާ ވަނީ 1973 އަހަރު އޭނާއަށްވުރެ 15 އަހަރު ދޮށީ ރާޖޭޝް ކަންނާއާ ކައިވެނި ކޮށްފައެވެ. އެ ކައިވެނި ރޫޅި ވަކިން ދިރިއުޅެމުން އައިސްފައިވީ ނަމަވެސް މިދެފަންނާނުން ވަރިވެފައެއް ނުވެއެވެ.
މިމަހު 64 އަހަރު ފުރުނު، ބަތަލާ ޑިމްޕަލްއަކީ ބޮލީވުޑުގައި ފިޔަޖަހާލި އަލިގަދަ ތަރިއެކެވެ. ބޮލީވުޑުގެ ފުންނާބު އުސް ބަތަލެއް ކަމަށްވާ ރާޖޭޝް ކަންނާ އާއި ކައިވެނީގެ ގޮތުން ޑިމްޕަލް ގުޅިގެން ދިޔަ ހަބަރަކީ އެދުވަސްވަރު ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ހަބަރެކެވެ.
އެ ކައިވެންޏަށް ޓްވިންކަލް ކަންނާ އަދި ރިންކީ ކަންނާ ލިބުމަށްފަހު ގުޅުން ހީނަރު ވެ ދެތަރިން ވަނީ ވަކިން ދިރިއުޅެން ފަށާފައެވެ. ކައިވެނީގައި މައްސަލަތައް ޖެހުމަށް މެދުވެރިވެފައިވަނީ ޑިމްޕަލް ފިލްމު ކުޅުން ކުރިއަށް ގެންދިއުމަށް ރާޖޭޝް ކަންނާ ނުގަބޫލުވުމުން ކަމުގައި ހަބަރުތައް ބުނެއެވެ.
ރާޖޭޝް ކަންނާ އާއި ވަކިން ދިރިއުޅެމުން އައިސްފައިވާ ޑިމްޕަލް އާއި ސަނީ ޑިއޯލްއާއި ދެމެދު ހާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައްވެސް ވަނީ އެދުވަސްވަރު ގަދަވެގެން ގޮސްފައެވެ. އެ ދެތަރީންގެ މެދުގައި ލޯބީގެ ވާހަކަތައް ގަދަވެގެން އައިސްފައިވީ ނަމަވެސް، ސަނީ އޭނާގެ އަންހެނުން ވަރިކުރަން ބޭނުން ނުވީ ކަމަށާއި އެކަމުގެ ސަބަބުން ޑިމްޕަލް ރާޖޭޝް ކަންނާ ކައިރިން ވަރިވާން ބޭނުން ނުވީ ކަމަށް ވެއެވެ.
ސަނީ އާއި ޑިމްޕަލްގެ ގުޅުމުގެ ވާހަކަތައް މީޑިއާގައި މީގެ ކުރިން އަމްރިތާ ސިންގު ވަނީ ދައްކާފައެވެ. ޓްވިންކަލް އަދި ރިންކީ ސަނީ ޑިއޯލަށް ''ޗޯޓޭ ޕާޕާ"ގެ ގޮތުގައި މުހާތަބު ކުރާ ކަމަށާއި، 2009 ވަނަ އަހަރު ޑިމްޕަލްގެ ދައްތަ މަރުވުމުން އެކަމުގެ ހިތާމައިގައި ބައިވެރި ވެ އެންމެ ގާތުގައި ސަނީ ޑިއޯލު އުޅުނު ކަމަށްވެ އެވެ. ހަބަރުތައް ބުނާ ގޮތުގައި ޑިމްޕަލް އަދި ސަނީގެ ގުޅުން އަދިވެސް ދަނީ ކުރިއަށެވެ. މި ދެތަރިން ވަނީ ވަރަށް ފަހުން އެކުގައި ލަންޑަނުން ވެސް ފެނިފަ އެވެ.