ޔޫރޯ 2020

ޔޫރޯ: ޑެންމާކު 4-1 ރަޝިއާ

22 Jun 11:59

މެޗުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ފެނުނީ ހަމަހަމަ ކުޅުމެއް
  • ކުރީކޮޅުގައި ގޮލޮވިން ފޮނުވާލި ހަމަލާ މަތަކުރީ ކެސްޕާ ޝޫމައިކަލް
  • އަނެއްކޮޅުން ހޮއިބިއާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް
  • ޑެންމާކުން ލީޑު ނެގީ ޑެމްސްގާޑު ޖެހި ހިތްގައިމު ގޯލަކުން
  • ދެވަނަ ހާފްގެ ކުރީކޮޅުގައި ޑެންމާކު ލީޑު ފުޅާކުރި، ރަޝިއާ ޑިފެންސް މިސްޓޭކަކުން ގޯލު ޖެހީ ޕައުލްސަން
  • ރަޝިއާ ފަރަގު ކުޑަކުރީ ޒޫބާގެ ޕެނަލްޓީއަކުން
  • ޑެންމާކުން ދެން ފެނުނީ ފުލުފުލުގައި ދެ ގޯލު ޖެހިތަން
  • އެ ދެ ގޯލު ޖަހައިދިނީ ކްރިސްޓެންސަންއާއި މައިލޭ
  • ޑެންމާކު ވަނީ ހަނި ފުރުސަތަކުން ގަދަ 16 ޔަގީން ކޮށްފައި
22 Jun 11:50

މެޗު ނިންމާލައިިފި. ޑެންމާކުގެ ކުޅުންތެރިން އުފާފާޅުކުރުންތައް ކުރިއަށް.

22 Jun 11:49

88' ޑެންމާކުން ދަނީ އަދިވެސް ނުރައްކާ ކުރަމުން. ރަޝިއާ ކުރިއަށް ޖެހި ކުޅުމުގެ ފައިދާ ނަގައި ޑެންމާކުން ދަނީ ނުރައްކާ ކުރަމުން.

22 Jun 11:40

82' ޑެންމާކުގެ އިތުރު ގޯލެއް. މައެލޭގެ ގޯލާއެކު ޑެންމާކުން ޕާކެން ސްޓޭޑިއަމް ކައްްކުވާލައިފި. ބެލްޖިއަމް ދެވަނަ ގޯލެއްވެސް ޖެހުމާއެކު ޑެންމާކު ގަދަ 16 އަށް ޔަގީންކަމާއެކު ދާނެ ކަމަށް ބެލެވޭ.

22 Jun 11:37

79' ޑެންމާކު އަނެއްކާވެސް ލީޑު ފުޅާކޮށްފި. ކްރިސްޓިއަންސަން ދުރުން ފޮނުވާލި ބާރު ހަމަލާއާއެކު ޑެންމާކު ގަދަ 16 އަށް ދިއުމާ ފިޔަވަޅެއް ގާތަށް.

22 Jun 11:33

75' ހޮއިބިއާގެ ބާރު ހިލޭ ޖެހުން ސީދާ ގޯލްކީޕަރު އަތަށް.

22 Jun 11:33

73' ޑެންމާކަށް ފުރުސަތެއް. އޭރިއާ ތެރެއިން ކުޅުންތެރިން ބޮނޑިވެގެން އުޅުމުގެ ތެރޭގައި ރަޝިއާ ކީޕަރަށް ބޯޅަ ގެއްލުނު ނަމަވެސް ޑެންމާކު ކުޅުންތެރިޔަކަށް ބޯޅަ ފޮނުވާލެވޭނެ ގޮތެއް ނުވި.

22 Jun 11:27

68' ރަޝިއާ ކެޕްޓަން ޒޫބާ ކާމިޔާބުކުރި ޕެނެލްޓީއާއެކު ރަޝިއާއަށް އުންމީދެއް.

22 Jun 11:26

67' ރަޝިއާއަށް ޕެނަލްޓީއެއް.

22 Jun 11:19

59' ޑެންމާކަށް ޕައުލްސަން ލީޑު ފުޅާކޮށްދީފި. ރަޝިޔާ ޑިފެންޑަރުގެ މިސްޓޭކެއްގެ ބޭނުން ހިފައި ޕައުލްސަން ވަނީ ލީޑު ފުޅާކޮށްދީފައި.

22 Jun 11:14

56' ޕައުލްސަން ދުރުން ފޮނުވާލި ބާރު ހަމަލާ ވަނީ ބްލޮކްވެފައި.

22 Jun 11:11

52' ނުރައްކާ ކޮށް ފެންނަނީ ޑެންމާކު. އެހެން ނަމަވެސް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވޭ.

22 Jun 11:02

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.

22 Jun 10:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • ފުރަތަމަ ހާފުގައި ފެނުނީ ހަމަހަމަ ކުޅުމެއް
  • ކުރީކޮޅުގައި ގޮލޮވިން ފޮނުވާލި ހަމަލާ މަތަކުރީ ކެސްޕާ ޝޫމައިކަލް
  • އަނެއްކޮޅުން ހޮއިބިއާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް
  • ޑެންމާކުން ލީޑު ނެގީ ޑެމްސްގާޑު ޖެހި ހިތްގައިމު ގޯލަކުން
22 Jun 10:47

ފުރަތަމަ ހާފްގެ ކުޅުން ނިންމާލައިފި. 1-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ޑެންމާކު.

22 Jun 10:41

ސަޕޯޓަރުންގެ އަޑު ފެންނަނީ ވަރަށް ބާރުކޮށް، ޑެންމާކުން ހިތްވަރާއެކު ކުރިއަށް ޖެހި ކުޅެން ފަށައިފި.

22 Jun 10:41

37' ޑެންމާކުން ލީޑު ނަގައިފި. އޭރިއާ ބޭރުން ޑެމްސްގާޑު ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށް.

22 Jun 10:19

17' ރަޝިއާގެ ނުރައްކާތެރި ހަމަލާއެއް. ޑެންމާކުގެ ދެ ކުޅުންތެރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ ގޮލިވިން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް.

22 Jun 10:18

10' ޑެންމާކުން ހަމަލާތައް އުފައްދަން ދަނީ މަސައްކަތް ކުރަމުން. އަރިމަތިން ބްރައިތުވެއިޓް ދެ ހުރަހެއް ނެގި ނަމަވެސް އޭރިއާ ތެރޭގައި ޑެންމާކުގެ ކުޅުންތެރިޔަކު ނެތް.

22 Jun 10:07

މެޗުގެ ކުރީކޮޅުގައި ބޮޑަށް ކުރިއަށް ޖެހި ކުޅެން މަސައްކަތް ކުރަނީ ރަޝިއާއިން. އެހެންނަމަވެސް އަދި ފެންނަމުންދަނީ ދާދި ހަމަހަމަ ކުޅުމެއް.

22 Jun 10:01

ޑެންމާކުގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުން ފަށައިފި. މެޗުގެ ކުޅުން ފެށީ ރަޝިއާއިން.

ޔޫރޯ 2020 ގެ ގްރޫޕް ބީގައި ޑެންމާކާއި ރަޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ދެޓީމަށްވެސް ގަދަ 16ގެ ފުރުސަތު އެބައޮތް. މޮޅަކާއެކު ރަޝިއާއަށް ގަދަ 16 ޔަގީންވާނެ، ރަޝިއާ އެއްވަރު ވެއްޖެނަމަ އެޓީމަށް ގަދަ 16 ލިބޭނީ ފިންލޭންޑަށް ބެލްޖިއަމް ބަލި ނުކުރެވިއްޖެ ނަމަ.ޑެންމާކަށް ދެވަނަ ޓީމުގެ ގޮތުގައި ނިންމާލެވޭނީ ރަޝިއާ ބަލިކޮށް، ފިންލޭންޑް ބެލްޖިއަމް އަތުން ބަލިވެއްޖެނަމަ. އެ ހާލަތުގައިވެސް މެޗުތަކުގައި ޖަހާ ގޯލުގެ އަދަދުން ފައިދާ ގޯލުގެ އެހީ ޑެންމާކަށް ބޭނުންވާނެ. ގްރޫޕްގެ ތިން ޓީމު، ބެލްޖިއަމް، ރަޝިއާ، ފިންލޭންޑްވެސް ހަ ޕޮއިންޓްގައި ގްރޫޕް ނިންމާލައިފިނަމަ، އެޓީމުތައް ގްރޫޕްގައި ތަރުތީބުވާނީ ފައިދާ ގޯލަށް ބަލައިގެން.

ތިން ޓީމުވެސް ގަދަ 16 އަށް ދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާނެ. އެއީ އެންމެ މޮޅު ތިންވަނަ ޓީމުތަކުގައި ހަ ޕޮއިންޓް ލިބިފައިވާ އެހެން ޓީމެއް ހިމެނުމަކީ ނާދިރު ކަމަކަށް ވާތީ.

ގްރޫޕްގެ ޓީމުތައް ތާވަލުގައި އަތުރައިލުމުގެ ތަރުތީބަށް ފައިދާ ގޯލު ބޮޑު ރޯލެއް ކުޅޭނެ. އެހެންކަމުން މެޗުތަކުގައި ގޯލު ޖަހާ އަދަދަށް ބަލައި ގްރޫޕްގެ ތަރުތީބު ބަދަލުވުން ވަރަށް ބޮޑަށް އެކަށީގެންވޭ. ދެޓީމުގެ ކުރިމަތިލުމަށް ނުކުންނާނީ ޑެންމާކުގެ ހޯމް، ޕާކެން ސްޓޭޑިއަމްގައި.

ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް

ޑެންމާކު
  • ޑެންމާކު ކުޅުނު ފުރަތަމަ މެޗުގައި ފިންލޭންޑް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުން
  • އެ މެޗުގެ ފޯކަސް ބޮޑަށް ހުއްޓުނީ އެރިކްސަންގެ ކާޑިއެކް އެރެސްޓްގެ ހާދިސާއަށް
  • އެރިކްސަންގެ ހާލު މިހާރު ރަނގަޅު
  • ދެވަނަ މެޗުގައި ޑެންމާކު ވަރުގަދަ ބެލްޖިއަމް އަތުން ބަލިވީ 2-1 އިން
  • އެމެޗުގައި ބެލްޖިއަމްގެ ގޯލް ޖަހައިދިނީ ޔޫސުފް ޕައުލްސަލް
ރަޝިއާ
  • މިއީ ރަޝިއާއިން ރަށުން ބޭރުގައި ކުޅޭ ފުރަތަމަ ގްރޫޕް މެޗު
  • ރަޝިއާއިން ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުން
  • ރަޝިއާއިން ވަނީ ދެވަނަ މެޗުގައި 1-0 އިން ފިންލޭންޑް ބަލިކޮށްފައި
  • މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ މިރަންޗުކް